މާޒިޔާގެ ކޯޗަކަށް ސްޕެއިނުގެ ތަޖުރިބާކާރު ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފި

Jan 14, 2025, 12:03 PM
މާޒިޔާގެ ކޯޗަކަށް ސްޕެއިނުގެ ތަޖުރިބާކާރު ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފި

ރާއްޖޭގެ ޗެމްޕިއަންކަން މިދިޔަ ހަތަރު އަހަރު ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް ސްޕެއިނުގެ ތަޖުރިބާކާރު ލުއިސްމާ ހެނާންޑޭޒް ވަނީ ހަަމަޖައްސައިފި އެވެ.

މާޒިޔާ އިން އާ ކޯޗެއް ގެނައީ އެ ޓީމަށް ކުރިން ގެނައި ކޯޗު ސާބިއާގެ ޑްރަގަން ޑުކަނޯވިޗްގެ އެއްބަސްވުން ހަމަވުމުން ދޫކޮށްލައިފަަ އެވެ. މީގެ ފަސް މަސް ކުރިން ޑްރަގަން، މާޒިޔާ ކޯޗަކަށް ގެނައީ، ނޮވެމްބަރުގައި ކުޅުނު، އޭއެފްސީ ޗެލެންްޖް ލީގާ ދިމާކޮށެވެ.

ޖެނުއަރީ މަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް ފުރަތަމަ ޓެންޓޭޓިވް ކަލަންޑަރެއް އާންމުވުމުން، މާޒިޔާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފެށީ ޑްރަގަންއާ އެކު އެވެ. އެކަމަކު، ސީޒަން ފަށާނެ ތާރީހެއް ކަށަވަރުނުވާތީ ޕްރެކްޓިސް މެދުކެނޑާލުމުން، ޑްރަގަން ވެސް އެނބުރި ގައުމަށް ޗުއްޓީ އަކަށް ގޮސް، ފަހުން އެއްބަސްވުން ހަމަވުމުން ޓީމާ ވަކިވީ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި އިވެންޓެއްގައި، މާޒިޔާގެ ކޯޗަކަށް، ހެނާންޑޭޒް، 52، ހަމަޖެއްސީ ކުރިއަށް އޮތް ސީޒަނަށެވެ. އެފްއޭއެމް އިން ކްލަބްތަކަށް ހިއްސާކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން، އަންނަ މަހުގެ 14 ގައި ސީޒަން ފަށާނެ އެވެ.

ހެނާންޑޭޒް ބުނީ، މާޒިޔާގެ ހުށަހެޅުން ގަބޫލުކުރީ ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ރަނގަޅަށް އޮޅުންފިލުވައިފައިވާނެ ކަމަށާއި މަސައްކަތްކުރާނީ މާޒިޔާގެ އިތުުރުން މުޅި ދިވެހި ފުޓްބޯޅައިގެ ހައްގުގައި ކަމަށެވެ.

"އަހަންނަށް އެނގޭ (ރާއްޖޭގެ) ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިބީ މާޒިޔާގައި ކަން. އަހަރެން ވަރަށް ބޮޑު ޒިންމާ އަކާ މި ހަވާލުވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ ޓީމެއްގެ ޗެލެންޖު ނަގައި، އެ ކުޅުންތެރިން އިމްޕްރޫވްްކޮށް، އަހަރެން އަބަދުވެސް ޝައުގުވެރިވާ އެއް ކަންތައް އެއީ ޒުވާން ކުޅުންތެރިންނާ އެކު މަސައްކަތް ކުރުން، އެކަން ވެސް ކުރެވޭނެ ކަމަށް މި ބަލަނީ،" ހެނާންޑޭސް ބުންޏެވެ.

ސްޕެއިން، ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހެނާންޑޭޒް އަކީ ކޯޗިންގައި ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ފުޓްބޯޅައިގެ އެކިއެކި ކާމިޔާބު ޕްރޮޖެކްޓްތަކެއްގައި ބައިވެރިވި ކޯޗެކެވެ. އޭނާ އަކީ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އަށް އިރުޝާދުދޭނެ ބިދޭސީ ހަތް ވަނަ ކޯޗެވެ.

މާޒިޔާ އަށް ކޯޗުކޮށްދިން ބިދޭސީ ކޯޗުންނަކީ، މި ސީޒަނުގައި ކުރިން ހުރި، ސާބިއާގެ ޑްރަގަންގެ އިތުރުން، މީގެ ކުރިން ހުރި، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ މިއޮޑްރަގް ޖެސިކް އާއި ރިސްޓޯ ވިޑަކޮވިޗްގެ އިތުރުން މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ބަލްގޭރިއާގެ އިވާން ކޮލޭވް އާއި ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) އެވެ.

ބާސެލޯނާ އިން ޓެނެރީފް އަށް ކަނއަޅާފައިވާ ޓެކްނިކަލް އެކަޑަމީ އާއި ރެއާލް މެޑްރިޑްގެ އިންޓަނޭޝަނަލް ފައުންޑޭޝަން ޕްރޮޖެކްޓްގައި މަސައްކަތްކޮށްފައިވާ ހެނާންޑޭޒް ވަނީ ލިތުއޭނިއާ، އުޒްބެކިސްތާން އަދި ކުވެއިތުގެ ޕްރިިމިއާ ލީގުގެ ކްލަބްތަކުގައި ހެޑް ކޯޗުކަން ކޮށްފަ އެވެ.

އަދި ދެކުނު ކޮރެއާގެ ޕްރިމިއާ ލީގުގެ ޑައެގޫ އެފްސީއާ އެކު ރިސާވް ލީގުގައި ވެސް ލުއިސްމާ ވަނީ މަސައްކަތްކޮށްފަ އެވެ، އަދި ޑައެގޫގެ ފުރަތަމަ ޓީމުގެ ޓެކްޓިކަލް އެނަލިސްޓުގެ މަގާމުގެ އިތުރުން ސްކައުޓަކަށް ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox