ފޭވަރިޓުންނަކީ މާޒިޔާ، ސާންތީގެ ހިތްވަރަކީ އީގަލްސްގެ ޓީމު ރޫހު

އިއްޔެ ބޭއްވި އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ސާންތީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިއްޔެ ބޭއްވި އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ސާންތީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކްލަބް އީގަލްސް، މިހާރު އޮތް ލެވަލަށް ގެންގޮސްދިނުމުގެ ބިންގާ އަޅައި، އެންމެ އިސް ރޯލެއް ކުޅުނު އެއް ފަރާތަކީ އެ ޓީމާ މި ވަގުތު ހަވާލުވެ ހުރި ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. އީގަލްސް އިން މިރޭ، މި ސީޒަނުގެ ފުރަތަމަ މުބާރާތް، އެފްއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅޭއިރު، މިއީ ގައުމީ ފައިނަލްގައި އެ ޓީމުގެ ތިން ވަނަ ފެނިލުމެވެ. ތިން ފައިނަލުގައި ވެސް އީގަލްސްގެ ބެންޗުން އެ ޓީމަށް އިރުޝާދު ދޭން ހުރީ ސާންތީ އެވެ.

"އަނެއްކާ ވެސް ވަރަށް އުފާވި، ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސްގެ ވެސް ތިން ވަނަ ފައިނަލްގައި ހުރެވޭތީވެ، އޭރާއި މިހާރާއި ތަފާތީ އަސްލުގައި އޭރު ފުރަތަމަ އެކުރި ތަޖުރިބާގައި ތަންކޮޅެއް ޒުވާން ކުޅުންތެރިންތަކެއް ގިނަވެ، މިހާރު މި ވާ ގޮތަކީ އަޅުގަނޑުމެން މުޅިން ޒުވާން ޓީމެއް ނޫން. އޭރު ތިބި ބައެއް ކުޅުންތެރިން ތަންކޮޅެއް ބޮޑަށް އުމުރުން ދުވަސް ދުވަސްވީއެކޭ ނުބުނެވޭނެ. އެކަމަކު ބޮޑެތި ވެފައި އެ ތިބީ،" 2014 އާއި 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އީގަލްސް އަށް ކޯޗުކޮށްދިން ސާންތީ، އިއްޔެ، އީގަލްސް ޕްރެކްޓިސްގެ ތެރެއިން "އަދަދު" އަށް ބުންޏެވެ.

އީގަލްސް އިން 2014 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވީ 1-0 އިންނެވެ. އޭގެ ދެ އަހަރު ފަހުން، ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ، އީގަލްސް އިން ވަނީ ގައުމީ ތަށި އުފުލާލައި، ޗެމްޕިއަނުންގެ ސަފަށް ޖެހިލައިފަ އެވެ.

މީގެ ކުރިން އީގަލްސް އިން ކުޅުނު ގައުމީ ދެ ފަައިނަލުގައި ވެސް ފޯމާއި އެެހެނިގެން ކަންކަމަށް ބެލިިއިރު، ފައިނަލުގެ ފޭވަރިޓުންނަކީ އީގަލްސްއާ ދެކޮޅަށް ނުކުތް ޓީމެވެ.

މިރޭ 9 ޖަހާއިރު ފަށާ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު، ބަލްގޭރިއާގެ އިވާން ކޮލޭވް ބުނީ ފައިނަލްގެ ފޭވަރިޓުންނަކީ މާޒިޔާއެއް ނޫން ކަމަށެވެ.

ފޭވަރިޓުންނަކީ ކޮންމެ ޓީމެއްތޯ ކުރި ސުވާލަށް އިވާންގެ އެ ވާހަކައާ ސާންތީ ދެކޮޅު ހަދަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ފޭވަރިޓުންނަށް ވާނީ، މި ދައްކަނީ ފެކްޓަށް ބަލާފައި ވާހަކަ. ފެކްޓަށް ބަލާފައި ވާހަކަ ދައްކާއިރު ފޭވަރިޓަކީ މާޒިޔާ ހަމަ. އެ ހުރިހާ ގޮތަކުން ބެލިޔަސް އެ މީހުންގެ އެ ތިބި ކުޅުންތެރިންނަށް ބެލިޔަސް، ކޯޗަށް އެކަނި ބަލާލިޔަސް، މެނޭޖްމަންޓަށް ބަލާލިޔަސް ހުރިހާ ގޮތަކުން ބަލާލިޔަސް އެ މީހުން ވާނީ ފޭވަރިޓުންގެ ގޮތުގައި،" މި ސީޒަނުގައި އީގަލްސްއާ އަލުން ހަވާލުވި ސާންތީ ބުންޏެވެ.

"އަޅުގަނޑުމެން ނުކުންނާނީ އެ މީހުންނަކީ އެންމެ ފޭވަރިޓުންގެ ގޮތުގައި ދެކިގެން. އަޅުގަނޑުމެންނަށް ނެގޭނީ ކޮން ކަހަލަ އެޑްވާންޓޭޖް ތަކެއްތޯ ބަލައިގެން އެކަން ކުރަން ނުކުންނާނީ. މީގެ ޑައުޓެއް ނެތް، ފޭވަރިޓަކީ މާޒިޔާ،"

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ 2-1 އިން އީގަލްސް ބަލިކޮށްފަ އެވެ. ސީޒަނުގައި މާޒިޔާ އިން ކުޅުނު މެޗުތަކަށް ބަލާއިރު، އެ ޓީމުގެ އެންމެ ނަތީޖާ ރަނގަޅީ ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 8-0 އިން މޮޅުވި މެޗެވެ. މިއީ، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ކްލަބް އަތުން 2-1 އިން ބަލިވި މާޒިޔާ އަލުން ޓްރެކަށް އަންނަން ވަރަށް މުހިންމު ނަތީޖާ އެކެވެ.

ސާންތީ ބުނީ މާޒިޔާގައި އޮތް ސްކޮޑު ކޮންމެ މެޗެއްގައި ގިނަ ގޯލު ޖަހައިގެން މޮޅުވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

"މާޒިޔާ ވެއްޖިއްޔާ، ދެ ގޯލު އެއް ގޯލުން ފަރުޖައްސާލެވެން ވެސް ނޯވޭ. މާޒިޔާ ގަބޫލުކުރާ ގޮތުގައި މިހާރު އެ ޓީމު އޮތް ލެވަލުން ވެއްޖިއްޔާ ތަންކޮޅެއް ގިނައިން ޖެހޭ ގޯލު ވެސް ޖަހަން. އެހެންވެ، އެ މީހުންނަށް އެ މެޗުގައި ސަސް ކޮޅަށް އަށެތި ޖެހުން އެއީ ފައިނަލް މެޗުގެ ކުރިިން އެ މީހުންގެ މޯރަލް ވެސް މައްޗަށް ޖައްސާލައި ކުޅުންތެރިންގެ ލަނޑު ޖެހުމުގެ ކަންތައްތަކާ އެއްޗެހި ވެސް ރަނގަޅު،" ސާންތީ ބުންޏެވެ.

"(މާޒިޔާގެ) ކޯޗު އޮތް ބުރު މެޗަށް ފަހު ބަދަލުތަކެއް ފެންނާނެއޭ. ބަދަލުކުރާނަމޭ ބުނެފައި. ދެން ފައިނަލް މެޗުގެ ކުރިން އެހާ ކުރިން އެ ބަދަލު އައީމަ ލިބޭ ކޮންފިޑެންސެއް އެއީ،"

އިއްޔެ ބޭއްވި އީގަލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ސާންތީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.--- ފޮޓޯ؛ މުހައްމަދު ޝާބިން/ އަދަދު

އީގަލްސްގައި ޓީމެއް ބިނާކުރިއިރު، ސާންތީ އެންމެ ބޮޑަށް ވިސްނި އެއް ކަމަކީ އެއް ކުޅުންތެރިންތަކެއް އީގަލްސްގައި ބަހައްޓައިގެން ޑިވެލޮޕް ކުރުމަށެވެ. އެ ވިސްނުމުގައި ކުރި ކަންކަމުގެ ތެރެއިން ބޮޑެތި މެޗުތަކަށް ނުކުންނައިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ "ޓީމު ރޫހު" ރަނގަޅުވުމެވެ. މިރޭގެ ފައިނަލުގެ ކުރިން ވެސް ސާންތީ އެންމެ ބޮޑު "ޕްލަސް ޕޮއިންޓް" ގެ ގޮތުގައި ފާހަގަކުރީ އެ ޓީމު ރޫހެވެ.

"އީގަލްސްގެ ޕޮޒިޓިވް ކަމަކީ ޓީމުގެ ތެރޭގައި އޮންނަ ރޫހު، މީގެ އަޅުގަނޑު އަބަދު ވެސް ބުނަމުން މި އަންނަނީ ޓީމު ތެރޭގައި އޮންނަ ރޫހު އަބަދުވެސް ތަފާތޭ. އެ ރޫހު މި އޮތީ ވެސް ގިނަ ދުވަސްތަކެއް ވަންދެން އެއް ކުޅުންތެރިންތަކެއް މީގެ ތިބީމަ. އެހެންވީމަ ހަގީގީގަތަކަަށް މި ފެންނަ ތަފާތަކީ އެއީ،"

ސީޒަނުގެ މެޗުތައް ދިޔަ ގޮތަށް ބަލާއިރު، ސާންތީ ހިތްހަމަޖެހޭ އަނެއް ކަމަކީ މެޗުތަކުގެ ތެރެއިން އެ ގެންނަ ބަދަލު ވަރަށް ރަނގަޅަށް މަސައްކަތް ކުރުމެވެ. މި ފަހަރު މެޗުތަކުގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގޮތަށް މި ސީޒަނުގައި ރާއްޖޭން ވެސް އަމަލުކުރަމުން އަންނައިރު، އޭގެއިން އެންމެ ބޮޑު ފައިދާއެއް ކުރާ އެއް ޓީމަކީ އީގަލްސް އެވެ.

އެކަަމަކު، ސާންތީ އަށް ބޮލުގެ ރިހުމެއް ވެސް އެބައޮތެވެ.

"މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ނުކުންނައިރު، އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ޑިފެންސިވް ސްޓެބިލިޓީ، އަދި ވެސް މި އުޅެނީ އެކަން ހަމަޖައްސައިނުލެވިގެން. އެންމެ ބޮޑަށް ކުރިމަތިލާން މި ޖެހެނީ އެ މީހުންގެ އެޓޭކިން ތާޑު ނޫނީ އެޓޭކިން ފޯސްއާ، ދެން އަޅުގަނޑުމެންގެ ޑިފެންސިވް ތާޑް އެބަހުރި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން، އެ ހައްލުކުރަން ވާހަކަ ދައްކައިގެން ކުރިއަށްދާނީ،" ސާންތީ ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅެން ހަމަޖެއްސި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މި ރެ އަށް ފަސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ބައިވެރިވެވަޑައިގެންނެވޭ ތާރީހެއްގައި މެޗު ކުޅުމުގެ ގޮތުންނެވެ. މިއީ، 2016 ވަނަ އަހަރުގެ ފަހުން، ރައީސުލްޖުމްހޫރިއްޔާގެ ހާޒިރުގައި ކުޅެވޭ ފުރަތަމަ ފައިނަލް މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox