ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަނުން ފުލުހަށް ހުށަހަޅައިފި

މާލޭގެ މަގެއްގެ މަތިން ސްކޫލް ދަރިވަރެއް ހިނގާފައި ދަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލޭގެ މަގެއްގެ މަތިން ސްކޫލް ދަރިވަރެއް ހިނގާފައި ދަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލޭ ސަރަހައްދުގައި ހިންގަމުންދާ ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުންދިޔަ ނުކުޅެދުންތެރިކަން ހުރި ދަރިވަރަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ އެޑިއުކޭޝަނުން ބެލުމުގެ ބަދަލުގައި ފުލުހަށް ހުށަހެޅީ މައްސަލައިގެ ބާވަތުން ކަމަށެވެ.

"މައްސަލަ ހުށަހަޅާފައި އޮންނާނީ މިނިސްޓްރީގެ ސީދާ ނިޒާމުގެ ތެރެއިން، ދެން އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަ ވެސް ޖެހޭ، އެއީ ސްކޫލުގެ ފަރާތުން ޕްރޮމްޓްކޮށް އަޅުގަނޑުމެންނާ ހަމައަށް އައުން [ސިއްރު ނުކޮށް]، އައީމާ އަޅުގަނޑު އޭގެ މައުލޫމާތަށް ބަލާފައި އަޅުގަނޑަށް ގަބޫލު ކުރެވުނީ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއްކޮށް ގައިގައި ޖަހާފައި ވާތީވެ އެ ކަންތައްތަކަށް ބެލީމާ މިއީ ހަމަ ޕޮލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހޭނެ ކަމެއް ވީމާ ޕޮލިހަށް ހުށަހެޅީ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އެ މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ ސީދާ އެއީ ކޮން ސްކޫލެއްގެ ދަރިވަރެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އަނިޔާ ލިބުނު ދަރިވަރަކީ ޕްރައިމަރީ ގްރޭޑުގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެޑިއުކޭޝަނުން އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox