އަލްހިޖްރަ ގްރޫޕުން ހާލުގައި ޖެއްސި އުމްރާވެރިންނަށް އިސްލާމިކް މިނިސްޓަރީން އެހީވަނީ

މީގެ ކުރިން ހައްޖުގެ އަޅުކަމަށް ރާއްޖެއިން ބަޔަކު ފުރަނީ -- ފޮޓޯ: އަދަދު

މީގެ ކުރިން ހައްޖުގެ އަޅުކަމަށް ރާއްޖެއިން ބަޔަކު ފުރަނީ -- ފޮޓޯ: އަދަދު

އުމްރާގެ އަޅުކަމަށް ދިޔުމަށް އަލްހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް ގްރޫޕަށް ދެއްކި ފައިސާތައް އެ ގުރޫޕުން ބޭނުންކޮށް މައްކާގައި ހާލުގައި ޖެއްސި އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްހިޖްރަ ނަމަކަށް ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިވެދޭން މަސައްކަތް ކުރާނެ ކަމަށް ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައި، [އެ] ރައްޔިތުން އެނބުރި ގައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ," ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

Advertisement

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އަލްހިޖްރަ އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ 24 މީހަކު ވަނީ އާދެވޭނެ ގޮތެއް ނެތި މައްކާގައި ތާށިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ އެ ގްރޫޕަށް ފައިސާ ދައްކައިގެން ދިޔަ 18 މީހަކާއި އެހީތެރިންނާއި ސްޕޮންސާގެ ގޮތުގައި އެ ގްރޫޕުން ފޮނުވި ހަ މީހުންނެވެ.

އެމީހުން އުމްރާއަށް ދާން ރާއްޖެއިން ފުރީ ޑިސެމްބަރު 25، އަދި ޑިސެމްބަރު 26، ގަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެމީހުންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތި މައްކާގައި ހާލުގައި ޖެހުނީ އެމީހުންގެ ރިޓާން ޓިކެޓު ނަގަން ހުރި ފައިސާ އެހެން ކަމަކަށް އަލްހިޖްރަ ގުރޫޕުން ބޭނުން ކުރުމުންނެވެ.

އެމީހުންގެ ރިޓާން ޓިކެޓަށް 180،000ރ. ހަރަދުވާ ކަމާއި އެ ފައިސާ ހޯދަން އަލްހިޖްރަ ގްރޫޕުން މަސައްކަތް ކުރާކަން މިހައިތަނަށް މި ނޫހުން ހޯދި މައުލޫމާތުން އެނގިފައިވެ އެވެ.

ޝަހީމް މިރޭ އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ މައްކާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ގުޅައި އެމީހުންގެ ހާލު ބަލާފައިވާ ކަމަށެވެ. އަދި އެމީހުންނަށް ކުރިމަތިވެފައިވާ ދަތިކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ

"މައްކާގައި ދަތިހާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ބޭފުޅުންނާ މިރޭ އަޅުގަނޑުވަނީ ގުޅައި ވާހަކަ ދައްކައި މިހާރުގެ ހާލަތު ބަލައިފައި، އިންޝާ ﷲ އެބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން،" ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން އަލްހިޖްރަ ގްރޫޕްގެ ޑިރެކްޓަރު މުސްތަފާ މުހައްމަދު "އަދަދު" އަށް ބުނީ އުމްރާއަށް މީހުން ދޭ ފައިސާއިން އެއްވެސް އިތުރު ކަމެއް ނުކުރާ ކަމަށެވެ. ބަޖެޓުގެ ތާށިކަން ބޮޑަށް ދިމާވީ އަންނަ ރޯދަ މަހަށް އުމްރާ ދަތުރުތައް ނުނެގުމުން ކަމަށް މުސްތަފާ ބުންޏެވެ.

"އުމްރާގެ ލާރިން އުމްރާގެ ދަތުރުތައް ފިޔަވައި އިތުރު އެއްވެސް ކަމަކަށް އަޅުގަނޑުމެން ހަރަދެއް ނުކުރަން އާންމުކޮށެއް. ހަމަ އުމްރާގެ ކަންތައްތަކަށް މި ހަރަދު ކުރަނީ. އެކަމަކު އެހެންޏާ ރޯދަ މަހަށް ނަގަން. އެކަމަކު މިފަހަރު ރޯދަ މަހަށް ނުނަގަން. އެހެންވީމަ ރޯދަ މަހަށް ނުނަގަންޏާމުންނެއް އަޅުގަނޑުމެން އަތުގައި ބަޖެޓެއް ވެސް ނެތީ އިތުރަށް،" މުސްތަފާ ބުންޏެވެ.

އޭނާ ބުނީ ރިޓާން ޓިކެޓު ނުނަގައި އުމްރާވެރިން ސައުދީއަށް ފޮނުވީ މާލީ ގޮތުން ތަނަވަސްކަން އެވަގުތު ނެތިގެން ހަމަ އެކަނި ބުކިން ހެއްދުމަށް ފަހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox