މޫޑީސްގެ އިލްތިމާސް؛ ސަލާމަތް ވާން އޮތީ ހަރަދު ކުޑަކޮށްގެން

މޫޑީސްގެ އިލްތިމާސް؛ ސަލާމަތް ވާން އޮތީ ހަރަދު ކުޑަކޮށްގެން

ބޭރު ފައިސާގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތަކާއެކީ، ކުރު ރާސްތާގައި ބޭރު ފައިސާގެ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަކުރެވުނު ނަމަވެސް ރާއްޖެއަށް ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަނެވެން އޮތީ ހަރަދުތައް ކުޑަކޮށްގެން ކަމަށް މޫޑީސްއިން ބުނެފި އެވެ.

މޫޑީސްއިން މިހެން ބުނީ ރާއްޖޭގެ ރޭޓިން ރިވިއުއަށް ފަހު އެ އިދާރާއިން ނެރުނު ބަޔާނުގަ އެވެ. ރިވިއުއަށް ފަހު މޫޑީސްއިން ވަނީ ރާއްޖޭގެ ސޮވަރިން ކްރެޑިޓު ރޭޓިން "ސީއޭއޭ2" ގައި ރޭޓިން ދަމަހައްޓަން ނިންމާފަ އެވެ.

މި ގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި މި ފަހުން އިންޑިއާއާއެކީ ސޮއިކުރި ކަރަންސީ ސްވޮޕު ފެސިލިޓީތަކުން ބޭރު ފައިސާގެ ރިޒާވު ރަނގަޅު ވުމާއި، ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރަން ޓީޖީއެސްޓީ އާއި އެއާޕޯޓު ޓެކުހާއި ޑިވެލޮޕްމަންޓު ފީ ބޮޑުކުރުމުން އާމްދަނީ އިތުރުވުމާއި، އަދި ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމުކުރުން ފާހަގަކޮށްފައި ވެ އެވެ.

މި ފިޔަވަޅުތައް އެޅުމާއެކީ ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ލިބުނު ނަމަވެސް، މުސްތަގުބަލުގައި ދައްކަން ހުރި ދަރަނީގެ އަދަދަށް ބަލާއިރު، ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތައް ތަންފީޒުނުކޮށްފި ހާލަތެއްގައި އާމްދަނީ އިތުރުކުރުމުގެ ހެޔޮ އަސަރު ނުފެންނާނެ ކަމަށް މޫޑީސްގެ ބަޔާނުން ފާހަގަވެ އެވެ.

އެއް ކަމެއްގެ ގޮތުގައި ފާހަގަކުރީ އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ނޫނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވާ އަދަދު ބޮޑުވުމެވެ.

ޕީއެސްއައިޕީ ހޭދައިގެ ބޮޑު ބަޔަކީ ކެޕިޓަލް ހަރަދުތަކަށް ވުމުން، މިއާ އެކީ އިމްޕޯޓަށް ކުރާ ހަރަދު ބޮޑު ވާނެ ކަން މޫޑީސްއިން ފާހަގަކޮށްފައި ވެ އެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް ކަރަންޓު އެކައުންޓު ޑެފިސިޓު ބޮޑުވެ، މި ޑެފިސިޓު ހުންނާނީ ޖީޑީޕީގެ 13 ޕަސެންޓާ 15 ޕަސެންޓާ ދޭތެރޭގެ މިންވަރެއްގައި ކަަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކޮށްފައި އޮތީ ހަރަދު ކުޑަކުރަން ރާވާފައިވާ އިސްލާހުތަކެވެ. މި އިސްލާހުތައް ތައާރަފުކުރެވިފައިވީ ނަމަވެސް، ހަރަދު ކުޑަކުރުމުގެ ނަތީޖާ ހާސިލު ވާނީ އެކަންކަން ތަންފީޒުކުރެވޭ މިންވަރުގެ މައްޗަށް ކަމަށް މޫޑީސްގެ ބަޔާނުގައި ވެ އެވެ. މިއާ ވިއްދައި އެ އިދާރާއިން ވަނީ މިހާރު ހުރި ޕްރެޝަރުތައް ކުޑަކުރަން އެކަށީގެންވާ ވަގުތުގައި ތަންފީޒުކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެފަ އެވެ.

ހަރަދުތައް ކުޑަކުރެވިދާނެ ކަމާ މެދު މޫޑީސްއިން ސުވާލުއުފައްދާފައިވާ އިރު، ހަރަދު ކުޑަކުރަން ރޭވި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ޕެންޝަން ރިފޯމްގެ ދަށުން ގެނައި ބަދަލެއް ވެސް ތަންފީޒުނުކުރަން މިފަހުން ނިންމާފައިވާ ކަމެވެ. އެއީ އަލަށް ރިޓަޔާކުރާ މީހުންނަށް ދައުލަތުގެ ބަޖެޓުން މަހުން މަހަށް ދޭ ޕެންޝަން އެލަވަންސެވެ.

މިކަން ކުރަން އަންގައި ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ފޮނުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސާކިއުލާއަށް އަނބުރާ ގެންނަން އަންގަވާފަ އެވެ. މިކަން ކުރީ އެ ކަމާ މެދު ހުރި "ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް" ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox