ރާއްޖެއަށް މަސައްކަތް ކުރަން އައި އިންޑިއާގެ 40 މީހަކަށް މުސާރަ ނުދީ ހާލުގައި ޖައްސައިފި

ހާލުގައި ޖެހިފައިވާ ކަމަށް ބުނާ އިންޑިއާގެ 40 މުވައްޒަފުން

ހާލުގައި ޖެހިފައިވާ ކަމަށް ބުނާ އިންޑިއާގެ 40 މުވައްޒަފުން

ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އޮޑިޝާ ސްޓޭޓް 40 މުވައްޒަފުންނަށް މުސާރަ ނުލިބި ރާއްޖޭގައި ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ވީޑިއޯއެއް ދައުރުވާން ފަށައިފި އެވެ.

އެ ވީޑިއޯ އިންޑިއާގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައިވާއިރު، 40 މުވައްޒަފުންނަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވަނީ އެދިފަ އެވެ.

މުވައްޒަފުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނީ އެ މުވައްޒަފުން ރާއްޖެއަށް މަސައްކަތު އައިސްފައި ވަނީ ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ކަމަށާއި ފާއިތުވެދިޔަ ދުވަސްތަކުގައި ހަމައަށް މުސާރަ ނުދިނުމުގެ އިތުރުން އަސާސީ ހިދުމަތްތަކުން ވެސް މަހުރޫމް ކޮށްފައިވާ ކަމަށެވެ.

Advertisement

"ފުރަތަމަ މަހުގައި މުސާރަ ލިބުނު އެއަށްފަހު އެކައްޗެއް ވެސް ނުދޭ. އެމީހުން މިހާރު ތިބީ އަނބުރާ ގައުމަށް ނާދެވި ތާށިވެފައި،" ހާލުގައި ޖެހިފައިވާ މުވައްޒަފެއްގެ އާއިލާ މީހަކު ބުންޏެވެ.

މީގެއިތުރުން އިންޑިއާގެ ކަލިންގާ ޓީވީއިން ރިޕޯޓު ކުރާ ގޮތުގައި އެ މުވައްޒަފުންތައް ރާއްޖެ ގެނައީ ގޭން އިގްނެސް ކިިޔާ ކުންފުންޏަކުންނެވެ. ނަމަވެސް އެ ނަން ކިޔާ ކުންފުންޏެއް ރާއްޖޭގައި އޮޕަރޭޓެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެ މުވައްޒަފުންތައް ރާއްޖެ އައީ އެޖެންޓެއް މެދުވެރިކޮށް ވަޒީފާގެ ރަނގަޅު ފުރުސަތުތަކެއް ރާއްޖެއިން ލިބޭނެ ކަމަށް ބުނުމުންނެވެ.

އެ މުވައްޒަފުންގެ މައްސަލަ ބެލުމަށް ރާއްޖެއަށް އަންގާނެ ކަމަށް އޮޑިޝާގެ ޑިސްޓްރިކްޓް ލޭބާ އޮފިސާ ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox