ޔޫކްރެއިނަށް ތާއީދުކުރުމުން އިގުތިސޯދަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެ އަމީރުގެ ނުރުހުން ސަރުކާރަށް

ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު: ރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު: ރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ތާއީދުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ރަޝިއާއިން ފިޔަވަޅެއް އަޅައިފިނަމަ އިގުތިސޯދަށް ގެއްލުން ވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ މަސްލަހަތު އޮތީ ކޮންކަންތައްތަކެއްގައިތޯ ރަނގަޅަށް ދަންނަން ވާނެ ކަމަށެވެ. އަދި ރައީސްއަކީ ނާގާބިލު ވެރިޔެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ ރައީސްގެ ނުވިސްނުންތެރި އަމަލުތަކުގެ ސަބަބުން މުޅީ ގައުމަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އަމީރުގެ މި ވާހަކައަށް ބާރުދެއްވީ ކުރިން ރައީސް ދެއްކެވި ބައެއް ވާހަކަތަކާއި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް ދެއްކިި ވާހަކަތަކުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން މިސާލު ނަންގަވަމުންނެވެ.

އެއް މިސާލެއްގެ ގޮތުގައި އަމީރު ނެންގެވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ބޭރުގެ ގައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގައި، ތުރުކީއަށް ވަޑައިގެން އިސްލާމި އުއްމަތުގެ ވެރިޔަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނަކީ އިސްލާމީ އުއްމަތުގެ އިސް ލީޑަރު ކަމަށް ވިދާޅުވުމެވެ. ރައީސް މިހެން ވިދާޅުވެ ސައުދީ އަރަބިއާއާ ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން މިސާލެއްގެ ގޮތުގައި ނެންގެވީ ޔޫތު މިނިސްޓްރީގެ އޭރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބޭއަދަބީ ބަހުން މުހާތަބުކޮށް، ފުރައްސާރަކުރި މައްސަލަ އެވެ. މިކަމާ ގުޅިގެން އިންޑިއާގެ ޓޫރިސްޓު މާކެޓަށް އަސަރުކޮށް ޓޫރިޒަމް ސިނާއަތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަމީރު ވިދާޅުވީ ޔޫކްރެއިނަށް ތާއީދުކުރާ ކަމަށް ރައީސް ވިދާޅުވުމުން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނުވިސްނޭ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ޓޫރިޒަމް މާކެޓަށް އަސަރުކުރާނެ ކަން ފާހަގަކުރައްވައި، ރަޝިއާ މާކެޓަކީ ރާއްޖެއަށް މުހިންމު ޓޫރިސްޓު މާކެޓެއް ކަން މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދުތަކާ އެކީ އޭނާ ވިދާޅުވި އެވެ.

“މި ދިޔަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިން. 225،000 ފަތުރުވެރިން. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ރަޝިޔާގެ 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި.” އަމީރު ލިޔުއްވާފައިވެ އެވެ.

ޔޫކްރެއިނަށް ތާއީދުކުރަން ނުޖެހޭ އަނެއް ސަަބަބެއް ކަމަށް އަމީރު ފާހަގަކުރެއްވީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދައިގައި ޔޫކްރެއިނުގެ ތާއީދު އިޒްރޭލަށް އޮތް މައްސަލަ އެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު ރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޔޫކްރެއިނަށް ތާއީދު ކުރާ ކަމަށް ރައީސް ވިދާޅުވި މައްސަލައިގައި އާންމުންނާއި ސިޔާސީ މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ވަކި ކޮޅެއް ނުނަގާ ސިޔާސަތު ބަދަލުނުވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox