ހުލާސާކޮށް އިއްޔެ: އިރާނާއި އެމެރިކާގެ އަސްކަރީ ކުރިމަތިލުންތައް

Jun 28, 2026, 6:00 AM
ހޮރުމޫޒު ކަނޑައޮޅިން ދަތުރުކުރަމުން ދިޔަ އާގުބޯޓެއް

ހޮރުމޫޒު ކަނޑައޮޅިން ދަތުރުކުރަމުން ދިޔަ އާގުބޯޓެއް

ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އިރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން ވަނީ އިރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ މި އަމަލަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު، ބުއްދިވެރިނޫން އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި މި ހަމަލާތަކުގައި އިރާނުގެ އަސްކަރީ ބައެއް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަރުތައް ތިރީގައި އެވަނީ އެވެ. 

އިރާނުން އާގު ބޯޓަކަށް ހަމަލާ ދިނުމުން އެމެރިކާއިން ވަރުގަދަ ރައްދެއް ދީފި

ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެން، އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ މަސްލަހަތު ގޯސްވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ

ޗައިނާގެ ބެއިޖިންގައި ހިނގި ވައިގެ ހާދިސާ

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެންމެ އުސް އިމާރާތް ކަމަށްވާ "ޗައިނާ ޒުން" ގައި ކުޑަ މަތިންދާބޯޓެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. 108 ބުރީގެ މި އިމާރާތުގައި ހިނގި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާއިރު، ކަމާބެހޭ އިދާރާތަކުން އަދި މި ހާދިސާގެ ތަފްސީލީ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާބޯޓެއް ޖެހިއްޖެ

ޗައިނާގެ ބެއިޖިންގައި ހުންނަ 108 ބުރީގެ "ޗައިނާ ޒުން" އިމާރާތުގައި ކުޑަ މަތިންދާބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދު ބަންދުކޮށް ފޮޓޯ ނެގުން މަނާކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ފެތުރޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކުން ދަނީ ސެންސަރު ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ފީފާ ވޯލްޑް ކަޕް 2026 އަދި ކުޅިވަރު

އިރާން ޓީމުގެ ހިތްހަމަނުޖެހުން

ވޯލްޑް ކަޕްގައި ވާދަކުރަމުންދާ އިރާން ޓީމުގެ ކެޕްޓަން މަހުދީ ތަރޭމީ ވަނީ ފީފާއިން އެ ގައުމާ މެދު އަމަލުކުރާ ގޮތާ މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި ފީފާއިން ބޭނުންވަނީ އިރާން މުބާރާތުން ބޭރުކޮށްލާށެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ.

Advertisement

ފެންނަ ފެނުމަށް ހީވަނީ ފީފާ އިން ވެސް އަހަރެމެން ކުރިއަށްދާން ބޭނުންނުވާހެން: އިރާން ކެޕްޓަން ތަރޭމީ

މިފަހަރުގެ ވޯލްޑް ކަޕްގައި އިރާނަށް ކުރިމަތިވަމުންދާ ދަތިތަކާއި ރޭގެ މެޗުގައި ވީއޭއާރްގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން، ފީފާއިން އިރާން ކުރިއަށްދާން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކެޕްޓަން މަހުދީ ތަރޭމީ ބުނެފި. ތަރޭމީ ވަނީ އިރާން ޓީމުގެ އެއްވެސް ޝަކުވާ އަަކަށް އެކަށީގެންވާ ޖަވާބެއް އަދި އަމަލީ ސިފައެއްގެ ހައްލެއް ނުލިބޭ ކަމަށް ބުނެފައި.

ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލު ގެނައުމުގެ ހިޔާލު

ސްޕެއިންގެ ލެޖެންޑަރީ ކީޕަރު އިކާ ކަސިއަސް ވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް 64 ގައުމަށް ބަދަލުކުރުމަށް ގޮވާލާފައެވެ. އޭނާ މިހެން ބުނީ މިހާރު ކުރިއަށްދާ 48 ގައުމުގެ ފޯމެޓާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ކަސިއަސް ދެކޭގޮތުގައި މުބާރާތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ކަސިއަސް ގޮވާލީ 2030 ގެ ވޯލްޑް ކަޕް 64 ގައުމަށް ބަދަލުކުރަން

2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ އަދަދު 64 އަށް އިތުރުކުރުމަށް ސްޕެއިންގެ ލެޖެންޑަރީ ކީޕަރު އިކާ ކަސިއަސް ގޮވާލައިފި. އޭނާ މިގޮތަށް ހުށަހެޅީ 48 ގައުމާއެކު ބާއްވާ މުބާރާތުގެ ފޯމެޓްގައި، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކަށް ފުރުސަތު ދޭން ނިންމާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހިގެން.

އާޖެންޓީނާ، ޕޯޗުގަލް އަދި ޖޯޑަންގެ ކުރިމަތިލުންތައް

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނުކުޅުނު ކަމުގައި ވިޔަސް، އެ ޓީމާ ދެކޮޅަށް ކުޅުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށް ޖޯޑަންގެ ކޯޗު ވަނީ ބުނެފައެވެ. އަނެއްކޮޅުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވިދާޅުވީ އޭނާގެ ޓީމުގައި "ބަދަލު ކުޅުންތެރިން" ނުތިބޭނެ ކަމަށާއި، ކޮންމެ ކުޅުންތެރިއަކީވެސް މުހިންމު މީހެއް ކަމަށެވެ. ދެ ޓީމުންވެސް ވަނީ މިހާރު ނޮކައުޓް ބުރުގެ ޖާގަ ޔަގީންކޮށްފައެވެ.

މެސީ ނެތަސް އާޖެންޓީނާއާ ކުޅުމަކީ ޖޯޑަން އަށް "ފަހުރެއް"

ވޯލްޑް ކަޕުން ކަޓާފައިވީ ނަމަވެސް، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅެން ލިބުމަކީ ޖޯޑަންއަށް ލިބޭ ބޮޑު ފަހުރެއް ކަމަށް އެ ޓީމުގެ ކޯޗު ޖަމާލް ސަލާމީ ބުނެފި

މާޓިނޭޒް އަންގަނީ ޕޯޗުގަލްގައި ބަދަލު ކުޅުންތެރިއެއް ނުހުންނާނެ ކަމަށް

ޕޯޗުގަލް ޓީމުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ވަކި ބަޔަކު ނުތިބޭނެ ކަމަށާއި، ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންނަކީ ވެސް އެއް ފެންވަރެއްގެ މުހިންމު ކުޅުންތެރިން ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ ގްރޫޕްގެ އެއްވަނަ ކަނޑައެޅުމަށް ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ޓީމަށް ގެންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

ދިވެހިރާއްޖޭގެ ޚަބަރުތައް

ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުން

ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވަނީ ވިދާޅުވެފައެވެ. މިހާރު ކުރިއަށްދަނީ މުވައްޒަފުންގެ ފެންވަރު ބަލައި އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، އެއަށްފަހު މުވައްޒަފުން ވަކިކުރަން ފަށާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނެފި

ސިޔާސީ މުވައްޒަފުންގެ ތެރެއިން 500 މީހުން ވަޒީފާއިން ކަނޑާލަން ނިންމާފައިވާ ކަން އޭޕްރީލް، 2026، ގައި ކެބިނެޓުން ހާމަ ކުރި އެވެ. ނަމަވެސް އަދިވެސް އޭގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.

ހިތާމަވެރި ހާދިސާތަކާއި އެކްސިޑެންޓްތައް

އދ. ހަންޏާމީދޫގައި ބަގީއެއް ދުއްވަން އުޅުމުގެ ތެރޭގައި މޫދަށް ވެއްޓި 14 އަހަރުގެ ކުއްޖަކު މަރުވުމުގެ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން މާލޭގެ ޓީ-ޖެޓީ ސަރަހައްދުން މުދާ ބަރުކޮށްގެން ފުރަން އުޅުނު "ކުރިމަގު" ނަމަކަށް ކިޔާ ބޯޓެއް ދިޔަވެގެން އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ރިޕޯޓްކޮށްފައެވެ.

ބަގީއަކާއެކު މޫދަށް ވެއްޓި ހަންޏާމީދޫގައި ކުޑަކުއްޖަކު މަރުވެއްޖެ

މި ހާދިސާގައި ބަގީ މޫދަށް ވެއްޓުނު ވަގުތު އެ ކުއްޖާ ބުރައިގެން ގޮސް ޖެހުނީ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގަ. އެއަށް ފަހު ކުއްޖާ މޫދަށް ވެއްޓުނު. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުން

މުދާ ބަރުކޮށްގެން ފުރަން އުޅުނު ބޯޓެއް ޓީ-ޖެޓީއަށް ފެތިއްޖެ

ފެތުނީ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެވެ. ފުލުހުން ބުނީ އެ އޮޑި ފެތުނީ މުދާ ބަރުކޮށްގެން ނައްޓާލި ތަނާ، ދިޔަވާން ފެށުމުން އަނބުރާ ބަނދަރަށް ވަން ފަހުން ކަމަށެވެ،

ސިއްހީ ދާއިރާގެ ކުރިއެރުން

ރާއްޖޭގެ އައިކެއަރ އިން ދުނިޔޭގެ މަޝްހޫރު "ޒައިސް" (ZEISS) އާއެކު އެކްސްކްލޫސިވް ޕާޓްނާޝިޕެއް ގާއިމުކޮށް، ލޮލުގެ ފަރުވާ އާ އުސްމިނަކަށް ގެންގޮސްފިއެވެ. މި ޕާޓްނާޝިޕް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. މީގެ ސަބަބުން ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ދުނިޔޭގެ މަޝްހޫރު 'ޒައިސް' އާއެކު އައިކެއަރ އިން ލޮލުގެ ފަރުވާ އާ އުސްމިނަކަށް

މި ޕާޓްނާޝިޕްގެ ދަށުން 3ޑީ ސްކޭން ބޭނުންކޮށްގެން އައިނު އިހުތިޔާރުކުރެވޭ 'ޒައިސް ވިޒުފިޓް' މެޝިނާއި ފެންވަރު ރަނގަޅު ލެންސްތައް މެދުވެރިކޮށް، ދުނިޔޭގެ ފެންވަރުގެ ޕާސަނަލައިޒްޑް ޚިދުމަތްތައް ދިވެހިންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox