ރަޖުނީއަށް ފްލެޓު ލިބުމުގައި އުސޫލުން ބޭރުން ކަމެއް ހިނގާފައެއް ނެތް: ފުލުހުން

ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑްގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ކޮށްފައި ހުރި ރަޖުނީ ޝުއައިބު -- ފޮޓޯ: އަދަދު

ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑްގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ކޮށްފައި ހުރި ރަޖުނީ ޝުއައިބު -- ފޮޓޯ: އަދަދު

ކުރެވުނު ތުހުމަތުތަކުގެ ސަބަބުން ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑްގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތް ކޮށްފައި ހުރި ސުޕްރިޑެންޓް އޮފް ޕޮލިސް، ރަޖުނީ ޝުއައިބަށް ފްލެޓު ލިބުމުގައި އުސޫލުން ބޭރުން ކަމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ރަޖުނީ އެކަހެރިކުރުމަށްފަހު ހިންގި ތަހުގީގުން އޭނާއަށް ފްލެޓެއް ލިބުމުގައި އުސޫލުން ބޭރުން ކަމެއް ހިނގާފައިވާކަން ފާހަގަ ނުވާ ކަމަށެވެ.

"ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ވާހަކަ ދަންނަވަން،" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑްގެ މަގާމުގެ މަސްއޫލިއްޔަތުން ރަޖުނީ އެކަހެރި ކުރީ ވިނަރެސްއިން ފްލެޓު ގަތް މައްސަލައިގައި ގޯހުން ކަމެއް ކޮށްފައިވޭތޯ ބެލުމަށް ފުލުހުން ތަހުގީގު ކުރަން ފެށުމަށްފަހު އެވެ.

އެ ބަދަލަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްއިން ކުރަމުންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރަޖުނީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މައުލޫމާތުތަކަކާ ގުޅިގެންނެނެވެ.

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން މިދިޔަ ޑިސެމްބަރު 20، ގައި ލީކުކޮށްލި ވިނަރެސް ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނޭކަން އެނގިފައިވެ އެވެ. އެ ފުލުހުން ވެސް ފްލެޓު ގަތުގައި އުސޫލާ ހިލާފުން ކަމެއް ކޮށްފައިވޭތޯ، ފުލުހުން ބަލަމުންދާ ކަމަށް "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓާއި މިހާރުގެ މެނޭޖުމެންޓުން ބުނެފައިވާ ގޮތުން، ވިނަރެސްއިން ފްލެޓު ދޫކުރަން ކަނޑައެޅި އެންމެންނަށް ފްލެޓު ދޫކޮށް، ބާކީ 123 ފްލެޓެއް ހުއްޓެވެ. އެހެންވެ، އެ ފްލެޓުތައް ވިއްކަން ނޮވެމްބަރު 5، 2023، ގައި ހުޅުވައިލި އެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އެޗްޑީސީއަށް ވަނީ އަމާޒުވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި މަޝްރޫއުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.

ގޯތި ވައްކަމުގެ މައްސަލަ ފުލުހުންގެ އިތުރުން އޭސީސީން ވެސް ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox