އަލިފާނުގެ ސަބަބުން ފުލެޓު ލިސްޓުގެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާނެ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު އަލީ ހައިދަރު : ހައުސިން މިނިސްޓްރީން ބުނީ އަލިފާނާހެދި ފުލެޓު ލިސްޓުގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމަށް ---- ފޮޓޯ: އަދަދު

ހައުސިން މިނިސްޓަރު އަލީ ހައިދަރު : ހައުސިން މިނިސްޓްރީން ބުނީ އަލިފާނާހެދި ފުލެޓު ލިސްޓުގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމަށް ---- ފޮޓޯ: އަދަދު

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގައި ރޯވެ އަނދަމުންދާ އަލިފާނުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެކުލަވާލާފައިވާ ފުލެޓު ލިސްޓާއި އެ ލިސްޓާ ގުޅުންހުރި މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ ފަޔާ ޑިޕާޓްމަންޓުން އަދިވެސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އޭގެއިތުރުން، ފުލެޓު ލިސްޓާ ބެހޭ މައުލޫމާތަކީ މިނިސްޓްރީގެ ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމުން މިއަދުގެ ހާދިސާއާ ގުޅިގެން އެއިން އެއްވެސް މައުލޫމާތަކަށް އަސަރެއް ނުކުރާނެ ކަމަށް ވެސް ހައުސިން އިން ބުންޏެވެ.

ހާދިސާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ތަފުސީލު ކުރިއަށް އޮތްތަނުގައި ދެމުންދާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

އަލިފާން ރޯވުމާއެކު އެ އިމާރާތާއި އިންވެގެން ހުރި އިމާރާތްތަކުގައި ތިބި މުވައްޒަފުން ވަނީ އެ ތަންތަނުން ނެރެފަ އެވެ.

އެ ސަރަހައްދުގައި ސަރުކާރުގެ އިސްވެރިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ "އަދަދު" ގެ ނޫސްވެރިޔަކު ބުނީ ބޮޑަށް ހުޅުގަނޑު ހިފާފައި ހުރީ ހައުސިން އާއި އިންފްރާސްޓްރަކްޗާ ހިންގާ ތަނުގައި ޓިނުން ހަދާފައި ހުރި އިމާރާތުގައި ކަމަށެވެ. އެ އިމާރާތް މިހާރު ބިމާހަމަވާން ކައިރިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox