ޖެނުއަރީ 31 ގައި މަގު މައްޗަށް ނުކުމޭ، ސަރުކާރަށް އަޑު އިވެނީ އޭރުން: ޝާހިދު

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

މިއީ ބަހުލޫލު ސަރުކާރެއް ކަމަށް ރައްޔިތުން ކަނޑައަޅާފައިވާ ކަމަށާއި މިފަދަ ސަރުކާރަކަށް އަޑު އިވޭނީ މަގު މައްޗަށް ނުކުމެ އަޑު އުފުލައިގެން ކަމަށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް އަޑު އިވެނީ މަގުމައްޗަށް ނުކުމެ އަޑު އުފުލައިގެންކަން ރައީސް ހއ. ކުރައްވާ ދަތުރުގައި ދިއްދޫން ފެނިގެންދިޔަ ކަމަށެވެ.

އެ ރަށުގައި ރައީސް މުއިއްޒާ ދެކޮޅަށް ޝުއޫރު ކުރި އެވެ. އެ ރަށުގައި އެއާޕޯޓެއް ހަދާނެ ކަމަށް ވައުދުވެފައި އޮތަސް، މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫއެއް ނެތެވެ. އެކަމަށް ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް، ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއު މި އަހަރު ފަށާނެ ކަމަށެވެ. އެ ރަށަށް ދެން ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވަން ފްލައިޓުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"31 ވަނަ ދުވަހު [ރައްޔިތުން] ނުކުންނަން ޖެހެނީ މި ސަބަބަށްޓަކައި. މި ސަރުކާރަށް އަޑު އިވެނީ ރައްޔިތުން ނުކުމެ އަޑު އިއްވީމަ،" މި ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބާއްވާ ހިނގާލުމާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.

ފްލްޓު ނުލިބިގެން ޝަކުވާ ކުރައްވާ ބޭފުޅުން ހަނު ތިބެގެން ފްލެޓެއް ނުލިބޭނެ ކަމަށާއި ފްލެޓަކީ ރައްޔިތުންގެ ހައްގެއް، މުދަލެއް ކަމާއި، ޝަރުއީ ހުކުމެއް ނެތި ފްލެޓު ސަރުކާރަށް އަތުނުލެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންވެ، ފްލެޓު ނުލިބޭ މީހުން އަޑު އުފުލަންޖެހޭކަން ފާހަގަ ކުރެއްވި އެވެ.

ރިސޯޓު މުވައްޒަފުން ގުދާރު ބިންދައިގެން މަސައްކަތް ކުރާއިރު، ޑޮލަރުން ލިބެމުން ދިޔަ ސާވިސް ޗާޖު، ރުފިޔާ އަށް ބަދަލުކޮށްލީ "މިސަރުކާރުގެ ގޮތެއް ފޮތެއް ނެތް ދޯހަޅި ސިޔާސަތުގެ ސަބަބުން" ކަމަށާއި "ހަނު ތިއްބަވައިގެން ހައްގެއް ނުހޯދޭނެ" ޝާހިދު ފާހަގަ ކުރެެއްވި އެވެ.

އެހެންވެ، ރިސޯޓު މުވައްޒަފުންގެ އަޑު އުފުލުމަށް ވެސް ގޮވައިލި އެވެ.

"ހައްގު ލިބޭނީ އެގޮތަށް،"

އެންސްޕާ އާއި އާސަންދައިން ބޭސް ފަރުވާ ނުލިބޭތީ އާއި ޓެކްސީ ލައިން ހެދުމަށް ސަރުކާރުން މަސައްކަތް ކުރާތީ، ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މަހުގެ އަގު ސަރުކާރުން ވައްޓާލުމަށް ފަހު ފައިސާ ނުދޭއިރު އެ ހައްގު ހޯދުމަށް މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުން ނުކުތުމަށް ވެސް ގޮވައިލި އެވެ.

"މި ސަރުކާރަށް އަޑު އިއްވެން އޮތީ ހަމަ އެކަނި ނުކުމެ މަގުމަތީގައި މި އަޑު އުފުލައިގެން. ވަކާލާތުކޮށްގެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox