ތިން މިނިސްޓްރީ އެނދި އަލިފާނުގެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރިވަނީ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރިވަނީ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބުރާސްފަތި ދުވަހު ހައުސިން، ކޮންސްޓްރަކްޝަން އަދި އެންވަޔަރަމަންޓު މިނިސްޓްރީ ހިންގާ ދެ އިމާރާތުގައި ހިނގި އަލިފާނުގެ ހަދީސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި އެދިފައިވަނީ، މި ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ. މައުލޫމާތު ދިނުމަށް ގުޅަން ޖެހެނީ 9911099 އަށެވެ.

ފުލުހުން ހިންގާ މި ތަހުގީގަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ހޮނިހިރު ދުވަހު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން އިދާރާއެއްގެ ބައެއްކަމެއް ނޭނގެ އެވެ.

ބުރާސްފަތި ދުވަހު ހެދުނު އެންމެ ފުރަތަމަ އަލިފާން ރޯވި ކަމަށް ފުލުހުން ބުނީ އެންވަޔަރަމަންޓު މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގަ އެވެ. ނަމަވެސް އާންމުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ އަނެއް ދެ މިނިސްޓްރީ ހިންގާ ޓިނު ބިލްޑިންގް ގަ އެވެ.

މި ތަހުގީގަށް އަލިފާން ރޯވި ސަބަބު އަދި ނުހޯދޭ ކަމަށާއި، އެކަން ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ތަންތަނުގެ ފޮރެންސިކް ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ތަން ސާފުކޮށް އިމާރާތް ރޫޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވެ އެވެ. ނަމަވެސް ކްލައުޑުގައި ރައްކާކޮށްފައި ހުރި މައުލޫމާތު ފިޔަވައި، ތިން މިނިސްޓްރީ އާއި އީޕީއޭގައި ހުރި ހުރިހާ މައުލޫމާތެއް ކަހަލަ ގޮތަކަށް ވަނީ އަޅިޔަށް ވެފަ އެވެ.

އެ މިނިސްޓްރީތަކުގެ މަސައްކަތް މިހާރު ވަނީ ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox