އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމުގައި އިސްކޮށް އުޅުނު މީހާ ޑީޕޯޓުކޮށްލަނީ

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމުގައި އިސްކޮށް އުޅުނު ބިދޭސީ: އެ މާރާމާރީ ހިންގީ ހަފުތާ ބަންދުގައި ގިނަ ބަޔަކު އެ ސަރަހައްދުގައި ތިއްބައި-- ފޮޓޯ: އިމިގްރޭޝަން

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމުގައި އިސްކޮށް އުޅުނު ބިދޭސީ: އެ މާރާމާރީ ހިންގީ ހަފުތާ ބަންދުގައި ގިނަ ބަޔަކު އެ ސަރަހައްދުގައި ތިއްބައި-- ފޮޓޯ: އިމިގްރޭޝަން

މި މަހުގެ ކުރީކޮޅު އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އިސްކޮށް އުޅުނު ބިދޭސީ ހައްޔަރުކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، ޑީޕޯޓުކޮށްލަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އަމްރިތު ސިންގު 25، އެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އިމިގްރޭޝަނުން ނުބުނެ އެވެ.

އެކްސްގައި އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ މި މަހު 6، ގައި އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ ހައްޔަރު ކުރީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އެ މީހާ ޑީޕޯޓު ކޮށްލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

Advertisement

"އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި، އަދި މި މީހާ ޑިޕޯޓުކޮށްލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އިމިގްރޭޝަނުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މާރާމާރީއާ ގުޅިގެން ހައްޔަރު ކުރީ ކޮން ގައުމެއްގެ މީހެއްކަން އިމިގްރޭޝަނުން ހާމަ ނުކުރި ނަމަވެސް، އެ ދުވަހު މާރާމާރީ ހިންގިތަން ފެންނަ ވީޑީއޯތަކަށް ބަލާއިރު، ބޮޑަށް ބެލެވެނީ އެކަން ކުރީ އިންޑިއާ ބައެއް ކަމަށެވެ.

އެ މާރާމާރީ ހިންގީ އެ ދުވަހުގެ އިރުއޮއްސުނު ވަގުތު އެވެ. އެ މާރާމާރީގެ ތެރެއިން އެ ސަރަހައްދުގައި އެވަގުތު ހުރި ތުއްތު ކުއްޖަކަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ.

ކޮންމެ ހަފުތާއެއްގެ ވެސް ހަފުތާ ބަންދުގައި އާޓިފިޝަލް ބީޗާއި ޖުމްހޫރީ މައިދާން ފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ބިދޭސީން ޖަމާވެ އެވެ. ނަމަވެސް މިފަދަ ހަމަނުޖެހުމެއް ހިނގާފައި ވަނީ ވަރަށް މަދު ފަހަރެއްގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox