ބްލޫސް ހައުސިން ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީން ޕޮލްކޯއަށް ވަދެއްޖެ

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ހައުސިން ޔުނިޓުތައް --- ފޮޓޯ: އަދަދު ފައިލް

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ހައުސިން ޔުނިޓުތައް --- ފޮޓޯ: އަދަދު ފައިލް

ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ހިންގި ކޮރަޕްޝަންގެ މައްސަލަައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕޮލްކޯއަށް މިއަދު ވަދެއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް އޭސީސީން ޕޮލްކޯއަށް ވަދެ ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

ޖެނުއަރީ 24، ގައި އޮޑިޓޮ އޮފީހުން އާންމު ކުރި ހާއްސަ އޮޑިޓުގައި ވާގޮތުން ބްލޫސް ހައުސިން ޔުނިޓުގެ 13 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތުގައި، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެ މަޝްރޫއުއަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ މިހައިތަނަށް ހަރަދުވެފައިވެ އެވެ.

ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ. ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.

ޕޮލްކޯއިން ކަނޑައެޅިގެން މަސައްކަތް ކޮށްފައި ވަނީ ނޫމަޑީގެ ރިޕްރެޒެންޓޭޓިވްއަށް ފައިދާވާ ގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގައި ފާހަގައެއް ނުކުރެ އެވެ. އޭނާއަށް ދީފައިވާ ނަމަކީ "މިސްޓާ އެކްސް" އެވެ.

އޮޑިޓު އޮފީހުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލު ގެނެސް، ކޮށްފައިވާ މަސައްކަތަށް ނުބަލައި ފައިސާ ދޫކޮށްފައި ވަނީ ވަކި ބަޔަކަށް މަންފާ ހޯދަން ކަމަށެވެ. އޭސީސީން މައްސަލަ ބަލައި ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮތީ ލަފާ ދީފަ އެވެ.

ބްލޫސް ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ޕޮލްކޯއިން ނަގައި މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ނަމަވެސް އޮޑިޓުގައި ލަފާ ދީފައި ވަނީ ޕޮލްކޯއިން މަޝްރޫއު ކުރިއަށްދިޔައިރު އެތަނުގެ ބޯޑުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމަށެވެ.

ނޫމަޑި ކުންފުނި ހިމެނޭ ގޮތަށް (އަމީން ކޮންސްޓްރަކްޝަން ފިޔަވައި) އެ މަސައްކަތް މިހާތަނަށް ކޮށްފައިވާ ހުރިހާ ކުންފުންޏަކަށް އިތުރަށް ފައިސާ ދޫކޮށްފައިވާކަން އޮޑިޓުން ދައްކަ އެވެ. އެއީ ސަބް ކޮންޓްރެކްޓަރުން ހިމަނައިގެން ޖުމުލަ ހަ ކޮންޓްރެކްޓަރުންނެވެ.

ބްލޫސް ހައުސިންއަށް މިހާތަނަށް ހަރަދުކޮށްފައިވާ ފައިސާ

  • އެޗްޑީސީއަށް ދެއްކި ބިމުގެ އަގު - 15.4 މިލިއަން ރުފިޔާ
  • އެޗްޑީސީއަށް ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ - 151،282ރ.
  • ނޫމަޑި ކުންފުންޏަށް ދެއްކި ފައިސާ - 76 މިލިއަން ރުފިޔާ
  • އައިލެންޑް އެކްސްޕާޓަށް ދެއްކި ފައިސާ - 432 މިލިއަން ރުފިޔާ
  • އައިލެންޑް އެކްސްޕާޓުގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި އަދަދު - 199 މިލިއަން ރުފިޔާ
  • ދެ ކޯމަސް ކުންފުންޏަށް ދެއްކި ފައިސާ - 4.1 މިލިއަން ރުފިޔާ
  • ދެ ކޯމަސްގެ ސަބް ކޮންްޓްރެކްޓަރުންނަށް ދެއްކި އަދަދު - 10 މިލިއަން ރުފިޔާ
  • ހާއޯ ކުންފުންނަށް ދެއްކި ފައިސާ - 10.2 މިލިއަން ރުފިޔާ
  • ހައުސިން މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނަށް ދެއްކި އަދަދު - 310 މިލިއަން ރުފިޔާ

އޭގެ އިތުރުން އަދި އެ ޕްރޮޖެކްޓުގެ ބައެއް ބިލުތަކަށް ފައިސާ ނުދައްކާ ވެސް އެބަ ހުއްޓެވެ. އެއީ އެމްޓީސީސީއަށް ދައްކަންޖެހޭ 480،006ރ. އާއި އަމީން ކޮންސްޓްރަކްޝަންގެ ބިލުތަކަކަށް ދައްކަންޖެހޭ 18.3 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox