މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި

ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ، 30: އޭނާ ހައްޔަރު ކުރީ މާރާމާރީއެއްގެ މައްސަލައެއްގައި -- ފޮޓޯ: ފުލުހުން

ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ، 30: އޭނާ ހައްޔަރު ކުރީ މާރާމާރީއެއްގެ މައްސަލައެއްގައި -- ފޮޓޯ: ފުލުހުން

މިދިޔަ ބުރާސްފަތި ދުވަހު ނ. ހޮޅުދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި އެ ރަށުން މަރުވެފައި އޮއްވާ ފެނުނު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ ދަރިފުޅު ދޫކޮށްލައިފި އެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ޒަކިއްޔާގެ ދޮށީ ދަރިފުޅު ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ، 30 އެވެ.

ފުލުހުން ބުނީ ރިމްޒީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ރިމްޒީ ހައްޔަރު ކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރީ ނ. ހޮޅުދޫ، އަންދަލީބުގެ، އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައިގައި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އެވެ.

އެ މާރާމާރީގެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ މިދިޔަ ހޮނިހިރު ދުވަހު ހޮޅުދޫ ޕޮލިސް ސްޓޭޝަން ދޮށަށް ރައްޔިތުން އެއްވެ، މައްސަލަ އަވަސް ކުރުމަށް ގޮވާލައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކިއްޔާގެ ދަރިފުޅު މާރާމާރީ ހިންގީ، ޒަކިއްޔާގެ މަރުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް ބުނި މީހަކާ އެވެ.

މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ބުރާސްފަތި ދުވަހު ހިނގި އެ މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުން ފަރުވާ ވެސް ދޭން ޖެހުނު ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް އެ މަރާ ގުޅިގެން އެއްވެސް މީހަކަށް ތުހުމަތުކޮށް ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox