ހިޔާ ޓަވަރަކުން ކުއްޖަކު ވެއްޓި މަރުވެއްޖެ

މަރުވި ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްގައި އަރުވަނީ.

މަރުވި ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްގައި އަރުވަނީ.

ހުޅުމާލޭގެ ހިޔާގެ ޓަވަރަކުން ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

އެއީ ހިޔާގެ 5 ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި އާއިލާއާއެކު ދިރިއުޅެމުން ދިޔަ ތ. ތިމަރަފުށީ ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓިފައި އޮތް ސަރަހައްދުގައި މިރޭ ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އަދަދު
އެ ކުއްޖާ ވެއްޓިފައި އޮތް ސަރަހައްދުގައި މިރޭ ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އަދަދު

އެ ކުއްޖާ ވެއްޓިފައި އޮތް ސަރަހައްދުގައި މިރޭ ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އަދަދު

މަންޒަރު ފެނުނު މީހަކު އަދަދު ނޫހަށް ބުނީ ހުޅުމާލޭގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ އެ ދަރިވަރު ފުންމާލީ މެންދަމު 1:24 ހާއިރު އެވެ. އެ ކުއްޖާ ކިޔަވަމުން ދިޔައީ ގްރޭޑު 10 ގަ އެވެ.

އެ ކުއްޖާ ވެއްޓިފައި އޮތީ 5 ވަނަ ޓަވަރުގެ އުތުރު ފަޅިއަށެވެ.

"އަޅުގަނޑު ވެސް ހުރީ އެ ސަރަހައްދާ ވަރަށް ކައިރީގައި. ވެއްޓި ޖެހުނު އަޑަށް އެނގުނީ. އެމްބިއުލާންސް އައީ ގާތްގަނޑަކަށް 1:45 ހާއިރު،" އޭނާ ބުންޏެވެ.

ފަސް ވަނަ ޓަވަރުގައި ދިރިއުޅޭ ބައެއް މީހުންނާއި މަރުވި ކުއްޖާގެ އާއިލާގެ ބައެއް މީހުން ބުނީ މަރުވި ކުއްޖާއަކީ އަހުލާގު ރަނގަޅު، މަޑުމައިތިކޮށް ހުންނަ ކުއްޖެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox