"ދިވެހީންގެ ވާހަކަ" ލިޔާން ޝައުގުވެރިތޯ؟

"ދިވެހީންގެ ވާހަކަ" ލިޔާން ޝައުގުވެރިތޯ؟

ދިވެހިންގެ އުސްތާޒު، ހުސައިން ސަލާހުއްދީނަކީ ކުރައްވާނޭ މަސައްކަތްޕުޅެއް ނެތިގެން، ހުހަށް ލިބިވަޑައިގަންނަވާ ވަގުތުކޮޅު ގިނަވެގެން އުޅުއްވި ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ދިރިއުޅުއްވުމުގެ ވާހަކަ ވިދާޅުވާށެވެ. ދިވެހި ގައުމަށް ކޮށްދެއްވި ހިދުމަތްތަކާއި، ފުރުއްވި މަގާމުތަކަށް އެކަނި ބަލާށެވެ. އެއްފަހަރާ އެއްވަގުތެއްގައި އަދާކުރެއްވި އެތައް ޒިންމާތައް ހިތަށް ގެންނާށެވެ. ރަސްމީ މަގާމުތަކުގެ އިތުރުން އުނގަންނައި ދެއްވުމުގެ ބުރަ މަސައްކަތްޕުޅު ކުރައްވަމުން ލިޔުއްވާފައި އެހުރީ ހާދަހާ ގިނަ ލިޔުއްވުންތަކެކެވެ.

އިލްމީ އެކި މައުލޫތަކަށް ލިޔުއްވި ފޮތްތަކުގެ އިތުރުން 'ދިވެހީންގެ ވާހަކަ' ނަމުގައި ލިޔުއްވި ލިޔުއްވުންތަކަށް ބަލާށެވެ. މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިން ލިޔުއްވި ފޮތް ޗާޕުކޮށްދެއްވީ އެފަދަ ދެވަނައެއް ނެތް ގައުމީ ހިދުމަތްތެރި، އޮނަރަބަލް އަލީ ހުސައިން އެވެ. އަތްތިލައެއް ވަރުގެ ކުޑަކުޑަ ފޮތެއްގެ ގޮތުގައި އޮތް 114 ސަފުހާގެ އެފޮތުގައި އެއޮތީ ދިވެހީންގެ އިހުގެ ދިރިއުޅުން ހުރި ގޮތަށް ތައާރުފެއް ދޭ ފިލާވަޅުތަކެކެވެ.

ދިވެހިންގެ ދިރިއުޅުމުގެ ތެރެއިން ހުސައިން ސަލާހުއްދީން ދެކެވަޑައިގެންނެވި ކަންކަމާއި، އެމަނިކުފާނު އަޑުއެއްސެއްވި ވާހަކަތަކުގެ ތެރެއިން ޖުމުލަ 47 ވާހަކައެއް އެފޮތުގައި ގެނެސްދެއްވާފައި ވެއެވެ. ބައެއް ވާހަކަތަކަކީ މާބޮޑު ވާހަކައޭ ހީނުވާ ކަހަލަ ވާހަކަ އެވެ.

Advertisement

މާރަންދޫ ސޭކުކަލޭފާނުގެ ވާހަކައަކީ މީހަކު ލިޔާން ދެން ކޮން ވާހަކައެއް ހެއްޔޭ މީހަކު ބުނެފާނެ އެވެ. 'ދިވެހީންގެ ވާހަކަ'އަގައި ސޭކުކަލޭފާނުގެ ދެ ވާހަކައެއް އެބައޮތެވެ. އެއް ވާހަކައަކީ، ސޭކުކަލޭފާނު ފަތިސް ނަމާދުގައި ދޮޅަސް ރަކުއަތްކޮށް، ފަހު ރަކުއަތުގައި އަވަސްއަވަހަށް އެތައް ސަޖިދައެއް ޖެހި ވާހަކަ އެވެ. އެކަމާ ސުވާލުކުރީމާ ސޭކުކަލޭފާނު ބުންޏޯލަ އެވެ. މަސް ތިލަވާއިރެއްގައި ދޫނިކަނޑަށްޖެހޭން ވަކި އަދަދެއް އޮވޭހެއްޔެވެ؟ ސޭކީ ސޭކަކާ އެ ސުވާލުކުރި މީހާއެއް ނޫންތޯ އެވެ. ދެވަނަ ވާހަކައަކީ ސޭކު ކަލޭފާނު ނަމާދަށް ފަހު ތަސްބީހައިގައި 'އިއްތެޅި ބިއްތެޅި' އޭ ކީ ވާހަކަ އެވެ. ތިޔަ ކިޔަނީ ކޮންކަހަލަ ތަސްބީހައެއްތޯ ސުވާލުކުރުމުން ބުންޏޯލަ އެވެ. އެހެން މީހުން ކިޔާ ތަސްބީހަ ވެސް ދެނެވޮޑިގެންވާ ކަލާނގެ މި ތަސްބީހަވެސް ދެނެވޮޑިގަންނަވާނެ އެވެ. އެ ޖަވާބަށް ނޫނެކޭ ބުނާނަކަށް އެކަކަށް ހަމަ ލާހިކައެއް ނޫނެއްނޫންތޯ އެވެ. ސޭކުކަލޭފާނުގެ އެ ދެވާހަކައިން އަޅުގަނޑުމެންނަށް ދެއްވި ހިތްވަރަކީ އޭނާއާ ގުޅޭ އިތުރު ވާހަކަތައް ހޯދައި ބެލުމެވެ. މިއަށްވުރެ އަދި މާ މަޖާ ވާހަކަތައްވެސް ހުރުން އެކަށީގެންވެ އެވެ. ސޭކުކަލޭފާނު އުޅުއްވީ ސަލާހުއްދީނުގެވެސް މާކުރިން ކަމަށް ވެ އެވެ. އެއީ ސަލާހުއްދީން ވިދާޅުވެފައިއޮތީ "މާރެންދޫ ސޭކުކަލޭފާނު ދުށްމީހުން އަހަރެމެން ދުށީމު" ކަމަށެވެ.

'ޖާހިލު ކަމަކީ ބަނބުކޭލު ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާން ޖެހިދާ ކަމެއް' ބުނާ ބަސް އާންމުވެގެން ދިޔައީ ސަލާހުއްދީން އެ ވާހަކަ ލިޔުއްވުމުންނެވެ. ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުހައްމަދު ދީދީގެ، ފެންފުށީ ގަނޑުވަރު އަލީ ދީދީ ވިދާޅުވެދެއްވި މި ވާހަކައިން ދިވެހިރާއްޖެއަށް ބަނބުކެޔޮގަސް ގެނެވުނު ޒަމާނާއި ދިވެހިންގެ އޭގެ ބޭނުންކުރަމުން އައި ގޮތް ސާފުވެ އެވެ. އޭނާ ވިދާޅުވެދެއްވި ގޮތުން، ބަނބުކެޔޮގަސް ފުރަތަމަ ގެނެވުނީ އިންޑިއާއިންނެވެ. އެ ގަސް ގެންނެވީ އައްސުލްތާން މުހައްމަދު ޣިޔާޘުއްދީން ރަދުންނެވެ. އެ ރަދުން އޭގެ ގަހެއް ފޮނުއްވި ކަމަށްވަނީ ފުވައްމުލަކު ދޫޑިގަމު އެދުރު މަނިކުފާނަށެވެ. މި ގަހުގެ މޭވާއަކީ ރަނގަޅު ކާނާއަކަށްވެސް ފުދޭނޭކަމަށް ރަދުން ވިދާޅުވިކަމަށް ގަސްގެނައި މީހާ އެދުރު މަނިކުފާނު އަރިހުގައި ދެންނެވި އެވެ. އެ ގަހުގައި އަޅާ މޭވާ ކެއުމަށް ބޭނުންކުރާނީ ކިހިނެއްކަމެއް ރަދުން ވިދާޅުވެފައެއް ނެތެވެ. އެހެންވެ މި ބޭނުންކުރާނޭ ގޮތް އޮތީ ނުއެނގި އެވެ. ހަމަ އެދުވަސްވަރު އެދުރުމަނިކުފާނަށް ދުޅަބަލީގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެ މަނިކުފާނުގެ ދަރިވަރުން އޭރު ގެންދެވި ދަންފަޅި ބަހައިގެން އެމަނިކުފާނަށް ހޭހަންކޮށްދެއްވަމުންނެވެ. އެއްކަލަ ބަނބުކެޔޮގަހުން ކޭލެއް ދޮންވެގެން ވެއްޓުނީ އެދުރުމަނިކުފާނަށް މިކަމެއް ލައިގަނެގެން އުޅެނިކޮށެވެ. ވެއްޓުނު ބަނބުކެޔޮ ގެނެވުނީމާ އެމަނިކުފާނު ވިދާޅުވެ އެވެ. ތިޔަ އެއްޗެއް މެދުން ފަޅާށެވެ. ދެން ވިދާޅުވި ގޮތަށް މެދުން ފެޅީމާ ކޭލުގެ ކަރުގަނޑު ދައްކަވާފައު ވިދާޅުވިޔޯލަ އެވެ. މީގައި ކާންޖެހޭ އެއްޗަކީ ތިޔައީ ކަމަށް މެނުވީ ނުވާނެ އެވެ. ކޮންމެ އެއްޗެއްގައިވެސް އެންމެ މޮޅުވާނީ އެންމެ އެތެރެ ބައެވެ.

ދެން އެ ބަނބުކޭލުގެ ކަރުގަނޑު ނަގައިގެން ފެނުކައްކައިގެން ފަރީއްކުޅުއްވިފަހުން ބޭރަށްހިންގުމުގެ އާލާސްކަންފުޅެއް ލައިގެންފި އެވެ. މިކަމެއްގައި ތިން ދުވަސް ހޭދަކުރެއްވިއިރު ފާހަގަވެވަޑައިގަތީ ދުޅަބަލި މަޑުމަޑުން ފަސޭހަވަމުންދާކަމެވެ. އެހެންވެ، ބަނބުކޭލު ކަރުގަނޑަކީ ދުޅަބައްޔަށް މޮޅު ފަރުވާއެއްކަމަށް އެދުރު މަނިކުފާނާއި، އެމަނިކުފާނުގެ ދަރިވަރުން ނިންމައިފި އެވެ. މީ ސިއްހަތަށް ފައިދާ ހުރި ކާނާއެއް ކަމާއި، އެތައް ގޮތަކަށް ކައްކައިގެން ކެވޭ އެއްޗެއްކަން އެނގިވަޑައިގަތީ އެރަށު މުސްކުޅި ދައިތައެއްގެ ފުށުންނެވެ. އެކަން އެނގިވަޑައިގަތުމާއެކު ފުވައްމުލަކު މީހުންނަށް އެކަން ދަސްކޮށްދެއްވުމުން، އިސާހިތަކު ރަށުގައި ބަނބުކެޔޮގަސް ގިނަވެއްޖެ ކަމަށް ވެއެވެ. މި ވާހަކައަކީ، ކިޔާލަން މަޖާ ވާހަކައަކަށް ވުމުގެ އިތުރުން އިބުރަތާއި، ތާރީހީ ހަގީގަތްތަކަކަށްވެސް އިޝާރާތްކުރާ ވާހަކަ އެކެވެ.

"އެސޮރު ގެއަށްގޮސް ކާނީ ބޮނޑިބަތްތާއޭ" މިއީވެސް މިފޮތުގައި އޮތް ވާހަކައެކެވެ. ވާހަކައިގައި އޮތީ 3 ޖުމުލަ އެވެ. އެއީ "ހައްދުންމަތީ މީހަކު އަލަށް މާލެއައިސްގެން ރަދުން ހުކުރަށް ވަޑައިގަންނަވާތަން ބަލާންހުރެފައި އަނބުރާލާފައި ދަމުން ބުންޏޭ. ހާދަހާވާ ވަރެއް ހުރި ކަމަކޭ. އެސޮރު ގެއަށް ވަދެ ކާނީ ބޮނޑިބަތްތާއޭ" މިއެވެ. އެ ވާހަކަ އެ ނިމުނީ އެވެ. ދެ ޖުމުލައިން ނިންމަވާލެއްވި މި ވާހަކައަކީވެސް ކުރު ވާހަކައެއް ނޫނެވެ. މިއީ އެތައް މައުލޫއަކަށް ހުޅުވާލަދޭ ވާހަކައެކެވެ. އެއްކަމަކީ ރަދުން ހުކުރަށް ވަޑައިގަތުމުގެ ރަސްމިއްޔާތެވެ. ރަދުން ހުކުރަށް ވަޑައިގެންނެވުމަކީ އެ ޒަމާނުގައި އާދައިގެ ކުޑަކަމެއް ނޫނެވެ. އެ މަންޒަރު ދެކޭން ރައްޔިތުން މަގުމައްޗަށް ނުކުމެ، މަގުގެ ދެފަރާތުގައި އެތުރި ހަށަންބަނދެގެން އަދަބުތައުޒީމުގައި ތިބޭތަން ދެކި، މާ އިހު ޒަމާނުގައި ހަނދި ހަސަން ރަސްގެފާނުގެ ހިތްޕުޅުގައި އެނދި ފިތުނައިގެ ހުޅުގެ ވާހަކަ އަޑުއެއްސެވީމެއްނޫންތޯ އެވެ. އެހެންވީއިރު، އެ މަންޒަރު ދެކޭ އާދައިގެ ރައްޔިތެއްގެ ހިތަށް އަރާފައިބާނޭ ޝުއޫރުތައް ވިސްނަވާށެވެ. ދެވަނަ ކަމަކީ، އަދަބުވެރި ކިޔަމަންތެރި ރައްޔިތުންގެ ތެރޭގައިވެސް ވެރިންނާމެދު ނުރުހުމުގެ ބަސްތައް ބުނާން ކެރޭ ރައްޔިތުން ތިބިކަމެވެ.

"ދިވެހީންގެ ވާހަކަ" ފޮތުގައި ހުރީ މިކަހަލަ ކިތަންމެ ވާހަކައެކެވެ. އެ ވާހަކަތައް ޗާޕުކޮށްދެއްވި، ވާރޭވިލާ އަލީ ހުސައިން ވިދާޅުވެފައި އޮތް މި ވާހަކަ ވިދާޅުވެ ބައްލަވާށެވެ.

"ޒަމާނަށް އައި، އަދި އަންނަމުންދާ ބަދަލާއެކު، ލިޔުންތެރިއަކަށް ލިޔެވިދާނެ މިފޮތުގައިވާކަހަލަ މި ޒަމާނުގެ ހާދިސާތައް ކޮންމެ ދުވަހަކުވެސް އުފަންވާނެ އެވެ. އެ ހާދިސާތައް ލިޔުއްވާލައްވާފައި ބަހައްޓަވައިފިނަމަ މީގެ ދެތިން ގަރުނު ފަހުން، އޭރު ތިބޭނޭ ބަޔަކު ދިވެހީންގެ ކުރީގެ ވާހަކަތަކުގެ ގޮތުގައި އެ ވާހަކަތައް ކިޔަކިޔާފައި ހީނއުޅޭނެ ދޮގެއްތޯ އެވެ. މިފޮތުގެ ބައެއް ވާހަކަތައް ކިޔާފައި އަޅުގަނޑުމެން ހީނއުޅޭ ފަދައިންނެވެ."

މި ހުރިހައި ވާހަކައެއް މި ދެއްކީ، މި ތިން ޖުމުލައިގައި ބުނެދިނުމުގެ ފުންކަމުންނެވެ. މިއަދަކީ މިއަދަށް ވާނީ ހަމައެކަނި މިއަދު އެވެ. މާދަމާ، މިއަދަކީ އިއްޔެ އެވެ. މީގެ ގަރުނެއް ފަހުން ދިވެހިންގެ ތާރީހަށެވެ. އަޅުގަނޑުމެން މިއަދު މިއަދު މިދެކޭ މަންޒަރުތަކާއި، ތަޖުރިބާ މިކުރާ ކަންކަމަކީ ލިޔެލާފައި ބަހައްޓައިފިނަމަ މީގެ ގަރުނެއްހައި ދުވަސް ފަހުން ތިބި ބަޔަކަށް ބޭނުމެއް ހިފިދާނޭ އެއްޗަކަށް ވެދާނެ އެވެ. އެހެންވީމާ... ލިޔެވޭތޯ އުޅެމާ ހިނގާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox