ޝަމްއާން ވަކިކުރީ ބިދޭސީން އަތުން ފައިސާ ނަގާ މައްސަލައާ ގުޅުން އޮތުމުން

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުން މިރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު: ފުލުހުން ބަލަމުންދާ މައްސަލައާ ޝަމްއާން އާ ގުޅުން އެބައޮތް --- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުން މިރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު: ފުލުހުން ބަލަމުންދާ މައްސަލައާ ޝަމްއާން އާ ގުޅުން އެބައޮތް --- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގަމުންދާ ކަމަށް ބުނެ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން މިރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ ކޮންމެ ވެސް ބައިވެރިވުމެއް އޮތް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިހާރު ފުލުހުން ބަލަމުންދާ މައްސަލާގައި ޝަމްއާން އާ ގުޅުން އެބައޮތެވެ. އަދި، އޭނާ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ފުލުހުންގެ ތަހުގީގާ ގުޅުން އޮތްކަން ވެސް މި ނޫހަށް ކަށަވަރުވެފައިވެ އެވެ.

ޝަމްއާން މަގާމުން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ މިރޭ އެވެ. އެކަން މީޑިއާތަކުން ރިޕޯޓުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ބުނެފަ އެވެ.

މި މައްސަލާގައި އިމިގްރޭޝަންގެ ދެ އޮފިސަރުންނާއި އާންމުންގެ މީހަކު މިރޭ ހައްޔަރުކޮށް ގެއެއް ބަލައިފާސްކޮށްފައިވެ އެވެ. އެ މީހުންގެ އަދި މައްސަލާގެ އެއްވެސް ތަފުސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމަށް ޝަމްއާން އައްޔަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަމުގެ ތިންވަނަ ދުވަހު އެވެ.

އޭނާ އެ މަގާމުގައި ހުންނަވައިގެން އެންމެ އިސްކޮށް ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ.

މިގޮތަށް ފޮނުވާލެވޭ ބިދޭސީން އެނބުރި އަންނަ ކަމަށާއި އެކަން ކުރުމަށް އިމިގްރޭޝަންގެ އިސްވެރިން ފައިސާ ނަގާ ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން އެ ހިދުމަތުން އަދި ސަރުކާރުން ވެސް އޭރު ބަހެއް ނުބުނެ އެވެ.

ޝަމްއާން އޭގެ ކުރިން އިމިގްރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަކަށް އައްޔަނުކުރިއިރު, އޭނާ ހުރީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox