އިމިގްރޭޝަނު އޮފިސަރުން ފައިސާ އަތުލި ބިދޭސީ އަތުގައި ސައްހަ ލިޔެކިޔުންތައް ހުރި: ފުލުހުން

އުސޫލާ ހިލާފަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި ފަސް މީހުން: މިކަމުގެ ބައިވެރިވި އިމިގްރޭޝަން އޮފިސަރުންނަކީ ޝަމްއާންގެ ބެލުމުގެ ދަށުން މަސައްކަތް ކުރި މުވައްޒަފުންތަކެއް -- ފޮޓޯ: ފުލުހުން

އުސޫލާ ހިލާފަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި ފަސް މީހުން: މިކަމުގެ ބައިވެރިވި އިމިގްރޭޝަން އޮފިސަރުންނަކީ ޝަމްއާންގެ ބެލުމުގެ ދަށުން މަސައްކަތް ކުރި މުވައްޒަފުންތަކެއް -- ފޮޓޯ: ފުލުހުން

ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަން އޮފިސަރުން ހިންގި އޮޕަރޭޝަނުގައި, ބަންދަށް ގެންދިޔަ ބިދޭސީންގެ އަތުގައި ސައްހަ ލިޔެކިޔުން ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިމިގްރޭޝަނުން މި އޮޕަރޭޝަން ހިންގީ އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް, ލިޔެކިޔުންތައް ފުރިހަމަނުކޮށް ކަމަށެވެ. އަދި މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު, މި މައްސަލައާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދަށް ކުރިން އެނގިފައިވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އިމިގްރޭޝަނުން އެ އޮޕަރޭޝަން ފުރަތަމަ ހިންގި ތިން މުވައްޒަފުންނަކީ އެފަދަ މަސްއޫލިއްޔަތުތަކެއް އަދާކުރުމުގެ ހުއްދަ ލިބިފައިވާ ތިން މުވައްޒަފުން ނޫނެވެ. އެ މުވައްޒަފުންނަކީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް ކުރިން ދެންނެވި އިމިގްރޭޝަންގެ ތިން މުވައްޒަފުން އެ ގެ ބަލައި ފާސްކޮށްފައިވޭ. އޭގެ ފަހުން އެ ރޭ އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރު ކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް، އަދި އެ މީހުން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވޭ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް ބިދޭސީންގެ ލިޔެކިޔުންތައް ވެސް ސައްހައިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު މީހާ ޝަމްއާންގެ އިރުޝާދުގެ ދަށުން ދޫކޮށްލިކަން ތަހުގީގަށް ޔަގީން ކުރެވިފައިވާކަން ފުލުހުން ބުންޏެވެ.

ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއަކީ ދިވެއްސެއް ކަމަށާއި އެއީ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފެއްގެ އާއިލާ މެންބަރެއް ކަމަށް ފުލުހުން ބުންޏެވެ.

ބިދޭސީ މީހާ ހައްޔަރު ކުރެވުނު އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ދޫކޮށްލިއިރު, އުސޫލާ ހިލާފަށް އޮޕަރޭޝަން ހިންގި އިމިގްރޭޝަނުގެ މުވައްޒަފުން ރެއިޑުކުރި ގެ ހިމެނޭ ސަރަހައްދުގައި ތިބި ކަމަށް ފުލުހުން ބުންޏެވެ.

"ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއާ އެކު ސައިކަލެއްގައި. ނަމަވެސް ޝަހީދު އަލީ ހިނގުމުން، މި މައްސަލައިގައި ފަހުން ފުލުހުން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފަކާ އެކު އޭނާ އިމިގްރޭޝަންގެ ވެހިކަލަށް އެރި،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ އިމިގްރޭޝަންގެ މުވައްޒަފަކު ފައިސާ އެޅި ކޮތަޅެއް ހިފައިގެން ޝަމްއާންގެ ގެއަށް ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒަފު ގެއަށް ވަދެ ނިކުންނައިރު ފައިސާ އެޅި ކޮތަޅު މުށު ތެރޭގައި ބޮނޑިކޮށްލާފައި އޮތްތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައި ފާސްކުރިއިރު 257،475ރ. އާއި 10،000 ޑޮލަރު އަދި އެހެން ބައެއް ގައުމުތަކުގެ ފައިސާ ވެސް ފެނުނުކަން ފުލުހުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox