އެމްޑީޕީން އިޒްރޭލަށް ތާއީދެއް ނުކުރާނެ، އަބަދުވެސް ތިބޭނީ ފަލަސްތީނާއެކު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީން ދެމިއޮންނާނީ ފަލަސްތީނާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމްޑީޕީން ދެމިއޮންނާނީ ފަލަސްތީނާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

އިދިކޮޅު އެމްޑީޕީން އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށާއި އަބަދުވެސް ދެމިތިބޭނީ ފަލަސްތީނާއެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އިޒްރޭލު ސަރުކާރުގެ ލާއިންސާނީ މަންޒަރުތައް ޓީވީތަކުން ފެންނަމުން ދާއިރު އެ ގައުމަށް އެމްޑީޕީ ހިމެނޭ ގޮތަށް އެއްވެސް ބަޔަކު ތާއީދު ނުކުރާނެ ކަމަށާއި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ މިނިވަންކަމަށް ވަކާލާތުކުރާ ފަލަސްތީނާއެކު ކަމަށެވެ. 

"ކާކުތޯ އިޒްރޭލަށް ތާއީދުކުރާނީ. އަޅުގަނޑުމެންގެ ޓީވީތަކުން އެ ފެންނަމުންދާ މަންޒަރުތައް. އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަމަލުތައް ކާކުތޯ ހަނދާން ނެތޭނީ. ކާކުތޯ އިޒްރޭލަށް ތާއީދުކުރާނީ. އެމްޑީޕީއެއް ނުކުރާނެ. އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަން ކަމަށްޓަކައި ތާއަބަދު މަސައްކަތް ކުރަމުންދާ ފަލަސްތީން ރައްޔިތުންނާ އެކީގައި،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު އެމްޑީޕީއަށް ނިސްބަތްކޮށް އެ ޕާޓީއަކީ ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީ ރާއްޖެގައި ތަންފީޒުކޮށް އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތް ޕާޓީއެއް ކަމަށް ވިދާޅުވުމުންނެވެ. 

"މީގެކުރީގައި، އެމްޑީޕީގެ ވެރިކަން މިތާ ހިނގި ކޮންމެ ފަހަރަކު އޮތީ އޭގެ ދިމާ އިދިކޮޅު. މިއީ ހަގީގަތް ފެންނާނަން އޮތް. ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީއެއް މިތާ ތަންފީޒުކުރީ. އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތީ،" މުއިއްޒު، ޖުލައި 26 ގެ ޖަލްސާގައި ވިދާޅުވި އެވެ. 

މުއިއްޒަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް އެހީތެރިވާ ގަލްފުގެ ގައުމުތަކަށް ބޮންއަޅައި ހަލާކުކޮށްލަން ގޮވާލެއްވީ ރައީސް މުއިއްޒު ކަމަށެވެ.

އެގޮތުން، އިރާނާ ހަނގުރާމަ ފެށުނު ދުވަސްވަރު، ސައޫދީ ޢަރަބިއްޔާ، ގަތަރު، ބަހުރައިން، ކުވެއިތު އަދި ޔޫއޭއީ ފަދަ ގަލްފުގެ ގައުމުތަކަށް ބޮން އަޅައި ހަލާކުކޮށްލަން މުއިއްޒު ގޮވާލެއްވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"މުއިއްޒު ވިދާޅުވެއްޖެ، މި އަހަރު މާޗް މަހު އިރާނަށް އިޝާރާތްކޮށް، ވިދާޅުވެއްޖެ ރަނގަޅަށް ބޮން އަޅާށޭ.  ރަނގަޅަށް ހަލާކުވަންދެން ބޮން އަޅާށޭ. އަޅަން މި ވިދާޅުވަނީ ކޮންތަނަކަށްތޯ. އަޅުގަނޑުމެންގެ އެކުވެރި އިސްލާމް ގައުމުތަކަށް. ސައުދީ އަށް، ގަތަރަށް، ބަހުރެއިންނަށް ކުވެއިތައް، ޔޫއޭއީއަށް، ގަލްފުގެ ގައުމުތަކަށް،"

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ސައުދީގެ އިތުރުން ގަލްފްގެ ގައުމުތަކުން އެހީތެރިވެދޭ މިންވަރަށް އެހެން ބަޔަކު ވަރަށް މަދުން ނޫނީ ނުވާ ކަމަށާއި އެ ގައުމުތަކަށް ބޮން އަޅަން ގޮވާލުމުން ލިބޭނީ ހައްތަހާ ގެއްލުން ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެހީތެރިކަން ވެދޭ އަރަބި ގައުމުތަކަށް ބޮންއަޅަން ގޮވާލުމަކީ ރާއްޖެއަށް ގެއްލުން ނޫން އެއްޗެއް ލިބޭނެ ކަމެއް ނޫނެވެ.

ހަރުގެ ޖަލްސާގައި ނަޝީދު އިތުރަށް ވިދާޅުވީ ދިވެހި ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމްގައި އަރަބި ގައުމުތަކަށް ބޮން އަޅަން މުއިއްޒު ބާރު އެޅުއްވުމުގެ ސަބަބުން އޭގެ ގެއްލުން ދިވެހި ރައްޔިތުންނަށާއި މުޅި ގައުމަށް ލިބުނު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox