ޕަމްޕުތައް ހަލާކުވެފައި ހުންނަތާ ފަސް މަސްވެއްޖެ، އެކަން މުއްތަލިބުގެ ސަމާލުކަމަށް ގެނައިން: އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް (ކ) އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު (ވ)

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް (ކ) އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު (ވ)

މާފަންނު ސަހަރާގައި ހުރި ސްޓޯމް ވޯޓާ ޕަމްޕް ސްޓޭޝަންތައް ހަލާކުވެފައި ހުންނަތާ ފަސް މަސް ދުވަސް ވެދާނެ ކަމަށާއި އެ މައްސަލަ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ ސަމާލު ކަމަށް ގެނައި ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕަމްޕް ސްޓޭޝަންގައި ހުރި ހުރިހާ އިލެކްޓްރިކް ސާމާނެއް ހަލާުކޮށްލައި ވަގަށް ގެންގޮސްފައިވާ ކަމަށާއި ހިދުމަތް މެދުކެނޑިފައި ހުންނަތާ ފަސް މަސް ދުވަސް މިހާރު ވެދާނެ ކަމަށެވެ.

"ޕަމްޕް ސްޓޭޝަންތަކުގެ މައްސަލައިގައި މިނިސްޓްރީގެ ސަމާލު ކަމަށް ލިޔުމުން ގެނައިން. އަދި ވީހާވެސް އަވަހަށް ޕަމްޕް ސްޓޭޝަންތައް ހައްލު ކުރަން އެދުނިން،" އާޒިމް ވިދާޅުވި އެވެ. އެ ސިޓީތައް ވެސް އެކްސްގައި އާޒިމް ހިއްސާކުރެއްވި އެވެ.

އާޒިމް ވިދާޅުވީ މިފަދަ ކަންކަން ގުޅިގެން ހައްލު ކުރަން ބޭނުންވާ ކަމަށާއި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންދީ ހައްލުތައް ގެންނަން ބޭނުންވާ ކަމަށެވެ.

މުއްތަލިބުއަށް ޑިސެމްބަރު 25، ގައި އާޒިމް ފޮނުއްވި ސިޓީގައި ޕަމްޕް ސްޓޭޝަން މެއިންޓެއިންކޮށް ބެލެހެއްޓުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ އެއްބަސްވުން ހަމަވެ، އެތަން ބަލަހައްޓާނެ ބަޔަކު ނެތްކަން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ވާރޭވެހޭ ދުވަސްތަކުގައި މާލޭގައި ފެންބޮޑުވާ ދުވަސްތަކުގައި ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވެ، ބޮޑެތި ގެއްލުންވާކަން ފާހަގަކޮށް އާޒިމް ވަނީ ވީހާ ވެސް އަވަހަށް އެކަން ހައްލުކޮށްދޭން އެދި، ބައްދަލުވުމެއް ބާއްވައި ދިނުމަށް ވެސް އެދިފަ އެވެ.

އޭގެއިތުރުން ޖެނުއަރީ 8، ގައި ވެސް އާޒިމް ވަނީ ސްޓޯމް ވޯޓާ ޕަމްޕް ސްޓޭޝަންތައް ހައްލު ކޮށްދިނުމަށް ދެވަނަ ސިޓީއެއް މުއްތަލިބުއަށް ފޮނުއްވާފަ އެވެ.

ނަމަވެސް މިއަދު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގައި މާލެ ސިޓީ ކައުންސިލުން ކުރިއަށްދިޔަ އެކްސްކަވޭޝަން މަސައްކަތެއްގައި އެ ތަނުގައި ހުރި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"މާފަންނު ސަހަރާގައި މާލެ ސިޓީ ކައުންސިލާއި އެ ކައުންސިލުގެ ކޮންޓްރެކްޓަރުން އެކްސްކަވޭޝަން މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް. އެ މަސައްކަތުގައި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ވަނީ ގެއްލުންތަކެއް ލިބިފައި. އެކަން ކުރީ މިނިސްޓްރީއަށް ނާންގައި،" އޭނާ ވިދާޅުވި އެވެ.

މާލެއަށް ރޭ ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ވެފައިވެ އެވެ. އެގޮތުން ބައެއް ގެތަކަށް ފެންވަދެ އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާތީ ބައެއް މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހަމަޖައްސާފަ އެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި ފެން ހިންދަން ގިނަ އިރުތަކެއް ނެގުމަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ. ފެންބޮޑުވާއިރު އެންމެ ބޮޑަށް ފެންބޮޑުވެ ގެއްލުންތައް ލިބެނީ މާފަންނު ސަރަހައްދަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox