ހުލާސާކޮށް އިއްޔެ: ކެމްޕޭނު ހަރަކާތްތަކުން ވެސް އަބްދުއްރަހީމް ގެއްލިއްޖެ

Feb 8, 2025, 1:49 AM
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ފެބްރުއަރީ 6. 2025 ގައި ބޭއްވި ޖަލްސާ ނިމުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބޭރަށް ނުކުމެވަޑައިގަންނަވަނީ. މި ޖަލްސާއިން ދެ ބޭފުޅުން ބައްދަލުވުވީ އެ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ނުތަނަވަސްކަން އުފެދި، ޕީއެންސީގެ ހަރަކާތްތަކުން އަބްދުއްރަހީމް ފެންނަތާ ދުވަސްތަކެއް ފަހުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު ނޫސް

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ފެބްރުއަރީ 6. 2025 ގައި ބޭއްވި ޖަލްސާ ނިމުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބޭރަށް ނުކުމެވަޑައިގަންނަވަނީ. މި ޖަލްސާއިން ދެ ބޭފުޅުން ބައްދަލުވުވީ އެ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ނުތަނަވަސްކަން އުފެދި، ޕީއެންސީގެ ހަރަކާތްތަކުން އަބްދުއްރަހީމް ފެންނަތާ ދުވަސްތަކެއް ފަހުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު ނޫސް

އިދިކޮޅުގައި އޮތް ފަސް އަހަރު، މިހާރު ވެރިކަންކުރާ ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް ލީޑުކުރެއްވި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ހަރަކާތްތަކުން ވެސް ގެއްލިއްޖެ އެވެ.

މިއަދު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ބައި-އިލެކްޝަނުގެ ތައްޔާރީތަކަށް ޕީއެންސީން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ޕީއެންސީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެންމެ އިސްކޮށް ތިއްބެވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު އެވެ. އަބްދުﷲ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް އެކަކެވެ.

ވެރިކަމަށް އައުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ބައި-އިލެކްޝަންތަކުގައި މާލޭގައި އަދި ރަށްރަށުގައި ވެސް އަބްދުއްރަހީމް ވަނީ އިސް ރޯލެއް އަދާކުރައްވާފަ އެވެ. ސަފުގެ އެންމެ ކުރީގައި ހުންނަވާ، މީޓިންތަކުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ.

ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކުން އަބްދުއްރަހީމް ގެއްލުނީ، ސިޔާސީ ނުތަނަވަސްކަން ބޮޑުވެ އެމަނިކުފާނާއި ރައީސް މުއިއްޒުއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ވަގުތެއްގަ އެވެ. އެގޮތުން ޕީއެންސީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް ވަނީ އެކަހެރިކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox