ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ މައްޗަށް މަނީ ލޯންޑާކުރި ތުހުމަތުކޮށް މައްސަލަ ޕޮލިހަށް

Dec 9, 2024, 12:54 AM
ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ މައްޗަށް މަނީ ލޯންޑާކުރި ތުހުމަތުކޮށް މައްސަލަ ޕޮލިހަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހިފުމަށް އެއްބަސްވުން ގާއިމުކުރި މޯލްޑިވްސް މީޑިއާ ހައުސް އާއި އެ ކުންފުނީގެ ހިއްސާދާރުން ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން ފުލުހުންގެ ކިބައިން މައި އިދިކޮޅު ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީން ވަނީ އެ މައްސަލަ ބަލައި ދިނުމަށް ސިޓީއަކުން އިއްޔެ ފުލުހުންގެ އިދާރާގައި އެދިފަ އެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި މއ. ސީރާޒީގެއިން ގިނަ ފަންގިފިލާތަކެއް މީޑިއާ ހައުސްއިން ވަނީ ކުއްޔަށް ނަގާފަ އެވެ. އެއީ, އެ ކުންފުނީގެ އޮފީހާއި, ޓީވީ ސްޓޭޝަން އަދި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށް ނެގި ފަންގިފިލާތަކެކެވެ.

އެ ފަންގިފިލާތައް ހިފުމަށް ހަ މަސް ދުވަހުގެ އެޑްވާންސް ފައިސާ ދައްކާފައި ވަނީ ނަގުދު ފައިސާއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

"އެންސްޕާގެ އޮފީސް ހިންގުމަށް ތަނެއް ކުއްޔަށް ނެގުމުގެ ނަމުގައި ހަގީގަތުގައި ހިންގި މުއާމަލާތަކި ރައީސް މުއިއްޒުގެ މަސްލަހަތު އޮންނަ އެމްއެމްޓީ ހިންގުމުގެ ހަރަދު ހަމަޖައްސައި ދިނުމެވެ. އެންސްޕާގެ މި މުއާމަލާތާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވުމުން އެ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިޔަސް, ގާނޫނުން މަނާކުރި ކުށުގެ އަމަލު އޮތީ ފުރިހަމަ ވެފައި," އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސްއިން މއ. ސީރާޒީގެއިން ނަގާފައިވާ ފަންގިފިލާތަކުން އެންސްޕާގެ އޮފީސް ހިންގަން، ކުއްޔަށް ދިނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުން މިހާރު ވަނީ އުވާލާފަ އެވެ.

ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރުގެ ނަމުގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރިއިރު އޭނާއަކީ އެއްވެސް ވިޔަފާރިއެއް މިހާތަނަށް ކުރި މީހެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އަދި, އޭނާގެ ބެލުމުގެ ދަށުން އެ މުއާމަލާތްތައް ހިންގާތީ, އެއީ ރައީސް މުއިއްޒު އެކި ގޮތްގޮތުން ހޯދާ ފައިސާ ލޯންޑާ ކުރުމަށް އަމަލެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި, އެ މައްސަލަ ބަލައިދޭން އެދިފައިވެ އެވެ.

ފުލުހަށް މައްސަލަ ހުށަހެޅުމުގެ އިތުރުން އެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކޮށްދިނުމަށް އެމްޑީޕީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވެސް އެދިފަ އެވެ.

ރައީސް މުއިއްޒު ޕްރޮމޯޓުކުރަން އުފެއްދި ޓީވީ ޗެނަލްގެ ކުންފުނިން، ބޮޑު އަގުގައި އެންސްޕާއަށް އޮފީހެއް ކުއްޔަށް ދިންކަން ހާމަވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން އޮއްސައިލި އެވެ. އެ މުއާމަލާތާ ގުޅޭ ގޮތުން އެންސްޕާއިން ބަހެއް ނުބުނެ ތިބުމަށް ފަހު، މައްސަލަ ފޮނުވީ އޭސީސީއަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox