ލ. ގަމުން ފޮނަދޫއަށް ދިޔަ އަންހެނަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ

އަންހެން މީހާއަށް ފުރައްސާރަކޮށް ފޯނު ޖަހައިގަންނަން އުޅުނު ފިރިހެން މީހާ: މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.

އަންހެން މީހާއަށް ފުރައްސާރަކޮށް ފޯނު ޖަހައިގަންނަން އުޅުނު ފިރިހެން މީހާ: މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.

ލ. ގަމުން ފޮނަދޫއަށް ސައިކަލުގައި ދިޔަ ދިވެހި އަންހެނަކަށް ދިވެހި ދެ ފިރިހެނަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޖެނުއަރީ 5، ގައި އެ އަންހެން މީހާ ސައިކަލުގައި ދަނިކޮށް ދެ ފިރިހެނުން ވެގެން އެ އަންހެން މީހާއާ ދިމާކޮށް ގަދަކަމުން ފޯނު އަތުލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ދިވެހި ދެ ފިރިހެނަކު ދިމާކޮށް ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް، ހެލްމެޓް ނަގައި ވަލު ތެރެއަށް އެއްލާލާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވޭ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މައްސަލައިގައި ހިމެނޭ އަންހެން މީހާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ދެ ފިރިހެނުން ތަކުރާރުކޮށް އޭނާއަށް ފުރައްސާރަކޮށް ފޯނު ހަލާކުކޮށްލާނެ ކަމަށް ވެސް އިންޒާރު ދިން ކަމަށެވެ.

"އަހަރެންގެ ފޯނު ޖަހައިގަންނަން އުޅުނީ. އެކަން ކާމިޔާބުނުވީމަ ހެލްމެޓް ނަގައި އެއްލާލީ. އަހަރެންގެ އަތަށް ވަރަށް ތަދުވި ފޯނު ޖަހައިގަންނަން އުޅުނު ގަޑީގައި،" އެ އަންހެން މީހާ ބުންޏެވެ.

އެ އަންހެން މީހާ އިތުރަށް ބުނީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، އެ ދެ ފިރިހެނުން ތުހުމަތު ކުރީ އޭނާ އެ މީހުންގެ ސައިކަލުގެ ނަންބަރު ބޯޑު ހަލާކު ކޮށްލުމަށްފަހު ފިލަން އުޅުނު ކަމަށެވެ.

ނަމަވެސް އޭނާ ފޭސްބުކްގައި އާންމުކުރި ވީޑިއޯތަކުން އެ ދެ ފިރިހެނުން ދުއްވި ސައިކަލުގެ ނަންބަރު ބޯޑަށް ގެއްލުމެއް ލިބިފައިވާތަން ނުފެންނައިރު، އެ ދެ ފިރިހެނުންގެ ތެރެއިން އެކަކު އައިސް އެ އަންހެން މީހާގެ ފޯނު ޖަހައިގަންނަން އުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ފޭސްބުކްގައި އެ އަންހެން މީހާ ކެރިގެން އެފަދަ ޕޯސްޓު ޖެހުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރަން ގޮވައިލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox