ހަަމައެކަނި މާޒިޔާ އަކަށް ނޫން، ރާއްޖެ އަށް ވެސް އެހީވާން ބޭނުން: ލުއިސްމާ

Jan 14, 2025, 2:11 PM
މާޒިޔާއާ ހަވާލުވި ކޯޗު ލުއިސްމާ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

މާޒިޔާއާ ހަވާލުވި ކޯޗު ލުއިސްމާ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗުކަމާ ހަވާލުވެ ކުރަން ބޭނުންވާ މަސައްކަތުގެ ތެރެއިން، މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް އެހީވާން ބޭނުންވާ ކަމަށް މާޒިޔާގެ ކޯޗުކަމާ ހަވާލުވި، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

މީގެ ފަސް މަސް ކުރިން މާޒިޔާ އިން ގެނައި، ސާބިއާގެ ކޯޗު ޑްރަގަން ޑުކަނޯވިޗްގެ އެގްރީމެންޓް ހަމަވުމުން މާޒިޔާ އިން ލުއިސްމާ ކޯޗަކަށް ހަމަޖެއްސީ މިއަދު އެވެ.

މާޒިޔާގެ ކޯޗެއްގެ ގޮތުގައި ތައާރަފްވެ، މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން، ލުއިސްމާ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުގެ މައުލޫމާތު އޭނާ އަށް މާޒިޔާ އިން ދީފައިވާ ކަމަށާއި ޒިންމާއާ ހަވާލުވީ، ޗެލެންޖެއްކަން އެނގިހުރެ ކަމަށެވެ.

"މި ވޭތުވެދިޔަތަނުގައި ހިނގާފައި ހުރި ކަމުގެ މައުލޫމާތު އަހަންނަށް އެބަހުރި ލިބިފައި، ހާލަތު ބަދަލުކުރަން އަހަރެންގެ މަސައްކަތް ކޮށްދޭން އަހަރެން ތައްޔާރު، މިއީ ހަމައެކަނި މާޒިޔާ އަށް ކޮށްދޭ ކަމެއް ވެސް ނޫން، ރާއްޖެ އަށް (ފުޓްބޯޅަ އަށް) ވެސް ކޮށްދޭ ކަމެއް،" އޭޝިއާގެ ތިން ގައުމެއްގައި ކޯޗިންގެ މަސައްކަތް ކުރި ލުއިސްމާ ބުންޏެވެ.

މިދިޔަ އަހަރު ލިތުއޭނިއާގައި މަސައްކަތްކުރި ލުއިސްމާ ވަނީ ދެކުނު ކޮރެއާގައި ތިން އަހަރު، ކުވެއިތާއި އުޒްބެކިސްތާނުންގެ ކުރެ ކޮންމެ ގައުމެއްގައި ދެ އަހަރު ކޯޗިންގެ މަސައްކަތްކޮށްފަ އެވެ. އެ ގައުމުތަކުގައި ވެސް ކުރަން ލިބުނު މަސައްކަތުގައި އޭނާ އަށް އޮތް ހިތްހަމަޖެހުމަކީ، ތަފާތު މާހައުލެއްގައި ފުޓްބޯޅަ ރަނގަޅުކުރަން ކުރެވުނު މަސައްކަތް ކަމަށް ލުއިސްމާ ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އެކެޑަމީގައި ޓެކްނިކަލް މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ވެސް ހާސިލްކޮށްފައިވާ ލުއިސްމާ ބުނީ، ބޭނުންވަނީ ވަކި ހިސާބެއްގެ އެ އޮތް ސިސްޓަމެއް ގެނައުން ނޫން ކަމަށާއި އެ ގައުމަކަށް އެންމެ ރަނގަޅު ގޮތަކަށް ކުރިއަށް ދިއުން ކަމަށެވެ.

"ތެދެއް، އަހަރެންގެ ވިސްނުމަކީ ސްޕެނިޝް ފުޓްބޯޅަ، އެކަމަކު، އަހަރެން ވިސްނާނީ ސްޕެނިޝް ފުޓްބޯޅައިގެ އެ ވިސްނުންތަކުގެ ތެރެއިން ވެސް ރާއްޖެ އަށް މީގެ އެންމެ ރަނގަޅީ ކޮން ގޮތެއްތޯ، މީީގެ އެންމެ ރަނގަޅު ވިސްނުމެއް، އެންމެ ފައިދާ ކުރާނެ ގޮތަކަށް ކުރިއަށްދާނީ،" ލުއިސްމާ ބުންޏެވެ.

ލުއިސްމާ ހެނާންޑޭޒް: މާޒިޔާގެ ކޯޗުކަމާ ހަވާލުވެ ޖޯޒީ ދައްކާލަނީ.--- ފޮޓޯ: އަހުނަފް މުހައްމަދު / އަދަދު ސްޕޯޓްސް

ފުޓްބޯޅައިގެ މަސައްކަތް ކުރަން އޭނާ ދިޔަ ކޮންމެ ގައުމެއްގައި ވެސް ކޮންމެ ބަޔަކު ވެސް ބޭނުންވަނީ އާ ކަންތައްތަކެއް ކުރުމަށް ކަމަށާއި އެ ކަންކަން ކުރުމުގައި އެންމެ މުހިންމު ކަމަކީ ރަނގަޅު ކަންކަން ކުރަން ފައިސާ ހޯދައި ރަނގަޅު އިންވެސްޓްތައް ކުރުން ކަމަށް ލުއިސްމާ ބުނެފައިވެ އެވެ.

"މިއީ ޗެލެންޖެއް، މީގެ އިރުކޮޅެއް ކުރިން އަހަރެން ދިޔައިން އަހަރެމެން ޕްރެކްޓިސްކުރަން އޮތް ޕިޗަށް. އެތަނުގެ ޕިޗް ވެސް އެބަ ބަދަލުކުރަން ޖެހޭ ވީ އެންމެ އަވަހަށް، މި ކަންކަން އަހަންނަށް އެނގިފައި އޮތީ އައިއިރު ވެސް، މީގެ އަހަރެެމެން އެންމެ ގުޅިގެން މަސައްކަތްކުރަން ޖެހޭ، މިއީ ހަމައެކަނި އަހަރެމެންގެ ކްލަބުންނެއް ނޫން، ފެޑެރޭޝަނުން ދެން މުޅި ގައުމުގެ އެންމެން ގުޅިގެން ކުރަން ޖެހޭ ކަމެއް. އެންމެ ފުރަތަމަ އަހަރެމެން ގަބޫލުކުރަންވީ ކަންކަން ބަދަލުކުރެވޭނެކަން،" ލުއިސްމާ ބުންޏެވެ.

އޭނާ އަކީ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އަށް އިރުޝާދުދޭނެ ބިދޭސީ ހަތް ވަނަ ކޯޗެވެ. މާޒިޔާ އަށް ކޯޗުކޮށްދިން ބިދޭސީ ކޯޗުންނަކީ، މި ސީޒަނުގައި ކުރިން ހުރި، ސާބިއާގެ ޑްރަގަންގެ އިތުރުން، މީގެ ކުރިން ހުރި، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ މިއޮޑްރަގް ޖެސިކް އާއި ރިސްޓޯ ވިޑަކޮވިޗްގެ އިތުރުން މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ބަލްގޭރިއާގެ އިވާން ކޮލޭވް އާއި ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) އެވެ.

މާޒިޔާ އަށް އައި ހުރިހާ ކޯޗަކަށް ދިމާވި ޗެލެންޖަކީ ރާއްޖޭގައި ވަރުގަދަ ލީގެއް ނެތުމުން، އޭއެފްސީ ލެވަލްގައި ގޮސް ނަތީޖާ ނުނެރެވުމެވެ. ލުއިސްމާ ބުނީ، މި އަހަރުގެ ސީޒަނުގެ ކަންކަން ޖެނުއަރީ މަހު ފަށައިގެން، އޮކްޓޫބަރާ ހަމައަށްދާއިރު، 10 ވަރަަކަށް މަހުގެ ތައްޔާރީތައް ލިބޭނެ ކަމަށާއި އުންމީދަކީ ހާލަތު ރަނގަޅުކުރެވޭ ވަރަށް ޓީމު ރަނގަޅު ލެވަލެއްގައި އޮންނާނެ ކަމަށެވެ.

އެ ގޮތުން، އެންމެ ފުރަތަމަ ފޯކަސް އަކީ، އަންނަ މަހު ފަށާ ޕްރެޒިޑެންޓްސް ކަޕަށް ޓީމު އެންމެ ވަރުގަދަ އަށް ތައްޔާރުކުރުން ކަމަށެވެ. އަދި މާޒިޔާގައި ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނޭތީވެ، ގައުމީ ޓީމުގެ ކޯޗާ ވެސް ވަރަށް އަވަހަށް ބައްދަލުކޮށްލައި، މަޝްވަރާތަކެއް ކުރަން ބޭނުންވާ ކަމަށް ލުއިސްމާ ވަނީ ބުނެފަ އެވެެ.

ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް އެފްއޭއެމް އިން އިއުލާނުކޮށްފައިވާ ކަލަންޑަރުގައިވަނީ، އަންނަ މަހު 14 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox