ކޮރަޕްޝަންގެ މައްސަލައެއްގައި ކުރިން މުއިއްޒު އޭސީސީއަށް ހާޒިރުކުރި ނޫސްބަޔާން ޑިލީޓުކޮށްފި

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން އެމަނިކުފާނު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރުމާ ބެހޭގޮތުން އެ ކޮމިޝަނުން ނެރެފައި އޮތް ނޫސްބަޔާނެއް ޑިލީޓުކޮށްފި އެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން 2021 ވަނަ އަހަރު މުއިއްޒު އޭސީސީއަށް ހާޒިރުކުރި އެވެ. އެގޮތުން، މާޗު 23، 2021, ގައި މުއިއްޒު އޭސީސީއަށް ހާޒިރުކުރުމުން އެއީ ސިޔާސީ ގޮތުން ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި މުއިއްޒު ވާހަކަދެއްކެވި އެވެ.

އޭސީސީގެ ވެބްސައިޓުން ޑިލީޓުކޮށްފައި ވަނީ މުއިއްޒުގެ ވާހަކަތަކަށް ރައްދުދީ މާޗު 24، 2021, ގައި އެ ކޮމިޝަނުން ނެރުނު ބަޔާނެވެ. އެ ނޫސްބަޔާން އޭސީސީގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓު ވެސް ކުރި އެވެ. އޭސީސީގެ ވެބްސައިޓުން އެ ބަޔާން ޑިލީޓުކޮށްފައި ވަނީ ކޮން ތާރީހެއްގައިކަމެއް ނޭނގެ އެވެ. 

އެހެންނަމަވެސް، މި ނޫހުން ބެލިބެލުމުން އިންޓަނެޓުގައި ހުންނަ މައުލޫމާތު އާކައިވްކުރާ ވޭބެކްމެޝިން ގައި އެ ބަޔާން ސޭވް ވެފައިވެ އެވެ. އޭސީސީއަށް މުއިއްޒު ހާޒިރުކުރީ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ބުނެ މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ބަޔާނުގައި އޭސީސީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެގޮތުން، މާޗު 23، 2021 ގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމާއި އޭސީސީއަށް އެމަނިކުފާނު ހާޒިރުކުރިކަމުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރީ އެ ކޮމިޝަނުން ނޫންކަން އެ ބަޔާނުގައި ބަޔާން ކޮށްފައިވެ އެވެ.

އޭސީސީގެ ވެބްސައިޓުން އެ ބަޔާން ޑިލީޓުކުރި ސަބަބާ ބެހޭގޮތުން ބަހެއް ހޯދުމަށް އެ ކޮމިޝަނުގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެ ކޮމިޝަނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox