ވަގު ފޯމު މައްސަލާގައި ފާފަވެރި އެތައް އަމަލެއް ހިމެނޭ؛ ބިރުވެތިވޭ!

ވަގު ފޯމު މައްސަލާގައި ފާފަވެރި އެތައް އަމަލެއް ހިމެނޭ؛ ބިރުވެތިވޭ!

އެތައް ހާސް ދިވެހި ރައްޔިތުންނަށް ނޭނގި އެބައި މީހުންގެ ނަން ނަމުގައި އެކި އެކި ސިޔާސީ ޕާޓީތަކަށް އެ މީހުން ވައްދައި، އެ މީހުންގެ ނަންނަމުގައި ރަސްމީ ފޯމު ހަދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަކީ ވަރަށް އާންމު ކަމަކަށް މި ފަހަކުން އައިސްވެއްޖެ އެވެ. އަދި މިކަމުގައި އިންތިޒާމީ ސިފައެއްގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވެނީ ސިޔާސީ ބޮޑުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައްކަމަށްވެފައި، މިކަމުގައި އާންމު ރައްޔިތުންގެ އެތަކެއް ހައްގުތައް ހިމެނޭކަމަށްޓަކައި މިއަދުގެ ލިޔުން ހާއްސަކުރަން ގަސްދުކުރަނީ، ޕާޓީ ބަދަލުކުރުމަށް މި ހުށަހެޅޭ ވަގު ފޯމުތައް ހެދުމާއި އެފަދަ ފޯމުތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގައި ހުރި ދީނީ ހުކުމްތަކަށް ކަޅިއެއް އެއްލައި ސިކުނޑި ހިންގާލަން މަގެއް ކޮށާލަދިނުމަށެވެ.

މީހަކަށް ނޭނގި އޭނާއަކީ ވަކި ސިޔާސީ ޕާޓީއެއްގެ މީހެއް ކަމަށް ދެއްކުމަށް ހެދޭ ވަގު ފޯމެއްގައި، އެއް ޖަރީމާއަށް ވުރެ ގިނަ ޖަރީމާ ހިމެނެ އެވެ. ކޮންމެ ވަގު ފޯމެއްގައި އެއްފާފައަށް ވުރެ ގިނަ ފާފަ ހިމެނެ އެވެ. ފާފައޭ ބުނުމުން އަދި މިކަމުގައި ހިމެނެނީ ކަނޑައެޅިގެން އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަންވެސްމެ އެވެ.

މީހަކަށް ނޭނގި އޭނާގެ ނަމުގައި ފޯމެއް ހަދާއިރު، އެއީ އޭނާގެ ނަން ބޭނުންކޮށްގެން ކުރެވޭ ވައްކަމެކެވެ. އޭނާއަށް ދެވޭ އަނިޔާއެއްވެސްމެ އެވެ. އެހެނީ އެކަމުގައި އޭނާގެ ހައްގަކަށް އަރައިގަތުން ހިމެނޭތީ އެވެ. އަދި އެކަމުގައި ދޮގާއި މަކަރާއި ހިޔާނާތް ހިމެނެ އެވެ. މި ހުންނަނީ އެންމެ ހަރުކަށިކޮށް އެކަންކަމާ އިސްލާމްދީން ހަނގުރާމަކުރާ ކަންކަމެވެ. ހަމައެހެން މިއިން ކޮންމެ ފޯމެއްގައި ހެކީންގެ ގޮތުގައި ބަޔަކު ސޮއިކުރާކަމަށްޓަކައި ބޮޑެތި ފާފަތަކުގެ ގޮތުގައި ހިމެނޭ ދޮގުހެކިބަސްދިނުންވެސް މީގެ ތެރޭގައި ޝާމިލްވެފައިވެ އެވެ.

ދޮގު ހެކިބަހެއް ދީގެން މެނުވީ ފުރިހަމަ ނުކުރެވޭ ބާވަތުން ހިންގޭ މިބާވަތުގެ ފޯޖަރީގެ އަމަލުތަކަކީ އޭގެ ފާފަވެރިކަމާއި ނުރައްކާތެރިކަން ފަރުދުންނަށް ފަރުދީ ހައިސިއްޔަތުން އޮންނަ މިންވަރަށް މުޖުތަމައުތަކަށް ޖަމާއަތެއްގެ ސިފައިގައިވެސް އެހާމެ ނުރައްކާތެރިކަން ބޮޑު ފާފައިގެ ގޮތުން ނުބައި ކަންކަމެވެ. ޞަޙާބީން ރިވާކުރައްވަ އެވެ. ތިމަންމެން އެއްދުވަހަކު މާތް ނަބިއްޔާގެ އަރިހުގައި ތިއްބަވަނިކޮށް މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. އެންމެ ނުބައިކަން ބޮޑު ފާފަތައް ތިޔަބައިމީހުންނަށް އަންގަވައިދެއްވަންތޯ އެވެ؟ މިގޮތަށް ތިން ފަހަރު ހަދީސްކުރެއްވުމަށް ފަހު ހަދީސްކުރެއްވި އެވެ. ﷲ އަށް ޝަރީކު ކުރުމާއި މައިންބަފައިންނަށް ނުބައިކޮށް ހިތުމާއި ދޮގުހެކިދިނުމެވެ. "ދަންނައެވެ! ދޮގުހެކިދިނުމެވެ. އަދި ދޮގު ބަސްބުނުމެވެ." މާތް ނަބިއްޔާ އެހެން ވިދާޅުވުން ހުއްޓަވާލައްވާނެ ނަމަ ކޮންފަދަހޭ ތިމަންމެން ހިތައިފުމަށް ދާންދެން މިތަންކޮޅު ތަކުރާރުކުރެއްވުމުގައި މާތް ނަބިއްޔާ ދެމިހުންނެވި އެވެ.

އާދޭހެވެ! މީހެއްގެ ނަމުގައި ޕާޓީ ބަދަލުކުރަން ނުވަތަ ޕާޓީއަކަށް ވައްދަން އެމީހަކަށް ނޭނގި ފޯމު ހަދައި އެމީހެއްގެ ސޮއި އޭގައި ކޮށް، އެމީހާގެ ނަމުގައި އެހެން މީހަކު އިނގިލީގެ ނިޝާން ޖަހައި، ދެ މީހަކު ހެކިބަސްދީ އެގޮތުގެ މަތީން ފޯމުތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަމުންދިއުމަކީ އިސްލާމްދީނުގައި ގަދަ އަމުރުން ނަހީކުރައްވާފައިވާ ދޮގު ހެކިދިނުމާއި ދޮގުހެދުމުގެ ތެރޭގައި ހިމެނޭ ފާފަވެރިކަން ބޮޑު ކަންތައްތަކެކެވެ. އަދި އެކަން ކުރަނީ ތަކުރާރުކޮށް ޖަމާއީ ސިފައެއްގައި ނަމަ އެ ފާފަ އިތުރަށް ބޮޑެވެ. އެއީ އޭގައި ފާފަތައް ހިމެނޭ މިންވަރާއި އަނެކުންގެ ހައްގުތަކަށް އަރައިގަންނަ މިންވަރާއި އަނިޔާވެރިކަން ހިމެނޭ މިންވަރު އިތުރުވާ ކަމަށްޓަކައިވެސްމެ އެވެ.

ނިކަން ޙައްޖު ސޫރަތުގެ 30 ވަނަ އާޔަތް ނިންމަވާފައިވާ ޖުމުލައާމެދު އެއްފަހަރަށްވުރެ ގިނަ ފަހަރު ވިސްނާވަޑައިގެން ބައްލަވާށެވެ! "...ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ދިނުމުން ދުރުހެލިވާށެވެ!" ކުރިން ދެންނެވި ހަދީސްވެސް ދޮގުހެކިދިނުން ﷲ އަށް ޝަރީކުކުރުމުގެ ނުބައި ފާފައާ އެއް ލިސްޓްކުރައްވާފައިވެ އެވެ. ޙައްޖު ސޫރަތުގެ 30 ވަނަ އާޔަތުގައި ވެސް އެފަދަ މޭރުމަކުން ޝަރީކުކުރެވޭ ބުދުތައް ނުތާހިރު ތަކެތީގެ ގޮތުގައި ސިފަކުރައްވައި އަދި އެތަކެތިން ދުރުވުމަށް އަންގަވާފައި، ދޮގު ހެކިބަސްދިނުމުން ދުރުހެލިވުމަށް އެންގެވުމުގެ މުރާދަށް ފަރުވާތެރިކަމާއެކު ވިސްނާވަޑައިގަންނަވާށެވެ!

އާދޭހެވެ! ތިޔަ ވިސްނެނީ ރަނގަޅަށެވެ. ސިޔާސީ ޕާޓީތަކަށް ވައްދަން ނުހައްގުން ހެދޭ ވަގުފޯމުތަކަކީ ދޮގު ހެކިދިނުމުގެ މައްޗަށް ހެދޭ ނުތާހިރު ތަކެއްޗެވެ. ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވަނީ އެބާވަތުގެ ކަންކަން ކުރާ މީހުން ސިޔާސީ މައިދާނުން ދުރަށްލުމެވެ. ކްލީން ޕޮލިޓިކްސްއަށް އެދޭނަމަ އެނޫން ހަމަ އެއްވެސް ގޮތެއް ނެތެވެ. ނުތާހިރު މީހުންގެ ނުތާހިރު އަމަލުތަކުން ދައުލަތް ސަލާމަތްކުރުމަށް އަތުރުކުރި އޮޅާލަންޖެހެ އެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "ތިޔަބައިމީހުންގެ ތެރެއިން މުންކަރާތެއް ފެނުނު މީހާ އެކަމެއް އޭނާގެ އަތުން ބަދަލުކުރާށެވެ! އެ ކުޅަދާނަކަން ލިބި ނެތްނަމަ އެމީހެއްގެ ދުލުން އެކަމަށް އިންކާރުކުރާށެވެ. އެކުޅަދަނާކަން ވެސް ނެތްނަމަ ފަހެ އެމީހެއްގެ ހިތުން އެކަމަށް ނުރުހޭށެވެ!" މިހާރު ހިލިގެން މިއުޅޭ އެތައް ހާސް ވަގު ފޯމުތަކެއްގެ މައްސަލައަކީ ބޮޑުވެގެންވާ މުންކަރާތެއްކަމާމެދަކަށް އެއްވެސް ޝައްކެތް ނެތެވެ. އެޔާ ދެކޮޅަށް އަޑުއުފުލާ ބަސްބުނުމަކީ ވާޖިބެކެވެ. އަދި އަޅުގަނޑުމެންގެ ވަލިއްޔުލްއަމުރަށް އަޅުގަނޑު އާދޭހާއެކު ދަންނަވަނީ މިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރުން މިހާރަށް ޒިންމާދާރު މަގާމުތަކުން ދުރުކޮށް އެކެހެރިކުރުމަށެވެ. އިސްލާމީ ވެރިކަމަކީ އެއީ އެވެ.

ޕާޓީ ބަދަލުކުރުމަށް ތައްޔާރުކުރެވޭ ކޮންމެ ވަގު ފޯމެއްގައި އެތައް ބޮޑެތި ފާފަވެރި އަމަލުތައް އެކުލެވިގެންވެ އެވެ. ބިރުވެތިވާށެވެ! އޭގައި މީހެއްގެ ހައްގަކަށް އަރައިގަނެ މީހަކަށް އަނިޔާވެރިވުން ހިމެނިފައިވެ އެވެ. އަދި އެއަނިޔާގެ ތޮބީއަތަކީ މީހަކަށް ނުވެސް އެނގި ވެގަންނަ އަނިޔާވެރި ކަމެއް ކަމަށްވީ ހިނދު، އެ އަނިޔާވެރިކަމުގެ ނުބައިކަމުގެ ބޮޑުކަމާ އެވެ! ވަގުފޯމު ހެދުމާއި އެކަމުގައި ބައިވެރިވުމުގައި ހައްދެއް ނެތި ދޮގުހެދުމާއި އިމެއް ނެތި މަކަރުހެދުމާއި އޮޅުވާލުން ހިމެނިފައިވެއެވެ. ހިޔާނާތްތެރިކަން ހިމެނިފައިވެއެވެ. ހަގީގަތް އެހެން ގޮތަކަށް ދައްކައި އޮޅުވާލުން ހިމެނިފައިވެއެވެ. އެތައް ބަޔަކަށް ގެއްލުން ދެނިވި ގެއްލުންތައް އެކުލެވިފައިވެއެވެ. ބާތިލު ހައްގުތައް އޭގެ ޒަރީއާއިން ބާތިލުގޮތުގައި ނަފީކޮށް ސާބިތުކުރުން ހިމެނިފައިވެއެވެ.

ބިރުވެތިވެ ރައްކާތެރިވާށެވެ! އިސްލާމްދީނުގައި ކޮންމެ ފާފައެއް ވެސް ތައުބާވުމުން އޯގާވަންތަ ރަސްކަލާނގެ އެ ފާފައެއް ފުއްސަވާނެ އެވެ. އެކަމަކު މީސްތަކުންގެ ހައްގުތަކާ ގުޅިފައި ހުންނަ ކަންކަމަކީ އެމީހެއްގެ ތައުބާ ގަބޫލުވެދިއުމާއި ތައުބާ ފުރިހަމަވެދިއުމަށް އަނިޔާލިބުނު މީހާގެ ރުހުން އޮތުމާއި އެމީހާގެ މާފުލިބުން ޝަރުތުވެގެންވާ ކަމެކެވެ. އެތައް ހާސް ބަޔެއްގެ ނަމުގައި ވަގު ފޯމު ހަދައި، އެތައް ހާސް ރައްޔިތުންގެ ހައްގުތަކަށް އެގޮތުގެ މަތީން އަރައިގަތުމަކީ އަނިޔާލިބޭ މީހުންގެ ބަދު ދުއާ ނުޖެހި ނުދާނެ ކަމެކެވެ. އެމީހެއްގެ ސިޔާސީ ހަޔާތުން ބަރަކާތް ކެނޑޭނެ ކަމާމެދަކަށް އަހުރެންގެ ހިތުގައި ޝައްކެތް ނުހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox