ތ. ތިމަރަފުށީގައި މިއަދު ފަސް މީހުންގެ ގްރޫޕަކުން ގެއަކަށް ވަދެ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހިނގިކަން ރިޕޯޓުކޮޮށްފައިވަނީ 13:27 ހާއިރު ކަމަށެވެ.
މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ.
ތިމަރަފުށީ ކައުންސިލުގެ ރައީސް އިސްމާއިލް އިބްރާހިމް "އަދަދު" އަށް ވިދާޅުވީ މި މާރާމާރީގައި އަނިޔާވި މީހާއަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބުނު ކަމަށެވެ.
"ވަރަށް ކުޑަ ކަމެއް ހިނގައިގެން އުޅެނީ. ކުޑަ ޒަހަމްތަކެއް އަނިޔާވި މީހާއަށް ލިބުނީ،" އޭނާ ވިދާޅުވި އެވެ.

މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.













