ޕާޓީ ބޮޑުކުރަން ވައްކަންކުރުން، ގާނޫނީ ނަތީޖާއަކީ ކޮބާ؟

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ސިޔާސީ މަސްރަހުގައި ގިނަ ޕާޓީތައް އޮތުމަކީ ގައުމީ ތަރައްގީއާއި، އަސާސީ ހައްގުތައް ލިބިދިނުމުގައިވެސް ކާމިޔާބު ގޮތެއްކަން އެތައް ގައުމަކުން އެދަނީ ސާބިތުކޮށްދެމުންނެވެ. ހަމަ އެހެންމެ، މާގިނަ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދޭ ބައެއް ގައުމުތަކުގައިވެސް ހަމަޖެހުމާއި އުފާވެރިކަމުގައި މީހުން އެބަހަރަ އުޅެމުން ގެންދެ އެވެ. އެހެންވީމާ، ގިނަ ސިޔާސީ ޕާޓީތައް އޮތުމާއި ނެތުމުގެ ފައިދާއާއި ގެއްލުމުގެ ވާހަކައަކީ އަދިވެސް ހިނގަމުންދާ ބަހުސެކެވެ.

އިންސާނާ ކޮންމެހެން ބޭނުންވަނީ ސިޔާސީ ޕާޓީއެއް ނޫނެވެ. އޭނާ ބޭނުންވާނީ ހަމަޖެހޭ އަބުރުވެރި ދިރިއުޅުމެކެވެ. މިނިވަންކަމާއެކު ފިކުރުކޮށް އުޅެވުމާއި، އޭނާ ކުރާ މަސައްކަތުން އޭނާއަށާއި، އޭނާގެ ގައުމަށް ކުރިއެރުން ލިބުމެވެ. ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން އެކަންކަމަށް ފަހިކޮށްދޭނަމަ އެ ނިޒާމު ހަމަ ފައްކަލެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރީ ރާއްޖެ ހުރިހައި ގޮތަކުން ކުރިއަށްދާން އެޅިފައި އޮތް ހުރަހަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް ފުރުސަތު ހަނިވެފައި އޮތުން ކަމުގަ އެވެ. އެހެންވެ އަޅުގަނޑުމެންގެ ތެރެއިން ހަރު އެތައް ބަޔަކު، އެބައިމީހުންނާއެކު ޒުވާނުންވެސް ކަފުޖަހައިގެން މުންޑުކޮށިކޮށް، އަރުވައިޖަހައިގެން ނުކުމެ ކުރި އެތައް ޒުވާބަކާއި ލިބިގަތް އެތައް އަނިޔާއަކާއި ވީ އެތައް ގުރުބާނީއަކުން އަޅުގަނޑުމެން މިތިބީ ގިނަ ޕާޓީ އެކުލެވޭ ޒަމާނީ ޑިމޮކްރަސީ ހޯދައިގެންނެވެ. އެކަންކޮށްފައި 'ދެންލަލަލާ' އޭ އަޅުގަނޑުމެން ބުނީ މިދެން ހުރިހައި ކަމެއް ފުރިހަމަވީކަމަށް ދުށީތީ އެވެ.

ސިޔާސީ ޕާޓީތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭންޖެހޭނޭ ކަމަށްވެސް ގާނޫނީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން އެކަށައެޅީ އެވެ. އެންމެ ބޯކޮށް ލާރި ލިބޭނީ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީއަށެވެ. ޕާޓީގައި މެންބަރުން ގިނަވުމަކީ ޕާޓީގެ ލީޑަރުންނާއި އާންމު މެންބަރުންނަށްވެސް ލިބޭ އެންމެ ބޮޑު އުފާކަމު ވެއްޖެ އެވެ. ސާބިތުކަމާއެކު ނުކުމެ ހުރެ އަނެއް ޕާޓީގެ މީހާގެ ދަތްދޮޅިދަށަށް އަތްދިށްކޮށް 'ތައެއްޗަށްވުރެ މައެތި ބޮޑޭ' ބުނެލަން ލިބުމަކީ ސިޔާސީ މައިދާނުގައި މީހަކަށް ލިބޭނޭ އެންމެ ބޮޑު ފަހުރުކަމަށް ވެއްޖެ އެވެ. މިހެންވީމާ އުފެދުނީ ވަރަށް ފިތުނަވެރިކަން ބޮޑު ވާދަވެރިކަމެކެވެ. ހެދުނު އެއްޗެއް ހަދައިގެން، ހަމައިންނާއި ނުހަމައިން ޕާޓީއަށް މެންބަރުން އިތުރުކުރަން މަސައްކަތްކުރަނީ އެވެ.

މިހާރު މި ދިމާވެގެން އުޅޭ މައްސަލައަކީ ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ކެމްޕޭނާއެކު ފެންމަތިވެގެން އުޅޭ މައްސަލައެކެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން އެ ޕާޓީއަކީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހައްދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ވިދާޅުވެވިއްޖެ އެވެ. ޕާޓީ ވެރިކަމަށް އައިއިރު ތިންހާހަށްވުރެ މެންބަރުން އިތުރުވަނީ ކުޑަތަންކޮޅަކުންނެވެ.

ޕީއެންސީއަށް ފުރަތަމަ ވައްދަންފެށީ އެޕާޓީގެ އުފެދުމުގެ އަސްލުކަމުގައިވާ ޕީއެންސީގެ މެންބަރުންނެވެ. މުޅި ޕީޕީއެމްގެ ދަފުތަރު އެކީއެކަށް ކަހާލުމަށްފަހު ޕީއެންސީއިން ނިންމީ ޕީޕީއެމް އޭ ކިޔާ ޕާޓީ އުވާލާށެވެ. ދެން މެންބަރުން އިތުރުކުރުމަށްޓަކައި އައު ވާދަވެރިކަމެއް ފެށުނެވެ. ސިޔާސީ މަގާމެއްގައި ހުރި ކޮންމެ މީހަކުވެސް ވަކި އަދަދަކަށް ޕީއެންސީއަށް މެންބަރުން އިތުރުކުރަންޖެހޭ ކަމަށް ކަނޑައެޅި އެންގިއްޖެ އެވެ. މިހާރު ހުށަހެޅިގެން އުޅޭ ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވެގެން މިއުޅެނީ އެހިސާބުންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ، އުމުރުން އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވިދާނެ ކަމަށެވެ. މެންބަރަކަށް ވުމަށް ހަދަންޖެހޭ ގޮތް ކިޔައިދީފައި އޮތީ އެމާއްދާގެ (ރ) ގަ އެވެ. އެ އަކުރުގައި އޮންނަނީ "ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި އެ ޕާޓީއެއްގެ އަސާސީ ގަވާއިދާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި އެމީހެއްގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިޝާނާއި، ސޮއި އަދި ސޮއިކުރި ތާރީހު އެނގެން އޮންނަގޮތަށް ހުށަހަޅާފައިވާނަމަ އެވެ. އަދި އެއާއެކު، އެމީހެއްގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅާފައިވާނަމަ އެވެ." މިހެންނެވެ.

ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންކަން ގަވާއިދުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް އޮތީ ބާރު ލިބިދީފަ އެވެ. އޭގެ ބޭނުމަކީ މީހުންގެ ހުއްދަނެތި، ނުވަތަ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުން ހުއްޓުވުމެވެ. ނުވަތަ މަދުކުރުމެވެ. މި ބޭނުމަށްޓަކައި ކޮމިޝަނުން އެކުލަވައިލި ގަވާއިދުން ތައާރަފު ކުރީ 'ސިމަދަ' ޕޯޓަލް އެވެ. ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދޭ މީހުން އެކަމަށް އެދޭ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ އެ ސިޔާސީ ޕާޓީއަކުންނެވެ. ހުށަހަޅަންވާނީ އެ ޕޯޓަލް މެދުވެރިކޮށެވެ.

ސިޔާސީ ޕާޓީއިން ހުށަހެޅި ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާނޭ ކަމަކީ އެ ފޯމުގައި ބަޔާންކޮށްފައި އޮންނަ ނަންބަރަށް މެސެޖުކުރުމެވެ. އެ މެސެޖު ލިބޭ މީހާ އެފަދަ ފޯމެއް ހުށަހަޅާފައި ނެތްނަމަ އެ މެސެޖު ލިބޭތާ ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅަންވީ އެވެ. އެ ނޫންނަމަ އެ ޕާޓީއަކުން އެދިފައިވާ ގޮތަށް އެމީހަކު މެންބަރުންގެ ފަދްތަރުގައި ހިމެނައިދެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭވި އިންތިޒާމު އެހިނދަށް ކިތަންމެ ހަރުދަނާވި ނަމަވެސް، ވަގުން އަބަދުވެސް ވައްކަންކުރާނޭ އައު ގޮތްގޮތް އީޖާދުކުރާނެ އެވެ. މިހާރު އެކަމަށް ބޭނުންކުރާ އުކުޅަކީ ފޯމުގައި ޖަހާ ފޯނު ނަންބަރެވެ. އެ ފޯނު ނަންބަރަކީ މެންބަރަކަށް ވުމަށް އެދޭ މީހާއާ އެއްވެސް ގުޅުމެއް ހުރި ނަންބަރަކަށް ނުވެ އެވެ. އެހެންވީމާ، އެ މީހާގެ ނަމުގައި ފޯމެއް ހުށަހަޅައިފިކަން އެމީހާއަށް ރެޔަކާލާއިރު ވާނޭ ހަތަރެއްޗެއް އޮންނަނީ ވެ ނިމިފަ އެވެ.

ޕާޓީއަށް މޮޅު ގޮތް ހޯދައިދޭނަމޭ ހިތައި ކުރިއަސް ހަގީގަތުގައި މި އަރައިގަނެވެނީ ޖިނާއީ ކުށަކަށެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެކަމުގެ އަދަބު ކަނޑައެޅިފައިވާ ކަމަކަށް ވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންވެސް ކުށެކެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރިފަރާތެއް ފަސްހާސް ރުފިޔާއާއި ދިހަހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގަ އެވެ. އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއްކަމަށް އެ މާއްދާގެ (ނ) ގައި ބުނެ އެވެ. އެހެންވީމާ އެކުށުގެ އަސާސީ އަދަބަކަށްވާނީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.

ޕާޓީއަށް މެންބަރުން އިތުރުކުރަން ބޭނުންވެގެން ލީޑަރުން ހުޅުވާލާ މިކަހަލަ ލަކީޑްރޯތަކުގައި ކުރި ހޯދުމަށް ޕާޓީގެ އިދާރީ މުވައްޒަފުންނަށް ތިޔަ ކުޅެވެނީ ފާޑެއްގެ ޖުވާ އެކެވެ. ލިބިދާނޭ މަންފާއަކާ އަޅުވައި ހިރާހަށް ތިޔަ ލެވެނީ މުޅި ދިރިއުޅުމެވެ. ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ސިޔާސަތުތައް ވިއްކާށެވެ. މިޕާޓީއިން ރައްޔިތުންނަށް ކޮށްދޭނީ އެވެނިމިވެނި ކަންކަމެއްކަމާއި، ޕާޓީގެ ފަލްސަފާއަކީ ކޮބައިކަން ސާފުކޮށްދީ އެ ފަލްސަފާ ވިއްކާށެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި، ހޭވެސް އަހާނުލައި ގެންގޮސް ޕާޓީއެއްގެ ދަފުތަރުގައި ހިމެނިޔަސް އެ ލެވެނީ ނަގާނޭ ބަނދަރަކަށެވެ. އެ މެންބަރުން އިހުތިބި ޕާޓީތަކަށް ރުޖޫއަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox