މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާތީކަމަށް ބުނެ, ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް ފަސް ދުވަސް

ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފު: ކުރިން ވެސް ދެ ޑްރައިވަރަކު ވަނީ މި މައްސަލައިގައި ބަންދުކޮށްފައި -- ފޮޓޯ: އަދަދު

ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފު: ކުރިން ވެސް ދެ ޑްރައިވަރަކު ވަނީ މި މައްސަލައިގައި ބަންދުކޮށްފައި -- ފޮޓޯ: އަދަދު

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށްގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ޓެކްސީ ޑްރައިވަރު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފު އެވެ. މިސްބާހު ހައްޔަރު ކުރީ ރޭ ވެސް މުޒާހަރާކުރަން އިއުލާނުކޮށްފައި ވަނިކޮށެވެ.

ފުލުހުން ވަނީ އޭނާ ހައްޔަރުކުރިއިރު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުވެސް ހިފަހައްޓާފަ އެވެ. މިސްބާހު މުޖުތަމައު ތެރެއަށް ދޫވެފައި ހުރުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނޭކަމެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

Advertisement

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާ ގުޅިގެން ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް މީގެ ކުރިން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 21 ޓެކްސީގެ ތެރެގައި މިސްބާހުގެ ކާރު ވެސް ހިމެނެ އެވެ. ޓޯ ކުރި ބައެއް ޓެކްސީތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެހެންނަމަވެސް ދޫކޮށްލީ ކިތައް ޓެކްސީ ކަމެއް ފުލުހުން ނުބުނެ އެވެ.

ޓެކްސީ ޑްރައިވަރުން ހައްޔަރު ކުރުމާއި 21 ޓެކްސީއެއް 30 ދުވަހަށް ހިފެހެއްޓުމުން، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވަނީ ފުލުހުންގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.

އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ކުރުވުމަށް ކަމަށާއި އެ ހިދުމަތް ދޭން ފަށާނީ މިހާރު ޓެކްސީކަން ކުރާ ޑްރައިވަރުންގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް ކަމަށެެވެ.

އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ދޭން ފަށާނީ 50 ޕަސަންޓް ފުލްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާއި އަނެއް 50 ޕަސަންޓް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާ އެކުގައި ކަމަށާއި ރަނގަޅު ޝަރުތުތަކެއް އެކަމަށް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox