ހުލާސާކޮށް އިއްޔެ: މިއީ ވެސް ސިޓީ ކައުންސިލްގެ ބޮޑު މައްސަލައެއް

Dec 31, 2024, 1:11 AM
ހުލާސާކޮށް އިއްޔެ: މިއީ ވެސް ސިޓީ ކައުންސިލްގެ ބޮޑު މައްސަލައެއް

ތިން މިނިސްޓްރީއެއް އަނދައި އަޅިއަށްވި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލުގައި ހުރި ބިންތަކުގެ ރަޖިސްޓްރީތަކާއި އުފަން ދުވަހުގެ ރަޖިސްޓްރީތައް އަނދައި އަޅިއަށްވީ، އެ ލިޔުންތައް ވެސް ހިމެނޭހެން ސިޓީ ކައުންސިލްގައި ހުރި ހުރިހާ ލިޔުމެއް ޑިޖިޓަލް ކުރަން ބޮޑު އަގެއްގައި ބަޔަކާ ހަވާލުކޮށްފައި އޮއްވައި ކަން "އަދަަދު" އަށް އެނގިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހަވާލުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރި އިއުލާނެއްގެ ދަށުންނެވެ. އޭގައި އޮތީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒެއް ކަމުގައިވާ ޑިޖިޓަލް ކުރުމުގެ މަޝްރޫއު ހިންގުމަށްޓަކައި ސެކްޝަންތަކުގައި ހުރި އެންމެހާ ލިޔެކިޔުންތައް ސްކޭންކުރުމަށް ބޭނުންވާތީ ބިޑު ހުށަހެޅުމަށެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަކުގެ ގޮތުގައި އޮތީ އެ އިދާރާގެ ހުރިހާ ޑިޕާޓްމަންޓް، ސެކްޝަން އަދި ޔުނިޓް ތަކުގައި ހުރި އެންމެހާ ޑޮކިއުމަންޓްތައް ސްކޭންކުރުމެވެ. މި ހުރިހާ ލިޔެކިޔުންތައް ތަރުތީބުކޮށް ލާންޖެހޭ ފޯލްޑަރުތަކަށްލައި، އަޕްލޯޑުކުރަން ޖެހޭ ތަކެތި އަޕްލޯޑު ކުރަން ވެސް ޖެހެ އެވެ. މި ހުރިހާ ކަމެއް ކުރަން 14 މީހުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައި އޮތެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox