އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު މަރުވި މައްސަލައެއް ބަލަނީ

އައިޖީއެމްއެޗް ގެ އީއާރަށް ވަންނަ ފަޅި : އެ ތަނުގައި  ފަރުވާދެމުން ދަނިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު މަރުވި މައްސަލައެއް ފުލުހުން ދަނީ ބަލަމުން --- ފޮޓޯ: އަދަދު

އައިޖީއެމްއެޗް ގެ އީއާރަށް ވަންނަ ފަޅި : އެ ތަނުގައި ފަރުވާދެމުން ދަނިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު މަރުވި މައްސަލައެއް ފުލުހުން ދަނީ ބަލަމުން --- ފޮޓޯ: އަދަދު

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗް ގެ އެމެޖެންސީ ރޫމުގައި ފަރުވޭދެނިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ ޓީމުން މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ އެ މީހާ މަރުވީ އިއްޔެ ކަަމަށެވެ. އަދި އައިޖީއެމްއެޗް އިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު 11:30 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތެއް ނުބުނި ނަމަވެސް އެ މީހާ ގެންދިޔައީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ފަރުވާދެމުން ދަނިކޮށް އެ މީހާ ކުއްލިއަކަށް ތެދުވެ ދުއްވައިގަންނަން އުޅެނިކޮށް ވެއްޓުނު ކަމަށް އައިޖީއެމްއެޗް އާ ހަވާލާދީ ފުލުހުން ބުންޏެވެ.

"ފުލުހުން ބެލި ބެލުމުން ހަށިގަނޑުގައި ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް. އަދި އާއިލާގެ ފަރާތުން ތުހުމަތުތަކެއް ކޮށް އެފަދަ ޝަކުވާއެއް ފުލުހުންނާ ހިއްސާކޮށްފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

މީގެއިތުރުން، މިފަދަ މައްސަލައެއް ހުށަހެޅުމުން އާންމު އުސޫލާ އެއްގޮތަށް އެ މީހާގެ ހަށިގަނޑުން ސާމްޕަލް ނެގި ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި ޖަވާބުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އުފެދިފައިވާ ސުވާލުތައް ހިމެނޭހެން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox