މާޒިޔާ ކުރިއަށްދަނީ ވިޔަފާރި މޮޑެލް އަށް ހިންގާތީ

މާޒިޔާގެ ޗެއާމަން ސާޖިދު.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މާޒިޔާގެ ޗެއާމަން ސާޖިދު.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރިއަށްދަނީ އެ ކްލަބް ހިންގަނީ ވިޔަފާރި މޮޑެލްއެއްގެ ތެރެއިން ކަމަށްވާތީ ކަމަށް އެ ކްލަބްގެ ޗެއާމަން، އަހުމަދު ސާޖިދު ވިދާޅުވެއްޖެ އެވެ.

އާ ސީޒަނަށް މާޒިޔާ އިން ގެނައި ކޯޗު ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ހަމަޖައްސަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސާޖިދު ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު ހަމައެކަނި ރަނގަޅަށް ހިންގާ ކްލަބަކަށް މާޒިޔާ އޮތުމަކީ ވިސްނުންތެރިކަމާ އެކު ކުރާ މަސައްކަތްތަކެއްގެ ސަބަބުން ފެންނަަން އޮތް ހަގީގަތެއް ކަމަށެވެ.

މާޒިޔާ އަކީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިިވިޝަނުގައި ވާދަކުރަން ފެށި ފަހުން، މި ޑިވިޝަނުގައި އެންމެ އޮގަނައިޒްކޮށް، ބަރާބަރަށް މުސާރަ ދީގެން ހިންގާ ހަމައެކަނި ކްލަބް އެވެ. ފަހަކަށް އައިސް އަހަރުން އަހަރަށް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މާޒިޔާއާ ގުޅެނީ އެ ކްލަބުން ބަރާބަރަށް ކަންތައްތައް ފުރިހަމަކޮށްދޭތީ އެވެ.

މާޒިޔާ ބޮލުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާ ގުޅޭ ބޮޑު ޒިންމާއެއް ވެސް އެޅިފައި އޮތީ، އެހެން ކްލަބްތަކުން ނުކުމެ އެ ޒިންމާ އެ އަދާކުރަން ޖެހޭ ގޮތަށް ކަންކަން ފުރިހަމަ ނުކުރާތީތޯ ސުވާލު ކުރުމުން ސާޖިދު ވިދާޅުވީ، "އެހެން ކްލަބްތަކުން ވެސް ނުކުމެ މި ޒިންމާގެ ބައެއް ނަގައިފިއްޔާ މާޒިޔާ އަށް ވެސް (ފުޓްބޯޅައިގެ) އިތުރު ކަންތައްތައް ކުރަން ފުރުސަތު ލިބޭނެ،" ކަމަށެވެ.

"ކްލަބެއް ނެތިއްޔާ މާޒިޔާ އަކަށް ނޫންތޯ ޒިންމާ ބޮޑުވާނީ، މާޒިޔާ ވެސް ބޭނުންވަނީ ގިނަ ކްލަބްތައް އައިސް މޮޅެތި ކުޅުންތެރިންތަކެއް އެ ކްލަބްތަކަށް ވެސް ކުޅެ، ދެން، އަސްލު މި ވާ ގޮތަކީ، މާޒިޔާ އަށް ކުޅުންތެރިން އަންނަން ބޭނުންވަންޏާ މާޒިޔާ އިން ވެސް ބޭނުންވާނެ މޮޅެތި ކުޅުންތެރިން، އެކަމު، ކޮމްޕެޓިޓިވް ކްލަބްތަކެއް އޮތިއްޔަކާ މާޒިޔާ އަށް ވެސް އަންނަ ކުޅުންތެރިން މަދުވާނެ އެހެން ކްލަބްތަކަށްދާ ކުޅުންތެރިން ވެސް މަދުވާނެ. ޕްރޮފެޝަނަލްކޮށް މި ކަން ބެލެހެއްޓެންޏާ އެހެން ކްލަބްތަކަށް ވެސް ދާނެ ކުޅުންތެރިން،" އަހުމަދު ވިދާޅުވި އެވެ.

ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މާޒިޔާގެ ޗެއާމަންކަން ކުރައްވަމުން އަންނަ ސާޖިދު ވިދާޅުވީ އެ ކްލަބް ރަނގަޅަށް ހިންގުމުގައި އެންމެ ބޮޑު އެއް ސަބަބަކީ ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ޕްރޮފެޝަނަލްކޮށް ކަންކަން ކުރިއަށްގެންދިއުމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

"މީގެ އަސްލު މާޒިޔާ އަކީ ހަމައެކަނި ކްލަބެއް ނޫން. މާޒިޔާ އިން ވަރަށް ބައިވަރު ކަންތައްތަކެއް ކުރާ ކުންފުނިތަކާއި އެބަހުރި، މި ހުރިހާ ކުންފުންޏަކުން ލިބޭ އާމްދަނީ އާއި ހުރިހާ އެއްޗެއްގެ ތެރެއިން ބައެއް މީގެ ތެރެއަށް އިންވެސްޓްކޮށްގެން މި ހުރިހާ ކަމެއް މި ފުރިހަަމަވަނީ، އަސްލު ހަމަ ކްލަބެއްގެ ގޮތުގައި (ހަމައެކަނި ކްލަބެއްގެ ގޮތުގައި) އޮވެގެނެއް ނޫން މިކަން ވަނީ،" ސާޖިދު ވިދާޅުވި އެވެ.

މާޒިޔާ އިން އާ ކޯޗެއް ގެނައީ އެ ޓީމަށް ކުރިން ގެނައި ކޯޗު ސާބިއާގެ ޑްރަގަން ޑުކަނޯވިޗްގެ އެއްބަސްވުން ހަމަވުމުން ދޫކޮށްލައިފަަ އެވެ. މީގެ ފަސް މަސް ކުރިން ޑްރަގަން، މާޒިޔާ ކޯޗަކަށް ގެނައީ، ނޮވެމްބަރުގައި ކުޅުނު، އޭއެފްސީ ޗެލެންްޖް ލީގާ ދިމާކޮށެވެ.

ޖެނުއަރީ މަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް ފުރަތަމަ ޓެންޓޭޓިވް ކަލަންޑަރެއް އާންމުވުމުން، މާޒިޔާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ ޑްރަގަންއާ އެކު އެވެ. އެކަމަކު، ސީޒަން ފަށާނެ ތާރީހެއް ކަށަވަރުނުވާތީ ޕްރެކްޓިސް މެދުކެނޑާލުމުން، ޑްރަގަން ވެސް އެނބުރި ގައުމަށް ޗުއްޓީ އަކަށް ގޮސް، ފަހުން އެއްބަސްވުން ހަމަވުމުން ޓީމާ ވަކިވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox