ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކުރި ސާންތީ ކޯޗު ނިޔާވެއްޖެ

ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކުރި ސާންތީ ކޯޗު ނިޔާވެއްޖެ

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރި މަޝްހޫރު ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) ނިޔާވެއްޖެ އެވެ.

އުމުރުން 51 އަހަރުގައި ސާންތީ މިރޭ ނިޔާވިއިރު، އޭނާ އަށް އައީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފާއިތުވި އަހަރުތަކުގައި އޭނާ އައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ. ބައްޔަށް ފަރުވާ ހޯދަމުން ދިޔައިރު ވެސް ވަގުތު ވީ މިންވަރަކުން ފުޓްބޯޅައިގެ އެކި ކަންކަމުގައި މަސައްކަތްތަކެއް ކުރެއްވި އެވެ.

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ސާންތީ ބަލި ހާލަތު ގޯސްވެގެން، ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި އެވެ. އެފްއޭއެމް މިހާރު ހިނގަމުން އަންނަ ނޯމަލައިޒިން ކޮމިޓީގެ ދަށުން އޮތް، ޓެކްނިކަލް ކޮމިޓީ އަށް ވެސް ސާންތީ ދިޔައީ އެހީތެރިކަަން ފޯރުކޮށްދެމުންނެވެ.

އަދި، ދާދި ފަހުން ބޭއްވި އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުގެ މަގާމު އަދާކުރުމުގެ އިތުރުން، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް ވެސް އެކި ގޮތްގޮތުން އެހީތެރިވެދިނެވެ.

ކޯޗިން ކެރިޔަރުގައި ސާންތީ ފާހަގަވެގެންދިޔައީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް ޒުވާން ކުޅުންތެރިން ފުޓުބޯޅަ އަށް ނެރެދޭ ކޯޗެއްގެ ގޮތުގަ އެވެ. އެ ގޮތުން، މި ވަގުތު އޮތް ސީނިއާ ގައުމީ ޓީމަށް ބެލި ކަމުގައި ވިޔަސް، ނިސްބަތުން ގިނައީ އީގަލްސް އާއި ޒުވާން ގައުމީ ޓީމުތަކުގައި ސާންތީއާ އެކު މަސައްކަތްކުރި ކުޅުންތެރިންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އިސް ރޯލެއް ކުޅުނު ސާންތީ، އީގަލްސް ދޫކޮށްލީ 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް އަށް ޖާގަ ނުލިބި އެ ޓީމަށް އެ ފަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބި ދިއުމުންނެވެ.

އޭރު، އީގަލްސްގެ ކޯޗުކަން ދޫކޮށް ސާންތީ ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓްގެ އިސް މަގާމުގައި 2019 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މަސައްކަތްކުރިއިރު، ސާންތީ ވަނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެފްއޭއެމްގައި ޓެކްނިކަލް އިސް މަސައްކަތްތަކެއް ކުރި އެވެ.

ސާންތީ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކްލަބް އޭދަފުށީގެ ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް އަހަރު ފަހުން، ސާންތީ ޔުނައިޓެޑް ވިކްޓްރީއާ އެކު މަސައްކަތް ފެށީ ޓްރެއިނިން ތެރޭގައި އެހީތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ފަހުން ސާންތީ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. ފަހުން ދެ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ސާންތީގެ ކޯޗުކަމުގަ އެވެ. އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުން ސާންތީ ފެނުނީ އީގަލްސް ބެންޗުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން 2015 ވަނަ އަހަރު ވާދަކުރިއިރު، ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންގެ ޒިންމާ އަދާކުރި ސާންތީ ވަނީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުޅުންތެރިން ޑިވެލޮޕްކުރުމުގެ އިތުރުން ކޯޗުން އުފެއްދުމަށް ވެސް ސާންތީ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox