ހުލާސާކޮށް އިއްޔެ: ރިސޯޓު ބިޑުތައް އިވެލުއޭޓު ކުރަން ތަޖުރިބާ ނެތް ސިޔާސީން

Dec 26, 2024, 1:04 AM
ހުލާސާކޮށް އިއްޔެ: ރިސޯޓު ބިޑުތައް އިވެލުއޭޓު ކުރަން ތަޖުރިބާ ނެތް ސިޔާސީން

ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތަކާއި، ބިންތަކާއި، ފަޅުތައް ދޫކުރަން ލިބޭ ހުށަހެޅުންތައް އިވެލުއޭޓު ކުރާ ކޮމިޓީގައި ތިބީ ޓޫރިޒަމް ދާއިރާގައި އެއްވެސް އިރެއްގައި މަސައްކަތް ނުކުރާ، ދާއިރާގެ ތަޖުރިބާއެއް ނެތް ސިޔާސީ މީހުންކަން "އަދަދު" އަށް އެނގިފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރިސޯޓު ބިޑުތައް ވަޒަންކުރާ ކޮމިޓީއަކީ ހުރިހާ ހުށަހެޅުންތަކެއް ވަޒަންކުރުމަށް ފަހު، ތަންތަން ދޫކުރަން ވަޒީރަށް ލަފާއަރުވާ ކޮމިޓީ އެވެ. މި ކޮމިޓީ އެކުލަވާލުމުގެ ބާރު އޮންނަނީ ޓޫރިޒަމް މިނިސްޓަރަށެވެ. މި ބާރުގެ ދަށުން މިހާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެކުލަވާލާފައިވާ ކޮމިޓީގައި ތިއްބަވަނީ:

  • ޓޫރިޒަމްގެ ސްޓޭޓު މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު
  • ޓޫރިޒަމްގެ ސްޓޭޓު މިނިސްޓަރު މުންއިމް އަނީސް
  • ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އާއިޝަތު ރިއުޝާނާ

ރިސޯޓު ބިޑުތައް އިވެލުއޭޓު ކުރާ ކޮމިޓީގައި މިހާރު ތިބި ތިން މީހުންގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރިތޯ ބެލިއިރު އެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނުފެނުނެވެ.

ކޮމިޓީގައި ތިއްބަވާ މީހުންގެ ތެރެއިން ނާޒިމްއަކީ ކޯޕަރޭޓް ލޯއަށް ހާއްސަަވާ ގާނޫނީ ވަކީލެކެވެ. އޭނާ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރެއްގެ ގޮތުގަ އެވެ. ޓޫރިޒަމް މިނިސްޓްރީއަށް ވަޑައިގެންނެވުމުގެ ކުރިން އެންމެ ފަހުން އޭނާ އަދާކުރެއްވި މަގާމަކީ މަޖިލީހުގެ ލީގަލް އެފެއާޒް ޑިރެކްޓަރު ކަމެވެ. އޭގެ އިތުރުން އޭނާއަކީ ސީއެލްއޭ ޕާޓްނާސް އެލްއެލްޕީގެ ޕާޓްނަރެއް ވެސް މެ އެވެ.

ކޮމިޓީގައި ދެން އިންނަވާ މުންއިމްއަކީ އިންޓީރިއާ އާކިޓެކްޗާ އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި މަލްޓިމީޑިއާ ކޮމްޕިއުޓިންގެ އިތުރުން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒްއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޑިޕްލޮމެޓެކެވެ. އޭނާ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭރުގައި ހުންނަ އެމްބަސީތަކުގަ އެވެ. އެ ގޮތުން ފުރަތަމަ މަސައްކަތް ކުރެއްވީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޗާޖޭ ޑެފެއާއަކަށެވެ. ޓޫރިޒަމްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކެޓްރީއަކަށެވެ.

ކޮމިޓީ މެންބަރުންގެ ތެރެއިން ރިއުޝާނާއަކީ ވެސް ގާނޫނީ ވަކީލެކެވެ. އޭނާގެ މަސައްކަތު ތަޖުރިބާގެ މާ ގިނަ މައުލޫމާތެއް ނުލިބެ އެވެ. ނަމަވެސް މި ސަރުކާރާ ގުޅުން އޮތް ބަޔަކު ޕާޓްނާވާ ލޯ ފާމެއް ކަމުގައިވާ، އޯތު ލޯ ފާމް އެންޑް އެސޯސިއޭޓްސްގެ ލީގަލް ކައުންސިލެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީވެފައިވާ ކަމަށް ބާ ކައުންސިލުގެ ރެކޯޑުތަކުން ދައްކަ އެވެ.

މި ކޮމިޓީއަށް ފަންނީ އެހީތެރިކަމާއި ގާނޫނީ އެހީތެރިކަން ދިނުމަށްޓަކައި، ސެކްޓެރޭޓިއަޓްގެ ގޮތުގައި މަސައްކަތް ކުރަނީ ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝިނާން އާއި ލީގަލް އޮފިސަރު ޝުކުރާނާ މުހައްމަދެވެ.

ރިސޯޓު ތަރައްގީކުރަން ހުށަހަޅާ ބިޑުތައް އިވެލުއޭޓު ކުރާ ކޮމިޓީގައި ތިއްބަވާ މެންބަރުންގެ ތަޖުރިބާ ނެތް މައްސަލަ ފެންމަތިވީއިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރުގެ ތެރޭގައި 16 ތަނެއް ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފަ އެވެ. މިހާރުގެ ކޮމިޓީ އެކުލަވާލީ ތާރީހާ އަޅައިބަލާއިރު، ގިނަ ތަަންތަން ދޫކޮށްފައި ހުރީ އެ ކޮމިޓީގެ ލަފާ ލިބިގެންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox