ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން އެއްބަސްވެއްޖެ

އިޒްރޭލުގެ ގަތުލުއާންމާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން : ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސް އިން ވި އެއްބަސްވުން މިރޭ އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނޭ --- ފޮޓޯ: އަދަދު

އިޒްރޭލުގެ ގަތުލުއާންމާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން : ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސް އިން ވި އެއްބަސްވުން މިރޭ އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނޭ --- ފޮޓޯ: އަދަދު

އިޒްރޭލުން ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓާލުމަކަށް ގެނެސް، ހަމަލާތައް މެދުކަނޑާލުމަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިޒްރޭލުގެ އަދި ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުން މިރޭ އިއުލާނުކުރާ އެއްބަސްވުމަކީ ގަތަރު އިން މެދުވެރިވެގެން އެތައް މަސްދުވަހަކަށް ދިގުދެމިގެންދިޔަ މަޝްވަރާތަކުގެ ނަތީޖާ އެވެ. އެއްބަސްވުމަކަށް އާދެވިފައިވާކަން އިޒްރޭލުގެ ޗެނަލް 12 ނިއުސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެއްބަސްވުމުގެ ތަފުސީލުތައް މިހާތަނަށް އާންމުވެފައިނުވި ނަމަވެސް އަލް ގުދުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ އެވެ.

އަލްޖަޒީރާ މެދުވެރިކޮށް ހަމާސް އިންވެސް ވަނީ ގަތަރު މެދުވެރިވެގެން އެކުލަވާލާފައިވާ އެއްބަސްވުމަށް އެ ޖަމާއަތުން ރުހޭކަން އިއުލާނުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މި އެއްބަސްވުމުގެ ދަށުން ގާޒާއަށް ވެރިވަގެނެފައިވާ އިޒްރޭލުގެ ސިފައިންގެ ފައުޖުތަކުން އެ ބިންތައް ދޫކޮށް ފައިބާނެ އެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ އިޒްރޭލުގެ ރައްޔިތުންތައް ދޫކޮށްލެވޭނެ އެވެ. ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންތަކެއްވެސް ދޫކޮށްލެވޭނެ އެވެ.

މީގެކުރިންވެސް މިފަދަ އެތައް އެއްބަސްވުންތަކެއް އެކުލަވާލި ނަމަވެސް އިޒްރޭލުން ވަނީ އެ ހުރިހާ އެއްބަސްވުމަކާ ހިލާފުވެފަ އެވެ.

ފަލަސްތީނުގެ ބިންތަކަށް މީގެ 75 އަހަރަށްވުރެ ގިނަ ދުވަސްކުރި އިޒްރޭލުން އަރައި ހިންގަމުންދާ ޖެނޮސައިޑުގެ ބާރު ގަދަވީ އޮކްޓޯބަރު 2023، ގަ އެވެ. އެގޮތުން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއެއްގެ ބަދަލުގައި ކަމަށް ބުނެ މިއަދާ ހަމައަށް އިޒްރޭލުން ވަނީ ގާޒާއަށް ވައިގެ މަގުންނާއި ބިމުގެ މަގުން އެތައް ހަމަލާއެއް ދީފަ އެވެ.

މި ހަމަލާތަކުގައި މަރުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 200،000 އާ ގާތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ގާޒާގެ ގިނަ އިމާރާތްތަކާއި އިންފްރާސްޓަކްޗާ މިހާރު ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ސުންނާފަތިވެފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އިޒްރޭލުން ވަނީ އެކި ހަމަލާތަކުގައި ގާޒާއިން 62 މީހަކު މަރާލާފަ އެވެ.

އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް މުޅި ދުނިޔޭގައި ބޮޑެތި މުޒާހަރާތަކެއް ކޮށް އެއްވުންތަކެއް ވަނީ ބާއްވާފަ އެވެ. ރާއްޖޭގައިވެސް އެފަދަ އެއްވުންތަކެއް ބޭއްވި އެވެ. އަދި އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރަން ގޮވާލި އެވެ. މިހާތަނަށް ސަރުކާރަށް އެކަން ކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox