އިންޑޮނީޝިއާގެ މަޝްހޫރު ސިމޯރީ ކިރާއި ޔޯގަޓް ޑްރިންކު ރާއްޖެއަށް ތައާރަފުކޮށްފި

ހުޅުމާލޭ ރުއްގަނޑުގައި މިހާރު ކުރިއަށްދާ ބާޒާރުގައި ހުރި ބީއެޗްއެމްގެ ސްޓޯލުން ރޭ ސިމޯރީ މިލްކާއި ޔޯގަޓު ޑްރިންކު ބަޔަކު ގަންނަނީ. -- ފޮޓޯ: އަދަދު

ހުޅުމާލޭ ރުއްގަނޑުގައި މިހާރު ކުރިއަށްދާ ބާޒާރުގައި ހުރި ބީއެޗްއެމްގެ ސްޓޯލުން ރޭ ސިމޯރީ މިލްކާއި ޔޯގަޓު ޑްރިންކު ބަޔަކު ގަންނަނީ. -- ފޮޓޯ: އަދަދު

އިންޑޮނީޝިއާގެ އެންމެ މަޝްހޫރު އަދި އެހެން ގައުމުތަކުގައި ވެސް މަގުބޫލުކަން ބޮޑު، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ޑެއިރީ މަރުކާއެއް ކަމަށްވާ "ސިމޯރީ" ކިރާއި އޭގެ ޔޯގަޓް ޑްރިންކު ބީއެޗްއެމް ޓްރޭޑާސްއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

މިއީ ނިއުޓްރިޝަނަލް ޑެއިރީ ޕްރޮޑަކްޓްތައް ދިވެހިންނަށް ލިބުން އިތުރު ކުރަން ތައާރަފު ކުރި ފެންވަރު ރަނގަޅު އުފެއްދުމެއް ކަމަށް، ނަން މަޝްހޫރު ގިނަ އެހެން އުފެއްދުންތަކެއްގެ ސޯލް ޑިސްޓްރިބިއުޓަރުކަން މިހާރު ވެސް އޮންނަ ބީޗްއެމްއެއިން ބުންޏެވެ.

ސިމޯރީ ކިރާއި ޔޯގަޓު ޑްރިންކުގެ ގިނަ ފްލޭވާތަކެއް އެބަ ހުއްޓެވެ. މި ތަކެތީގެ ރަހަ ތަޖުރިބާކޮށްލުމުގެ ފުރުސަތު، ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑުގައި ކުރިއަށްދާ ބާޒާރަށް ޒިޔާރަތް ކޮށްލުމުން ލިބޭނެ އެވެ.

ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓް ހިމެނޭ މި އުފެއްދުންތަކަކީ އާއިލާތަކަށާއި، ފިޓްނަސް އަށް ލޯބިކުރާ ފަރާތްތަކަށް އަދި ކުޑަ ކުދިންނަށް ވެސް ރަނގަޅު އުފެއްދުމެކެވެ.

މިފަދަ މަތީ ފަންތީގެ ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ބީއެޗްއެމް މެނޭޖަރު އިބްރާހިމް ޝަރީފު ވިދާޅުވި އެވެ.

ސިމޯރީ ކިރުގައި މުހިއްމު ނިއުޓްރިއެންޓްސް ކަމަށްވާ ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ވިޓަމިންސް އަދި ކެލްސިއަމް، ފޮސްފަރަސް، މެގްނީޒިއަމް އަދި ޒިންކް ފަދަ ތަފާތު މާއްދާތައް ހިމެނެއެވެ. ފެންވަރު ރަނގަޅު ކިރުން އުފައްދާފައިވާ ސިމޯރީ ޔޯގަޓު ޑްރިންކުގެ ރަހަ ހެޔޮވަރުކޮށްފައި ވަނި ތާޒާ މޭވާއިންނެވެ. މީގައި ޕްރޮޓީން، ކެލްސިއަމް އަދި ފައިބަރ ހިމެނޭތީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިބެ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox