މަސީން ސަރުކާރަށް ފާޑު ކިޔުމުން ޕީއެސްއެމްގެ ޕްރޮގްރާމް ނިންމާލައިފި

މަސީން ސަރުކާރަށް ފާޑު ކިޔުމުން ޕީއެސްއެމްގެ ޕްރޮގްރާމް ނިންމާލައިފި

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ސަރުކާރަށް ފާޑު ކިޔުމުން، ގައުމީ ޓީވީ ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމް ނިންމާލައިފި އެވެ.

އާންމުކޮށް 50 މިނެޓަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ރޭ އެންމެ 23 މިނެޓުން ނިންމާލީ، ޕްރޮގްރާމުގެ ވަގުތު ހަމަވާ ކަމަށް ބުނެ އެވެ. މީގެކުރިން ސަރުކާރުގެ އިވެންޓުތައް ގެނެސްދިނުމަށް ޕްރޮގްރާމްތައް ކުރުކޮށްލި ނަމަވެސް ރޭ އެފަދަ އެއްވެސް އިވެންޓެއް ބާއްވާފައި ނުވެ އެވެ.

މަސީގެ ބޯޑު މެންބަރު މުހައްމަދު ޝާކިރު ބައިވެރިވެވަޑައިގެންނެވި އެ ޕްރޮގްރާމުގައި އޭނާ ވަނީ ކޮންސްޓްރަކްޝަން ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި، ސަރުކާރުން ދޭން ޖެހޭ ފައިސާތައް ނުލިބޭކަން ފާހަގަ ކުރައްވާފަ އެވެ.

ޝާކިރު ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާތައް ނުލިބުމުގެ ނަތީޖާއަކަށް ވާނީ މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިނދަޖެހިގެންދާނެ ކަމަށާއި އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ 400 އެއްހާ ކުންފުނީގެ އެދުމަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ވިހާވެސް އަވަހަށް ދިނުން ކަމަށެވެ.

"ސަރުކާރުން ލިބެންޖެހޭ ފައިސާއަކަށް މި އޮންނަނީ ޕީއެސްއައިޕީގެ ދަށުން ލިބެންޖެހޭ ފައިސާ. މި ފައިސާ ނުލިބުމުގެ ނަތީޖާއަކަށް ވެގެންދަނީ ވަރަށް ބޮޑެތި ކުންފުނިތަކުން މި އޮންނަނީ ވަރަށް އަދަދުތަކުން ލޯނު ނަގާފައި. ބެންކުތަކުން ދަރާފައި. ހަމަ އިންޓްރެސްޓްތަކާ އެއްޗެތި މަތިވަމުންދާނެ،" ޝާކިރު ވިދާޅުވި އެވެ.

"އެހެންވީމަ ވަރަށް ބޮޑެތި ޗެލެންޖްތައް މިހުންނަނީ. އެހެންވީމަ މިކަންކަމާ ގުޅޭ ގޮތުން އަޅުގަނޑު ވަރަށް ބޮޑަށް ހަމަ އެދެން ކުންފުނީގެ ގާތްގަނޑަކަށް 400 އެއްހާ ކުންފުނީގެ ހުރިހާ ބޭފުޅުން ވެސް ހަމަ އެދޭ ވީހާވެސް އަވަހަކަށް ކޮށްފައި ހުރި މަސައްކަތްތަކުގެ ފައިސާ ދޫކުރުން އަޅުގަނޑުމެންނަށް. އެހެން ނޫނީ އަޅުގަނޑުމެންގެ ކުންފުނީގެ އަދަދު މަދުވެ އިންޑަސްޓްރީ އިނދަޖެހިގެން ހިނގައިދާނެ." އޭނާ ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ ސަރުކާރުން ލިބެން ޖެހޭ ފައިސާތައް ނުލިބި ކޮންސްޓްރަކްޝަން ދާއިރާ ހީނަރުވަމުންދާތީ، އެކަމާ ގުޅިގެން ސަރުކާރާ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން އޭގެ ނާޖާއިޒް ފާއިދާތައް އެކި ފަރާތްތަކުން ނަގަމުންދާކަން ފާހަގަކުރައްވާ ޝާކިރު ވިދާޅުވީ ކުދި ކޮންސްޓްރަކްޝަން ކުންފުނިތަކުން ހިންގާ މަޝްރޫއުތަކަށް ބޭރުގެ ބޮޑެތި ކުންފުނިތަކުން ވަންނަމުންދާއިރު އެކަމަށް ސަރުކާރުން ފާރަވެރިވާން ޖެހޭ ކަމަށެވެ.

"ރިސޯޓު ޕްރޮޖެކްޓްތަކަށް ބޭރު ފަރާތްތަކުން ގެންނަ ނުވަތަ އެ ޕްރޮޖެކްޓަށް އެތެރެކުރާ ކޮޅުވެއްޓި، އުފުލި މިއިން އެއްވެސް އެއްޗެއް އެއްވެސް ކަމަކަށް ބޭނުން ނުކުރެވޭނެއޭ. ހަމަ އެގޮތަށް އެކްސްކަވޭޓަރު، ހެވީ ވެހިކަލް އެއްޗެތި ބޭނުމެއް ނުކުރެވޭނެއޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ދަންނަވަންތޯ އެ އެކްސްކަވޭޓަރުތައް ވައްދައި، އެ ކޮޅުވެއްޓިތައް ވައްދައިގެން އެ ބޭފުޅުން އެހެން މަސައްކަތްތަކުގައި ބޭނުން ކުރާއިރުގައި އޭގެއިން މާލީ މަންފާތަކާއި ނާޖާއިޒް ފައިދާތައް ނަގާއިރުގައި ވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތެރެއިން އެކަން ބައްލަވަން ތިއްބަވާ ބޭފުޅުންނަކަށް އެކަން ނުބެއްލެވޭ. އޭގެ މާނައަކީ ރެގިއުލޭޓަރީ ބޮޑީސްތަކަށް އެކަމެއް ނުބެލެއޭ،" ޝާކިރު ވިދާޅުވި އެވެ.

މީގެއިތުރުން ޝާކިރު ވިދާޅުވީ ރާއްޖެއަށް ޕޭޕާ ކުންފުނިތަކުން ވެސް އައިސް ޕްރޮޖެކްޓްތައް ހޯދަމުންދާ ކަމަށާއި އެމީހުން ރާއްޖެއަށް މަސައްކަތްތައް ކުރުމަށް ގެންނަނީ ހަމައެކަނި ބިދޭސީން ކަމަށެވެ.

އެގޮތުން ބައެއް ރިސޯޓުތަކުގައި ޓޫރިސްޓު ވިސާގައި ވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް މީހުން ގެނެސްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޕީއެސްއެމްއިން ސަރުކާރު ޕްރޮމޯޓު ކުރަން ގިނަ ކޮންޓެންޓު ގެނެސްދެމުންދާއިރު، އެ ޓީވީން އިދިކޮޅުގެ ކޮންޓެންޓުތައް ގެނެސްދޭ މިންވަރު މަދުކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox