އޮޅު ހިޔާއަށް ބުޅާތައް ގެންދެވޭނީ އިންތިޒާމުތައް ހަމަޖެހުމުން: މިނިސްޓްރީ

-- ފޮޓޯ؛ އަދަދު ފައިލް

-- ފޮޓޯ؛ އަދަދު ފައިލް

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ އޮޅު ހިޔާއަށް މާލޭގައި އުޅޭ ބުޅާތައް ގެންދެވޭނީ ކައުންސިލާ ހިއްސާކޮށްފައި އޮތް އެސްއޯޕީގައި ބަޔާން ކޮށްފައިވާ އިންތިޒާމުތައް އެތަނުގައި ހަމަޖެހުމުން ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނެފި އެވެ.

ކައުންސިލުން އޮޅު ހިޔާއަށް ބުޅާތައް ގެންދަން މަސައްކަތް ކުރުމުން އެކަން މިނިސްޓްރީން ހުއްޓުވާފައި އަދި އެތަން އަތުލުމަށް ކެބިނެޓުން ނިންމުމަށް ފަހު، މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްއޯޕީތަކަށް ރިއާއަތް ނުކޮށް އޮޅު ހިޔާއަށް ބުޅާތައް ގެންދަން ފަށައިފިނަމަ ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށެވެ.

"ކައުންސިލުން މިހާރު ރާވާފައި އޮތް ގޮތަށް މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅު ހިޔާއަށް މިވަގުތު ގެންދިއުމަކީ ފެންނަ ކަމެއް ނޫން. އެސްއޯޕީގައި ބަޔާން ކޮށްފައިވާ އިންތިޒާމުތައް ހަމަ ނުޖައްސައި އޮޅު ހިޔާއަށް ބުޅާތައް ގެންދިޔުމުން ބުޅާތަކަށް އަޅާލުމަށް ބޭނުންވާ މިންގަނޑުތައް ކަށަވަރު ނުވުމުގެ ނުރައްކާ އެބަ އޮތް،" މިނިސްތްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އޮޅު ހިޔާއަށް ބުޅާތައް ގެންދިއުމުގައި އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތަކާއި، ޕްލޭންތަކާއި، ލަފާތައް ކައުންސިލާ ހިއްސާ ކުރި ނަމަވެސް، މިހާތަނަށް އެއްވެސް ހިޔާލެއް ލިބިފައި ނުވާ ކަމަށެވެ.

އޮޅު ހިޔާގައި ބުޅާތަކަށް ލިބެން ޖެހޭ ގިނަ ހިދުމަތްތަކެއް އަދި ބޭނުންވާ ވަރަށް މުވައްޒަފުންނެއް ވެސް މިނިސްޓްރީން ފާހަގަ ކުރެ އެވެ.

އޮޅު ހިޔާއިން ހިދުމަތް ދޭން ފެށުމުގެ ކުރިން ގިނަ މައްސަލަތަކެއް ހައްލު ކުރަން ޖެހޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ކައުންސިލުން ހޯދަން ބޭނުންވާ އެއްވެސް މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox