އެމްއެންޑީއެފަށް ބޭނުންވާ ދިފާއީ އާލާތްތައް އިންޑިއާއިން ގެންނަން މަޝްވަރާކޮށްފި

އިންޑިއާގެ ޑިފެންސް މިނިސްޓަރާ ގައްސާން ބައްދަލު ކުރެއްވުން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

އިންޑިއާގެ ޑިފެންސް މިނިސްޓަރާ ގައްސާން ބައްދަލު ކުރެއްވުން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ދިވެހި ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި އިންޑިއާ އާ ގުޅިގެން އަސްކަރީ ތަމްރީނުތަކާއި އެކްސަސައިޒްތައް ހިންގުމަށާއި އެމްއެންޑީއެފަށް ބޭނުންވާ ދިފާއީ އާލާތްތައް އިންޑިއާއިން ހޯދުމާ ގުޅޭ ގޮތުން އެގައުމުގެ ޑިފެންސް މިނިސްޓަރު، ޝްރީ ރަޖްނަތު ސިންހާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން މަޝްވަރާ ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގެ ތެރެއިން ޝްރީ ރަޖްނަތު ސިންހާ ގައްސާން ބައްދަލު ކުރެއްވީ މިއަދެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އިތުރު ތަފުސީލެއް ޑިފެންސުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި މިއަދުގެ ބައްދަލުވުމުގައި ގައްސާން ވަނީ އިންޑިއާ އާ ގުޅިގެން އަސްކަރީ ތަމްރީނުތަކާއި އެކްސަސައިޒްތައް ހިންގުމުގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ބައެއް އާލާތްތައް އިންޑިއާއިން ސަޕްލައި ކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ގައްސާން މައުމޫން އިންޑިއާއަށް ރަސްމީ ދަތުރެއް މިހާރު ކުރައްވަމުން ގެންދަވާއިރު، އޭނާއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އޮތްއިރު އެ ދެ ޕާޓީން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ އެންމެ އިސް އެއް ބޭފުޅާ އެވެ.

ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ކެމްޕޭނުގެ މައްޗަށް ބިނާކުރި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ދިވެހި ސަރުކާރުން މިހާރު ގެންދަނީ އިންޑިއާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ފާއިތުވި އަހަރެއްހައި ދުވަސްތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އެކި ފަންތީގެ ބޭބޭފުޅުން އިންޑިއާއަށް އެތައް ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox