ފުރަތަމަ ބުރުގައި ފްލެޓް ލިބޭނެ ކަމަށް ނިންމި 4،000 ފޯމު ފިޔަވައި އިތުރު ފޯމުތައް ވެރިފައި ނުކުރާނެ

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފުރަތަމަ ބުރުގައި ފްލެޓް ލިބޭނެ ކަމަށް ނިންމި 4،000 ފޯމު ފިޔަވައި އިތުރު ފޯމުތައް ވެރިފައި ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފުރަތަމަ ބުރުގައި ފްލެޓް ލިބޭނެ ކަމަށް ނިންމި 4،000 ފޯމު ފިޔަވައި އިތުރު ފޯމުތައް ވެރިފައި ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ވެރިފައި ކުރަނީ ހަމައެކަނި އެ ސްކީމްގެ ދަށުން ދޫކުރި 4،000 ފޯމު އެކަނި ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމެއް ވެރިފައި ކުރުމުގެ ބަދަލުގައި ހަމައެކަނި ވެރިފައި ކުރާނީ ފްލެޓު ލިބުނު 4،000 މީހުންގެ ފޯމުތައް އެކަނި ކަމަށެވެ.

"މިއީ ފޯމުލީ ފަރާތްތަކުގެ ރީއިވެލުއޭޝަނެއް ނޫން. އަޅުގަނޑުމެން 20،000 ފޯމު އަލުން ރީއިވެލުއޭޓެއް ނުކުރާނަން. މިއީ ފްލެޓް ލިބޭނެ ކަމަށް ނޮވެމްބަރު 15، 2023 ގައި ކުރެވުނު ލިސްޓުގައިވާ 4،000 ފަރާތްތައް ވެރިފައި ކުރުމަށް ކުރެވޭ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އެ ވެރިފިކޭޝަން ޕްރޮސެސް އަންނަ ރޯދަ މަހުގެ ކުރިން ނިންމައި ގެޒެޓް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށައި ލިސްޓު ގެޒެޓް ކުރެވޭއިރު ހޮވުނު ގޮތާއި ނުހޮވޭ ނަމަ ނުހޮވުނު ގޮތް ވެސް ތަފްސީލާ އެކު ހިމަނާނެ ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި އުސޫލާ ހިލާފަށް ފްލެޓް ލިބިފައިވާނަމަ، އެ މީހެއް ލިސްޓުން އުނި ކުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިގޮތުން މުއްތަލިބު ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ފްލެޓް ލިބުނު އެންމެންގެ ފޯމުތައް ވެރިފައި ކުރުމަށްފަހު ވީހާ ވެސް އަވަހަށް ފްލެޓް ލިބޭ އެންމެންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން ކަމަށެވެ.

ޝަރުތު ހަމަނުވެގެން 4،000 ފްލެޓުގެ ތެރެއިން ބާކީވާ ފްލެޓްތަކާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ވެރިފިކޭޝަން ޕްރޮސެސް ނިންމުމަށް ފަހު ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަލުން މިދެންނެވި ކަނޑައެޅިފައި އޮތް އުސޫލެއް އާންމުންނަށް އެ މައުލޫމާތު ދެވިގެން އަޅުގަނޑުމެންނަށް އެބަ އެނގޭ އެއްވެސް ފަރާތެއް މީގެ ތެރެއިން ބޭރުވާނެތޯ ނޫންތޯ. އެނގުނީމަ ދެން އަޅުގަނޑުމެންނަށް އެނގޭނީ އެ ބާކީވާ ފްލެޓްތަކާ މެދު އަމަލުކުރާނެ ގޮތެއް. މިވަގުތު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ 4،000 ފްލެޓް ވެރިފައި ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ފްލެޓު ދޫކުރާ އުސޫލާއި ގެދޮރުވެރިޔާ ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ފޯމުގައި ހުށަހަޅަން ބުނެފައިވާ ލިޔުންތައް ފިޔަވައި އިތުރު ލިޔުމެއް ހުށަހަޅާފައިވާ ނަމަ ފޯމު ވެރިފައި ކުރާއިރު އެ ލިޔުމަށް ނުބަލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox