ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅަށް ބިރުދައްކައި، އެންސްޕާ އަދި އެޗްޑީސީގެ ހިޔާނާތް އޮއްބާލަން: އެމްޑީޕީ

އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން : އެ ޕާޓީން ބުނީ ސަރުކާރުން އިދިކޮޅަށް ބިރުދައްކަމުންދާ ކަމަށް --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން : އެ ޕާޓީން ބުނީ ސަރުކާރުން އިދިކޮޅަށް ބިރުދައްކަމުންދާ ކަމަށް --- ފޮޓޯ: އެމްޑީޕީ

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކައިގެން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތް އޮއްބާލަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެއަށް ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ފުލުހުން ވަނުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އާރްޑީސީގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހެކި ހޯދަން ކަމަށް ބުނެ ފުލުހުން އެރޭ މޫކޭގެ އެޕާޓްމެންޓުގެ އިތުރުން އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެއް، ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ގެންދިޔަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، އާއިލާ އާއެކު ނިދާފައި އޮއްވާ މޫކޭގެ ގެއަށް ފުލުހުން ވަނުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އަދި ކުރި ފުރައްސާރައެއް ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓަމުން ނުދާކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީ އަދި އިދިކޮޅު އެހެން ޕާޓީތަކުގެ މެންބަރުންނާއި އިސްވެރިންގެ އަގުވައްޓާލުމަށް އެއްވެސް ހެއްކެއް ނެތި މި ސަރުކާރުން ބަދަލު ހިފުމުގެ އެތައް އަމަލެއް ހިންގަމުންދާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ ެވެ.

އެގޮތުން، ޕާޓީގެ ލީޑަޝިޕާއި މެންބަރުން ފުލުހަށް ހާޒިރުކުރުމާއި، ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށާއި ތަހުގީގު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބަޔާނުގައި ތަފުސީލުކޮށްފައިވެ އެވެ.

މިގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލުގެ އަރިހުން އެދިފައިވުން ހިމެނެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭނެ ކަމަށް އެ ޕާޓީން އަބަދުވެސް ދެކޭ ކަމަށާއި ނަމަވެސް، މިގާނޫނު ބަދަލުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދިނުމާއެކު އެ ކޮމިޝަނަށް އޮތް އިތުބާރާމެދު ސުވާލު އުފެދޭ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

މިހާރު އެންމެ އިސްކަމެއް ދީގެން ބަލަން ޖެހޭނީ އެންސްޕާ އަދި އެޗްޑީސީގެ މައްސަލަތައް ކަމަށާއި ނަމަވެސް ފެނިގެން ދަނީ ފުލުހުންނާއި އޭސީސީއިން ވެސް މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އޮއްބާލުމަށް އެއްބާރުލުން ދެމުންދާތަން ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ގެތައް ބަލައިފާސްކޮށް، އަދި ބައެއް މައްސަލަތައް އަވަސްކުރަން މަސައްކަތް ފެށީ އެޗްޑީސީ އާއި އެންސްޕާގެ މައްސަލަ ފެންމަތިވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

ރައީސް މުއިއްޒު ޕްރޮމޯޓުކުރަން އުފައްދާފައިވާ އެމްއެމްޓީވީ ހިންގާ ކުންފުނިން އެންސްޕާއަށް ބޮޑު އަގެއްގައި އޮފީސް އިމާރާތެއް ކުއްޔަށް ދިނުމުން ފާޑުކިޔުން އަމާޒުވިއިރު، ރައީސް ވިދާޅުވީ އެ މައްސަލަ އެ މަނިކުފާނާ ހަމައަށް އައިސްފައި ނެތް ކަމަށެވެ.

އެޗްޑީސީގެ ތެރޭގައި ގޯހުން ގޯހަށް ހިނގަމުން ދިޔަ ކަންކަން ސޯޝަލް މީޑިއާއަށް ބަނޑުންވެ، ފުލުހުން ތަހުގީގު ފެށުމުގެ ފަސް މަސް ކުރިން، ޖުލައި 1 ގައި، އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށް ރައީސް އަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ސީދާ ރައީސް މުއިއްޒަށް އެޑްރެސްކޮށް ޒުހޫރު ފޮނުވި ސިޓީ، އެ މަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ސިޓީ ވަނީ ރައީސް އޮފީހުގެ ކައުންޓަރުން ބަލައިގެން ރަޖިސްޓްރީކޮށްފަ އެވެ.

އެޗްޑީސީގެ މައްސަލަތައް ފަޅައިގެން ދިޔައީ ބިންވެރިޔާ ސްކީމުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝިދަށް ހުޅުމާލޭން ގޯއްޗެއް ދީ، އެ ގޯތީގައި އިންފާރު ރާނަން ވެސް ހުއްދަ ދީފައި އޮތްކަން ފަޅައި އެރުމުންނެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ބިންވެރިޔާގެ ލިސްޓުގައި ނެތް ގިނަ ބަޔަކަށް ގޯތި ދީފައިވެ އެވެ. ނަމަވެސް އެ ބޮޑު ޖަރީމާ ބަލައި އެކަން އަވަސްކުރަން ފުލުހުން މަސައްކަތް ކުރާކަން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox