ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ހިދުމަތް ދެމުން އަންނަ އަމާނާ ތަކާފުލްއިން ހަޔާ ސެކަންޑްރީ ސްކޫލްތަކުގެ އިސްލާމް ޓީޗަރުންނަށް ތަކާފުލްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި މާލޭގެ އެކި ސްކޫލްތަކުން އޭ ލެވެލް ކިޔަވައިދޭ ގިނަ ޓީޗަރުން ބައިވެރިވި އެވެ.
އަމާނާ ތަކާފުލްއިން ބުނީ ތަމްރީން ޕްރޮގްރާމްތައް ތައްޔާރުކޮށް ކުރިއަށް ގެންދިޔައީ އެޑްވާންސްޑް ލެވެލް އިސްލާމް ސިލަބަސްއާ އެއްގޮތަށް، ތަކާފުލްއާ ބެހޭ މައުލޫމާތު ފުރިހަމައަށް ލިބޭ ގޮތަށް ކަމަށެވެ.
އެ ތަމްރީންތައް ދިނީ ޝަރިއާ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަން މުފްތީ ޝަފީގްގެ އިތުރުން ބޯޑް މެންބަރުން ކަމަށްވާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސީމް އަދި ޝައިހް މުހައްމަދު ހުޒައިފާ އެވެ.
ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެޑިއުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިސްލާމިކް ޔުނިވާސިޓީގެ އެހީތެރިކަމާ އެކު އެވެ














