ޕެނަމާ ކެނަލް އެމެރިކާއިން އަތުލާނެކަމުގެ އިންޒާރެއް

Dec 23, 2024, 1:40 AM
ޕެނަމާ ކެނަލް އަށް ވަންނަން ކިޔޫ ޖެހިފައިވާ ބޯޓު ފަހަރު- ފޮޓޯ: ބީބީސީ

ޕެނަމާ ކެނަލް އަށް ވަންނަން ކިޔޫ ޖެހިފައިވާ ބޯޓު ފަހަރު- ފޮޓޯ: ބީބީސީ

ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ޕެނަމާ ކެނަލްގެ އަގުތައް ބޮޑުކަން ފާހަގަކޮށް، އެ ކެނަލްގެ ކޮންޓްރޯލް އެމެރިކާއިން އަލުން ހޯދަން ޖެހިދާނެ ކަމުގެ އިންޒާރެއް، އެ ގައުމުގެ އިންތިހާބީ ރައީސް ޑޮނަލްޑު ޓްރަމްޕް ދެއްވައިފި އެވެ.

މުހިއްމު ބައިތައް ކުރުކޮށް

  • ނުބައި ބައެއްގެ އަތްމަތީގައި ޕެނަމާ ކެނަލް އޮތަ ނުދޭނެ ކަމަށް ޓްރަމް ވިދާޅުވި
  • ކެނަލް ހުރަސްކަން ނަގާ ފީ ބޮޑުކަން ފާހަގަކުރި
  • އެމެރިކާއިން އެ ކެނަލް ޕެނަމާއާ ހަވާލުކުރީ 1999 ގައި

އެމެރިކާގެ އެރިޒޯނާގައި އިއްޔެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑު ގުޅުވައިދޭ މުހިއްމު އެ ކެނަލް ނުބައި ބައެއްގެ އަތްމަތީގައި ނުބާވާނެ ކަމަށެވެ.

މީގެ ގަރުނަކަށް ވުރެ ކުރިން 1900 އަހަރުތަކުގެ ކުރީކޮޅުގައި އެމެރިކާ އާއި ޕެނަމާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ މެރިކާއިން ކެނަލް ހެދި އެވެ. އެއަށް ފަހު 1999 އާ ހަމައަށް ކެނަލް ބަލަހައްޓަމުން ދިޔައީ އެމެރިކާ އާއި ޕަނަމާ ގުޅިގެންނެވެ. ނަމަަވެސް ޑިސެންބަރު 31، 1999 އިން ފެށިގެން އެ ކެނަލް ހިންގުމުގެ ހުރިހާ ބާރެއް އެމެރިކާއިން ޕެނަމާއަށް ދިނެވެ.

އެ ކެނަލް އެންމެ ގިނައިން ބޭނުން ކުރަނީ އެމެރިކާގެ އާގުބޯޓު ފަހަރެވެ. ކެނަލް ހުރަސްކުރާ އުޅަނދުގެ ބޮޑުމިނާއި، ދަތުރުގެ ބޭނުމަށް ބަލައި ނަގާއިރުތައް 0.50 ޑޮލަރުން 300،000 ޑޮލަރަށް އަރަ އެވެ.

އެމެރިކާ އާއި ޕެނަމާއާ ދެމެދު 1903 ގައި ހެދި އެއްބަސްވުމުގެ ދަށުން އެ ކެނަލް އެމެރިކާއިން ތަރައްގީ ތަރައްގީކޮށް ނިންމީ 1914 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox