މާޒިޔާ އަށް ޕޯޗުގަލްގެ ޑިފެންޑަރެއް

މާޒިޔާ އަށް ޕޯޗުގަލްގެ ޑިފެންޑަރެއް

އަންނަ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ޕޯޗުގަލް އަށް ނިސްބަތްވާ ޑެފެންޑަރު ލުއިސް އަލްމައިޑާގެ ސޮއި ހޯދައިފި އެވެ.

މީގެ ކުރިން އެމެރިކާ އަދި ސްޕެއިންގެ އެކި ޑިވިޝަންތަކުގައި ކުޅެފައިވާ ޑެފެންޑަރު ލުއިސް އަކީ އަންނަ ސީޒަނަށް މާޒިޔާ އިން ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މާޒިޔާ އިން ވަނީ މޮޒަމްބީކުގެ މިޑްފިލްޑަރު ރިކާޑޯ މޮންޑްލޭންގެ ސޮއި ހޯދައިފަ އެވެ.

މާޒިޔާ އިން ބިދޭސީ ތިން ކުޅުންތެރިން ގެންނަން ނިންމާފައިވެ އެވެ. އެފްއޭއެމުން މި އަހަރު ގެނެސްފައިވާ އެއް ބަދަލަކީ، ޓީމުތަކަށް ގެނެވޭ ބިދޭސީ ކުޅުންތެރިންގެ އަދަދު ތިނަކަށް ކުޑަކުރުމެވެ.

މި ފަހަރުގެ ސީޒަނަށް މާޒިޔާ އިން ނުކުންނަނީ ރާއްޖޭގައި ބާއްވާ ހުރިހާ ޑޮމެސްޓިކް މުބާރާތްތަކެއް ކާމިޔާބުކުރުމަށް ޓާގެޓް ކޮށްގެންނެވެ. އަދި އެ ޓީމުން ވަނީ އަންނަނީ އަންނަ ސީޒަނަށް އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން މި ސީޒަނުގައި އަލުން އެ ޓީމަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި، ކުރިން އެ ޓީމަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ ޔަސްފާދު ހަބީބު (މުލަކޭ) އާއި މޫސާ ޔާމީން (ޔާމްބެ) ހިމެނެ އެެވެ.

މާޒިޔާ އަކީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމެވެ. އެ ޓީމުން ވަނީ ފަރިތަކުރުންތައް ފެށުމުގެ ކުރިން އެ ޓީމުގެ ކޯޗަކަށް، ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފަ އެވެ. ލުއިސްމާ އަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ.

އެންމެ ފަހުން ހަަަތަރު ފަހަރު ވެސް ލީގު ޗެމްޕިއަންކަން ހޯދި، މާޒިޔާ އިން ސީޒަން ހުޅުވަން ކުޅޭ ޗެރެޓީ ޝީލްޑް މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ، މާޒިޔާ އެވެ. އެއީ، ފަސް ފަހަރު ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox