ހުލާސާކޮށް އިއްޔެ: ރައީސްގެ ސަމާލު ކަމަށް ޒުހޫރު ފޮނުއްވި ސިޓީ

Dec 20, 2024, 1:00 AM
ހުލާސާކޮށް އިއްޔެ: ރައީސްގެ ސަމާލު ކަމަށް ޒުހޫރު ފޮނުއްވި ސިޓީ

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރެއްވުމާއެކު، އުސޫލުތަކާ ހިލާފަށް، އަދި ހިޔާނަތަށް ތުހުމަތު ކުރެވޭ ގޮތަށް އޭނާ ހިންގަމުން ދިޔަ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް، ގެނެސްފައި އޮތްކަން އިއްޔެ ރިޕޯޓުކުރި އެވެ.

ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައީސް މުއިއްޒުގެ ސަމާލު ކަމަށް މިދިޔަ ޖުލައިގައި ގެނައީ އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރެވެ. އޭނާ ރައީސްއަށް ފޮނުއްވި ހަތް ސަފުހާގެ ސިޓީގައި ކުންފުނީގެ އެތެރޭގެ މައްސަލަތަކާއި، ހިޔާނާތުގެ މައްސަލަތަކާއި ވިޔަފާރިވެރިންގެ ޝަކުވާތައް ހިއްސާކޮށްފައިވެ އެވެ.

"އަދަދު" އަށް މި ސިޓީގެ ކޮޕީއެއް ލިބިފައިވެ އެވެ. އެ ސިޓީގައި ޒުހޫރު ވިދާޅުވީ، ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރީ އުސޫލުތައް ބަދަލުކޮށް ތިލަފުށިން ބިމެއް ބަދަލު ކުރި ވާހަކާ އާއި ފަޒުލްގެ އަނބިކަނބަލުންނަށް ހުޅުމާލެއިން ބިމެއް ދިން ވާހަކަ އާއި ވިޔަފާރިވެރިންގެ ޝަކުވާ އެޗްޑީސީގެ މެނޭޖުމެންޓާ މެދު ގިނަވެފައިވާ ދުވަސްވަރެއްގައި ކަމަށް ވުމުން، އިސްކަމެއް ދެއްވީ އެ ކަންކަން ހައްލު ހޯދައިދޭން ކަމަށެވެ.

އެ ވާހަކަތައް ފަޒުލްއާ ހިއްސާކުރުމުން އޭނާ ރުޅި އިސްކުރައްވައި، ވިދާޅުވީ "ތިމަންނާ ކަންތައް ކުރާނެ ގޮތް އެނގޭނީ ތިމަންނާއަށް" ކަމަށް ވިދާޅުވި ކަމަށެވެ. އެކަމާއި ހިތްހަމަ ނުޖެހޭނަމަ ޗެއާމަންގެ މަގާމު ދޫކޮށްލުމަށް ފަޒުލް ވިދާޅުވި ކަމަށް ޒުހޫރު ފާހަގަ ކުރައްވާފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox