މާޒިޔާ އާއި އުރީދޫން އުކުޅަހުގައި ކިޑްސް ކޭމްޕް އެއް

Dec 15, 2024, 3:41 PM
މާޒިޔާ އާއި އުރީދޫން އުކުޅަހުގައި ކިޑްސް ކޭމްޕް އެއް

ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޯޓްސް އެންޑް ރެކްރިއޭޝަން އާއި އެ ކްލަބްގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދޫ މޯލްޑިވްސް އިން ގުޅިގެން އއ. އުކުޅަހުގައި ކިޑްސް ކޭމްޕެއް ކުރިއަށްގެންގޮސްފި އެވެ.

އިއްޔެ ހަވީރު އުކުޅަހު ޓާފް ދަނޑުގައި މާޒިޔާ އާއި އުރީދޫން ގުޅިގެން ކުރިއަށްގެންދިޔަ ކިޑްސް ކޭމްޕްގައި، 150 އަށް ވުރެ ގިނަ ކުދިން ބައިވެރިވިއިރު، މި އިވެންޓްގައި މާޒިޔާ ޓީމުގެ 11 ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

މާޒިޔާގެ ކުޅުންތެރިންނާއި ކޯޗިން ޓީމު އަދި މެނޭޖްމަންޓްގެ އެކި ފަރާތްތަކުން ވެސް ބައިވެރިވި މި އިވެންޓްގައި، މާޒިޔާ އިން ކޭމްޕްގައި ބައިވެރިވި ކުދިންނަށް ޑްރިލްތަކެއް ވެސް ކުރިއަށްގެންގޮސްފަ އެެވެ. މި ޑްރިލްތަކުގައި ކުދިންނާ އެކު، ކޯޗުންނާއި ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

މީގެ އިތުރުން، މާޒިޔާގެ ފަރާތުން ވަނީ، އުކުޅަސް ސްކޫލާއި އުޅުޅަސް ސްޕޯޓްސް އެކަޑަމީ އަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފަ އެވެ.

މި އިވެންޓް ފުރިހަމަ ކުރުމުގެ ގޮތުން ރޮބޯމޭން ވެސް ވަނީ ބައިވެރިވެފަ އެވެ. ރޮބޯމޭން ކުރިއަށްގެންދިޔަ ފަން އިވެންޓުތަކުގައި ކުދިން ވަނީ ފޯރީގައި ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox