ރާސް ޗެމްޕިއަންޝިޕް ބާއްވަން ފަހު ވަގުތު ފުލުހުން ހުރަސް އަޅައިފި

ރާސް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވެފައި: އެ މުބާރާތް ބޭއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރާސް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވެފައި: އެ މުބާރާތް ބޭއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރޭސިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ރާސް ޗެމިއަންޝިޕް 2024 އަށް ފުލުހުން ހުރަސް އަޅައިފި އެވެ.

ރޭސިން އެސޯސިއޭޝަންގެ ޕީއާރް މެނޭޖަރު މުހައްމަދު އިބްރާހިމް "އަދަދު" އަށް ވިދާޅުވީ މިއަދާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައި އޮތް ރާސް ޗެމްޕިއަންޝިޕަށް ފުލުހުން ހުރަސް އެޅީ ލިޔުމުން އެ މުބާރާތް ބޭއްވުމަށް ހުއްދަ ދީފައި ނުވާތީ ކަމަށެވެ.

ނަމަަވެސް އެ މުބާރާތް ބާއްވަން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މެދުވެރިކޮށް މިނިސްޓްރީތަކާއި ފުލުހުން އަދި އެޗްޑީސީން ލިޔުމަކާއި ނުލައި ހުއްދަތައް ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ދިމާވެފައި މިއޮތް ކަމަކީ އަޅުގަނޑުމެންނަށް މިތަނުގައި މިކަން ކުރަން މީގެ ގާތްގަނޑަކަށް އެއް މަސް ކުރިން އޮތީ ހުއްދައެއް ދީފައި. ދެން ސެންޓްރަލް ޕާކް ކައިރީގައި ހިނގައިދިޔަ އެކްސިޑެންޓަކާ ގުޅިގެން ރަސްމީ ސިފައެއްގައި ހުއްދައެއް ނުދޭ ވާހަކަ ބުނެފައި އޮތީ އެޗްޑީސީން ވެސް. "އަޅުގަނޑުމެން އެކަމާ ގުޅިގެން ކޯޑިނޭޓް ކުރަން ފެށީ ސްޕޯޓްސް މިނިސްޓަރު ރާފިއުއާ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

މިދިޔަ ދުވަސްތަކުގައި ހުއްދަ ނަގައިގެން ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަކަން ފާހަގަ ކުރައްވާ މުހައްމަދު އިބްރާހިމް ވިދާޅުވީ އިވެންޓު ބާއްވަން ހުއްދަ ނުލިބޭކަން އެންގީ ރޭގެ ވަގުތެއްގައި ކަމަށާއި އިވެންޓު ބާއްވަން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވުނު ނަމަވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.

ރާސް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވެފައި: އެ މުބާރާތް ބޭއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި -- ފޮޓޯ: ރޭސިން އެސޯސިއޭޝަން
ރާސް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވެފައި: އެ މުބާރާތް ބޭއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރާސް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވެފައި: އެ މުބާރާތް ބޭއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

އެ އިވެންޓު ބާއްވަން އެޗްޑީސީން އިއްޔެ ހަވީރު އިވެންޓު ބާއްވާ ސަރަހައްދުގައި އެ ކުންފުނީގެ ބެކްޑްރޮޕްތައް ވެސް ޖެހި ކަމަށާއި އެއީ އެޗްޑީސީން ވެސް އިވެންޓު ބާއްވަން އެއްބާރުލުން އިއްޔެއާ ހަމައަށް ވެސް ދޭން ނިންމާފައިވާތީ ކަމަށެވެ.

"އިވެންޓަށް ސެޓަމް ޖަހަން ތިއްބާ ރޭ 11:00 ޖަހާއިކަށްހާއިރު މިތަނަށް އަންނަނީ ޕޮލިހުން އައިސް އަޅުގަނޑުމެންނަށް މި ދަންނަވަނީ އިވެންޓު ކުރިއަށް ނުގެންދެވޭނެއޭ. އިވެންޓަށް ހުއްދައެއް ދެވިއެއް ނެތޭ. އެހެންވީމަ ޖެހޭނީ ރޫޅާލާށޭ. އެންގި ހިސާބުން އެކި މީހުންނަށް ގުޅަން ފަށައިގެން ސޯޓްއައުޓެއް ނުވޭ އަދިވެސް" އޭނާ ވިދާޅުވި އެވެ.

އިވެންޓު ބާއްވަން ކުޑަތަން ވެފައި ވަނިކޮށް ކުއްލިއަކަށް އިވެންޓު ނުބޭއްވޭނެ ކަމަށް ނިންމާފައިވަނީ ކޮންމެވެސް ބައެއްގެ ނުފޫޒު އޭގެ ތެރެއަށް ވަދެގެން ކަމަށް މުހައްމަދު އިބްރާހިމް ތުހުމަތު ކުރެއްވި އެވެ.

މުބާރާތް ބޭއްވުމަށް ޝީޝާފަދަ ތަންތަނުން ސްޕޮންސާ ލިބުނުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މުބާރާތްތަކަށް ސަރުކާރުގެ ފިއްތުންތައް ކުރިމަތިވާނަމަ، ސްޕޮންސާތައް ވެސް މުބާރާތްތަކަށް ހޯދަން އުނދަގުވާނެ ކަމަށެވެ.

ރާސް ޗެމްޕިއަންޝިޕްގައި 15 ޓީމަކުން 78 ރައިޑަރުން ބައިވެރިވާއިރު، މުބާރާތުގައި ސައިކަލާއި ކާރު ހިމެނޭ ޖުމްލަ 15 ކެޓަގަރީއެއް ހިމެނެ އެވެ. އެ މުބާރާތަށް ރަށްރަށުން ބައެއް ރައިޑަރުން އައިސްފައި ވަނީ އެ ރައިޑަރުން ދުއްވާ ވެހިކަލްތަކާ ވެސް އެކުގަ އެވެ.

ރާސް ޗެމްޕިއަންޝިޕަކީ އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި ބާއްވާ ރޭސިންގެ އެންމެ ބޮޑު މުބާރާތެވެ. އަދި އެއީ މި އަހަރު އެ އެސޯސިއޭޝަނުން ބާއްވާ އެންމެ ފަހު މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox