ދުންފަތް ކޮންޓްރޯލް ކުރެވޭނީ އަވަސް ފިޔަވަޅުތަކެއް އަޅައިގެން: ނާޒިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ދުންފަތް ކޮންޓްރޯލް ކުރެވޭނީ އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް: ދުންފަތް ކޮންޓްރޯލް ކުރެވޭނީ އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދުންފަތް ކޮންޓްރޯލް ކުރުމުގައި އެންމެ މުހިންމީ އަވަހަށް ޓައިމްލައިންތައް ކަނޑައަޅައި އެކަން ކަން ތަންފީޒު ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުން ދަނީ ދިގު މުއްދަތެއްގައި ކަންކަން ކޮށްގެން ދުންފަތް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ނަމަވެސް އެ ޕޮލިސީއަކީ ފެއިލްވެފައިވާ ޕޮލިސީއެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުން ކާމިޔާބުވެފައި ހުރި ގައުމުތަކުގައި އެކަން ކުރެވިފައި ވަނީ އަވަސް ފިޔަވަޅުތަކާ އެކު ކަމަށެވެ.

އެގޮތުން އެ ތަޖުރިބާއަށް ބެލުމަށްފަހު މި ސަރުކާރުން ގެންގުޅޭ ޕޮލިސީއަކީ ވެސް އަވަސް ފިޔަވަޅުތައް އަޅައިގެން ދުންފަތް ކޮންޓްރޯލް ކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިފަދަ ކަންކަމަކީ އަބަދުވެސް އަވަހަށް ޓައިމްލައިނެއް ކަނޑައަޅާ އެ ޓައިމަކަށް ތަންފީޒު ކުރަމުން ގެންދިޔުން އެންމެ މުހިންމު ގޮތަކީ. މާ ދިގު މުއްދަތެއް ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްގެން މިކަން ނިންމޭނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

"އެއީ ދުނިޔޭގެ ގިނަ ގައުމުތަކުން ފެއިލް ވެފައި ޕޮލިސީއެއް. މިކަން ކާމިޔާބު ކުރެވިފައި ހުރި ގައުމުތަކުގައި މިކަން ކާމިޔާބު ކޮށްފައި ހުރީ ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅައިގެން. އެހެންމަ އެ ތަރުޖިބާއަށް ބަލައި އަޅުގަނޑުމެން ކުރިއަށް މަސައްކަތް މި ގެންދަނީ."

ނާޒިމް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުން ތިބީ ދުންފަތުގެ މައްސަލަ ހައްލު ކުރުމަށް ފިޔަވަޅުތައް އަޅާނެ ދުވަހަކާ މެދު އިންތިޒާރު ކުރަމުން ކަމަށެވެ. ނަމަވެސް އެކަމަށް މިއަދު ނިމެއް އައިސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދުންފަތަށް ދެވި ހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށް ސެސޭޝަންގެ ފަރުވާ ނިކޮޓިން ރިޕްލޭސްމެންޓް ތެރަޕީ (އެންއާރްޓީ) ރާއްޖޭގެ އެކި ކަންކޮޅުގައި ހަމަޖެއްސުމަށް މަސައްކަތްކޮށް، އެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ސެސޭޝަންގެ ހިދުމަތް ފަސޭހަކަމާ އެކު 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުއިކްލައިން "1676" ވަނީ ހަމަޖައްސާފަ އެވެ. އަދި އެ ކުއިކްލައިނުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ހިދުމަތް ދޭނެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ "ދަފަރާ" ގެ ނަމުގައި ރަށު ފެންވަރުގައި ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. އެ ކެމްޕެއިނުގެ ދަށުން އާންމުން ހޭލުންތެރިކޮށް، ސެޒޭޝަންގެ ފަރުވާ ދިނުމަށް މީހުން ތަމްރީން ކުރުން ހިމެނެ އެވެ.

މީގެއިތުރުން ކެމްޕެއިނުގެ ދަށުން މިހާތަނަށް ހޭލުންތެރި ކުރުވުމަށް 324 ޓީޗަރުންނާއި ބެލެނިވެރިންނަށް ދުންފަަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ. އަދި މިހާތަނަށް ސެޒޭޝަންގެ ފަރުވާ ދިނުމަށް 240 ސިއްހީ ހިދުމަތްތެރިން ރާއްޖޭގެ އެކި ސަރަހައްދުން ވަނީ ތަމްރީނު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox