ގޭންގުތަކުގެ ލިސްޓެއް ނުގެންގުޅޭ ކަމަށް ފުލުހުން ބުނެފި

ފުލުހުންގެ ސްޕެޝަލް ޔުނިޓެއްގެ އޮފިސަރެއް: މާލޭގައި ގިނަ އަދަދެއްގެ ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް --- ފޮޓޯ: އަދަދު

ފުލުހުންގެ ސްޕެޝަލް ޔުނިޓެއްގެ އޮފިސަރެއް: މާލޭގައި ގިނަ އަދަދެއްގެ ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް --- ފޮޓޯ: އަދަދު

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ބޮޑެތި ކުށްތަކަށް އަރައިގަނެ، އިންތިޒާމުވެގެން ކުށްކުރަމުންދާ މައްސަލަތައް ގިނަވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ލިސްޓެއް ނުގެންގުޅޭ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ލިސްޓަކާއި ގޭންގުތަކުގައި ހަރަކާތްތެރިވާ މެންބަރުން ނުވަތަ މީހުންގެ އަދަދު ހޯދުމަށް މި ނޫހުން ހުށަހެޅި އާރުޓީއައި ރިކުއެސްޓަކަށް ދިން ޖަވާބުގައި ފުލުހުން ބުނީ އެފަދަ ލިސްޓެެއް އެ ހިދުމަތުން ބަލަހައްޓަމުން ނުދާ ކަމަށެވެ.

"ގާނޫނީގޮތުން މިހާތަނަށް ގޭންގުތަކެއް ކަނޑައެޅި ލިސްޓު ކުރެވިގެން އެފަދަ ލިސްޓެއް ބަލަހައްޓަމުން ނުގެންދެވޭ،" ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.

ފުލުހުން މިހެން ބުނިއިރު، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަނީ "ވިއަވަތި ރާއްޖޭގައި" މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ އަދަދާއި ހަރަކާތްތެރި ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ އަދަދާއި އޭގެތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދުތައް ވިދާޅުވެފަ އެވެ.

އެމްސީ ހަމީދު އެ ދުވަހު ވިދާޅުވީ 90ގެ އަހަރުތަކުން ފެށިގެން މިހާތަނަށް މާލޭގައި 44 ގޭންގެއްގައި 2,600 މީހުން އުޅެމުންދާކަން ފާހަގަކުރެވިފާ ކަމަށެވެ. އޭގެ ތެރެއިން 10 ގޭންގެއް ވަރަށް ހަރަކާތްތެރިކޮށް, ކުށްތަކަށް އަރައިގަތުމުގައި އުޅޭކަން ފާހަގަވާ ކަމާއި އެ ގޭންގުތަކުގައި 1,300 މީހުން އުޅެމުންދާކަމަށް ވެސް އޭނާ ބުންޏެވެ.

ގޭންގުތަކުގެ ލިސްޓެއް ނުގެންގުޅޭ ތަނުގައި، ގޭންގު ކުށްތަކުގެ ގޮތުގައި ކަނޑައެޅިގެން އެއްވެސް މައްސަލައެއް ނުބަލާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ބަދަލުގައި ގޭންގުތަކުން ނުވަތަ ފުލުހުން ބުނާ ގޮތަށް "ގްރޫޕުތަކުން" ހިންގާ ނުރައްކާތެރި ކުށްތައް ގިންތިކުރަނީ ގުރޫޕު މާރާމާރީގެ ދަށުން ކަމަށް އެ ހިދުމަތުން ބުންޏެވެ. މި ކުށްތަކުގެ ތަފާސްހިސާބުތައް ވެސް ފުލުހުން ހިއްސާކުރި އެވެ.

އެ ގޮތުން ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، އެއީ 2014 އިން މި އަހަރުގެ މައުލޫމާތު ދިން މުއްދަތާ ހަމައަށް، ގުރޫޕު ހަދައިގެން ހިންގާފައިވާ ކުށްތަކުގެ އަދަދާއި އެފަދަ މައްސަލަތަކުގައި ދައުވާކުރަން ފޮނުވި އަދަދުތައް ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޫޕު ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން އަދި ނުކޮށް ހިންގި މާރާމާރީތަކާއި މަރުތަކެވެ.

ފުލުހުން ހިއްސާކުރި އަދަދުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތެރޭގައި އެކަނި ވެސް ގޭންގުތަކުން 55 މާރާމާރީއެއްގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނެވެ. މީގެ ތެރެއިން ދައުވާކުރަން ފޮނުވުނީ އެންމެ ނުވަ މައްސަލަ އެވެ. ގޭންގުތަކާ ގުޅުންހުރި މަރުގެ މައްސަލައެއް މި އަހަރު ހިނގާފައިވާ ކަމަކަށް ފުލުހުން ނުބުނެ އެވެ.

މާލޭގައި މިހާރު ވެސް ދަނީ ގޭންގުތަކުގެ މެދުގައި މާރާމާރީތަކެއް ހިންގަމުންނެވެ. އެގޮތުން ރޭވެސް ތިން ސަރަހައްދެއްގައި ގޭންގުތަކުގެ މެދުގައި މާރާމާރީތަކެއް ހިނގި އެވެ.

ގޭންގުތައް ހުއްޓުވުމުގައި ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ބުނެ ސަރުކާރުން މިހާރު ވަނީ ގޭންގުތަށް ހުއްޓުވުމަށް އާ ބިލެއް މަޖިލީހަށް ފޮނުވާފަ އެވެ. އެ ބިލުގައި ބޮޑެތި ޖަލު އަދަބުތަކާއި ޖޫރިމަނާތަކެއް ކުރަން ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox